ރާއްޖޭގެ އީއީޒެޑްގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގަނެފި
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި (އީއީޒެޑް) ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 16 ސެޕްޓެމްބަރު 2026 ގައި، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. އެމްއެންޑީއެފް ކޯސްޓުގާޑުން ބުނި ގޮތުގައި، މި ބޯޓު ހަރަކާތްތެރިވަމުން ދިޔައީ ކ. ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުގައެވެ. ޖުމްލަ 6 މީހުންނާ...