3 މިނިޓު
2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ރިކަރަންޓް ޚަރަދުތައް ލިބޭ އާމްދަނީން ފޫބައްދައި، ދައުލަތުގެ ދަރަނި ދަށްކުރުމަށް މުހިންމު އަމާޒުތަކެއް ކަނޑައަޅާފައިވާ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުންނެވެ. ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާ އެކު ޤައުމުގެ މާލީ ހަމަޖެހުން ދެމެހެއްޓުން ކަށަވަރުކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއްކަން ފާ
ޔުމްނާ ޢަލީ
އަންހެނުންގެ ޗެމްޕިއަންސް ލީގުގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުތަކުގެ ތެރެއިން، ޑެންމާކުގެ އެޗްބީ ކޯގޭއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރިއިރު، މެންޗެސްޓާ ސިޓީ އާއި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ. އަދި ޔުވެންޓަސް ވަނީ އެ ޓީމު ކުޅުނު މެޗު 4-1 އިން ކާމިޔާބުކޮށްފަ އެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއިން ޑެންމާކުގައި މި ނަތީޖާ ނެރެފައި […]
އަޙްމަދު ވަހީދު
ހއ. އުތީމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އާރްސީސީގެ އެއް ވެރިޔާ، ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޡިމްގެ ޢާއިލާގެ ފަރާތުން އަޅުއްވައިދެއްވާ މިސްކިތުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ. މި މިސްކިތަކީ މުޙައްމަދު ނާޡިމްގެ މަންމާފުޅުގެ ނަންފުޅުގައި ބިނާކުރާ މިސްކިތެކެވެ. މި މަޝްރޫޢުގެ ދަށުން ބިނާކުރާ މިސްކިތުގެ ކޮންސެޕްޓް ޑިޒައިން ކޮށްފައިވަނީ އުތީމުގެ ތާރީޚާއި ސަޤާފަތް އަދި
ފާތިމަތު ސަޙާ
ސައޫދީ ޕްރޯ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ 15 މިނެޓު ތެރޭގައި ކާމިޔާބުކުރި ހެޓްރިކާއެކު، އަލް ޚުލޫދު އަތުން 5-3 އިން މޮޅުވެ އަލް ނަސްރު މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ. މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑާއެކު ރޮނާލްޑޯގެ ކެރިއަރުގައި ޖެހި ޖުމްލަ ލަނޑުގެ އަދަދު މިހާރު ވަނީ 985 އަށް އަރައި، އޭނާ ހާސިލުކުރަން އަމާޒުހިފާފައިވާ ތާރީޚީ 1،000 ލަނޑުގެ ލަނޑުދަނޑިއާ އިތުރަށް ގާތަށް ޖެހިލާފައެވެ. ޖެހިޖެހިގެން ހަތަރު މެޗުން މޮޅެއް ނުލިބި އޮތް ޑެސް […]
އަޙްމަދު ވަހީދު
އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން ބޮޑެތި އަސްކަރީ ހަރަކާތްތަކެއް ފެށުމާމެދު ވިސްނަމުންދާ ދަނޑިވަޅެއްގައި، އެ ޤައުމާ ދެކޮޅަށް އެޅިދާނެ އަސްކަރީ ފިޔަވަޅުތަކުގެ އިޚްތިޔާރުތަކާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ވެރިޔާ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި މައުލޫމާތު އަރުވައިފިއެވެ. އެމެރިކާގެ ދަ ވޯލް ސްޓްރީޓް ޖާނަލް ނޫހުން އެމެރިކާގެ އޮފިޝަލުންނާއި އެ ބައްދަލުވުމުގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޑްމ
ނާޒިމާ އަލީ
1 މިނިޓު
އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް 136.3 މިލިއަން ރުފިޔާ އަދި މަތީ ތައުލީމުގެ ލޯނު ފެސިލިޓީތަކަށް 651 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފިއެވެ. މި ތަފްސީލުތައް ހާމަކުރެއްވީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. މަޖިލީހުގައި ބަޖެޓް ބަޔާން އިއްވަވަމުން މިނިސްޓަރު ވިދާޅުވީ، ފާގަތި ގައުމެއް ބިނާކުރުމަށް ބޭނުންވާ ހުނަރާއި އިލްމު
ޔުމްނާ ޢަލީ
ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ، ތުރުކީވިލާތުގެ ރައީސް އުރްދުޣާނަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތަކާއި އިޚްލާޞްތެރި ތަހުނިޔާ އަރިސްކުރައްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި މުނާސަބަތަކީ ތުރުކީވިލާތު
ޔުމްނާ ޢަލީ
އިޒްރޭލުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ބަރުލަމާނީ އިންތިޚާބުގެ ވޯޓު ގުނައި ނިމުނުއިރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިއްތިހާދަށް ކާމިޔާބު ކުރެވުނީ 53 ގޮނޑި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއާއެކު 120 މެންބަރުންގެ މައްޗަށް އެކުލެވޭ ކްނެސެޓް (ބަރުލަމާން) ގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 61 ގޮނޑި އެއްވެސް ބަޔަކަށް ހަމަނުވެ، ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އޭނާއަށް މިވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. އިޒްރޭލުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޓީއާ ހަވާލާދީ އެ ގައުމުގެ ‘ޔައިނެޓް’ ނޫހުން ބުރ
ނާޒިމާ އަލީ
