ހޮރުމުޒް ކަނޑުއޮޅި އެއްކޮށް ހުޅުވާނީ ޓްރަމްޕާއި ނަތަންޔާހޫ ވެރިކަމުން ދުރުކުރުމުން: އީރާން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެރިކަމުން ދުރުކުރަންދެން ހޮރުމުޒް ކަނޑުއޮޅި އެއްކޮށް އަލުން ނުހުޅުވާނެ ކަމަށް އީރާނުގެ އޮފިޝަލުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވި ބޭފުޅުންގެ ތެރޭގައި އެ ގައުމުގެ ސީނިއާ ޕޮލިޓިކަލް އެޑްވައިޒަރު މުޙައްމަދު ބާގިރު ޒުލްޤަދްރު ހިމެނިވަޑައިގަންނަވައެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ގުޅުންހުރި އިސް ފަރާތްތަކުން ހާމަކުރި ގޮތުގައި، ވޮޝިންޓަނާއި ތެލް އަވީވްގެ ވެރިކަމަށް ބަދަލުތަކެއް...