ށ. މާއުނގޫދޫގެ އާންމު ރައްޔިތުންނަށް ހިތްފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމުތަކާއެކު، އެ ރަށު “ބޮޑުމަގު މައިޒާން” ރަސްމީކޮށް ހުޅުވައިފިއެވެ. މި މައިޒާނަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން އިސްނަގައިގެން ތަރައްގީކުރި ހިތްގައިމު ތަނެކެވެ. މި މައިޒާނަކީ މާއުނގޫދޫގެ އާންމުންގެ މައްޗަށް އެކުލެވޭ ފަރާތެއް ކަމަށްވާ “ކޮމިއުނިޓީ ގްރޫޕް”ގެ އިސްނެގުމުގެ މަތިން ތަރައްގީކުރި ތަނެކެވެ. މައިޒާނުގެ ޢަމަލީ މަސައްކަތްތައް އެއްކޮށް ނިންމުމަށްފަހު، މިހާރު ވަނީ
ފާތިމަތު ސަޙާ
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުވައްމުލައް ސިޓީ އާއި ރ. ދުވާފަރުން ބަޔަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. ފުލުހުން ހިންގި މި އޮޕަރޭޝަންތަކުގައި މި ދެ ރަށުން ޖުމްލަ ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ބުނި ގޮތުގައި، ފުވައްމުލައް ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ […]
ޔުމްނާ ޢަލީ
ސްޕެއިންގެ ދެކުނުބިތުގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްޕެއިންގެ ސަރުކާރަށާއި ރައ
ޔުމްނާ ޢަލީ
ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދި މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމަށް އޭނާ ހާޒިރު ނުވުމުން އަޑުއެހުން ކެންސަލްކޮށްފި އެވެ. ސައުދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް 2023 ވަނަ އަހަރު ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގަ އެވެ. އެ މައްސަލާގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުމަށް ސައުދު ހާޒިރު ނުވުމުން އެ އަޑުއެހުން ކެންސަލް […]
ހުސައިން ހަބީބް
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަމާއި ރައްޔިތުންގެ ފުދުންތެރިކަން ކަށަވަރުކުރުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމަކީ އެންމެ
ޔުމްނާ ޢަލީ
4 މިނިޓު
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި، ބޭރުން ފަރުވާ ހޯދަންޖެހިފައިވާ ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރަފާހު ބޯޑަރު ހުޅުވައިދިނުމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އަނެއްކާވެސް ގޮވާލައިފިއެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި ފަރުވާއަށް ފުރުމުގެ ހުއްދައަށް އިންތިޒާރު ކުރަމުންދަނިކޮށް، ބޯޑަރު ބަންދުވެފައި އޮތުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާއިން ބޭރު
ނާޒިމާ އަލީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ނުލިބޭ ތެޔޮތަކަށް ފައިސާ ދޫކުރި މައްސަލާގައި އެ ކުންފުނީގެ ކުރީގެ އިސް މުވައްޒަފަކާއި ބިދޭސީއަކު އަށް އަހަރާއި ނުވަ މަހަށް ޖަލަށްލައި, ބަދަލުގެ ގޮތުގައި ހަ މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޖެނުއަރީ, 2020 އިން ފެށިގެން އޮކްޓޫބަރު 2020 ގެ ނިޔަލަށް 783,000 ލީޓަރުގެ ޑީސަލް އެމްޕީއެލްއަށް ލިބިފައިވާ ކަމަށް ލިޔެކިޔުންތަކުން ދައްކުވައި, އެއަށްވާ ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ […]
ހުސައިން ހަބީބް
ހދ. ކުޅުދުއްފުށި ސިޓީގައި އުޅޭ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހާއްސަ ޕްރޮގްރާމެއްގެ ތެރެއިން، 48 ބުޅާ ހިފައި، ނިއުޓާ އަދި ސްޕޭ ކުރުމަށްފަހު، ސިއްހީ ފަރުވާދީ އަލުން ވެއްޓަށް ދޫކޮށްލައިފިއެވެ. މި މަސައްކަތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިސްނެގުމުގެ މަތިން “ޓްރެޕް، ނިއުޓާ، ރިލީޒް” ގެ ނަމުގައި ކުރިއަށްގެންދިޔަ ކޭމްޕެއްގެ ތެރެއިން ހިންގި ހަރަކާތެކެވެ. ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމަށް ހިންގި މި ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 18 […]
ފާތިމަތު ސަޙާ
މީހަކާ ދިމާލަށް މިމަގުން ނުހިނގާށޭ ބުނެ ވަޅިއެއް ހޫރާލި މީހަކު 10 އަހަރަށް ޖަލަށްލައި, 750,000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ދިވެހި ފިރިހެނެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. މިދިޔަ މަހު މީހަކު މާލޭގެ އަސުރުމާގޯޅިން ހިނގާފައި ދަނިކޮށް މިމަގުން އިތުރަށް ނުހިނގުމަށާއި އަދި އިތުރަށް އެ މަގުން ހިނގައިފިނަމަ މަރާލާނެ ކަމަށް ބުނެ ވަޅިއެއް އެ މީހާގެ ބުރަކަށްޓާ ދިމާލަށް ދިއްކުރި މައްސަލާގަ އެވެ. ކްރިމިނަލް […]
ހުސައިން ހަބީބް
1 މިނިޓު
ދިވެހިރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ސަރުކާރުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ‘ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރ’ އެއް ޤާއިމުކުރުމަށާއި، ޓްރެފިކް މައްސަލަތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު، ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ދެއްކެވި ވާހަކައިގައެވެ. ވަޒީރުގެ ވާހަކ
ޙުސައިން ޝަހުދީ