މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,422 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1573 ވަނަ ޞަފްޙާ

އެސްޓީއޯއިން ޑިޖިޓަލް ބޭންކުގެ ލައިސެންސަށް އެދިއްޖެ

އެސްޓީއޯއިން ޑިޖިޓަލް ބޭންކުގެ ލައިސެންސަށް އެދިއްޖެ

އެސްޓީއޯއިން ރާއްޖޭގައި ޑިޖިޓަލް ބޭންކިން ހިދުމަތް ފެށުމަށް ލައިސަންސް ހޯދަން ހުށަހަޅައިފި އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިޔެކިޔުންތައް ހުށަހެޅުއްވުމަަށްފަހު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މި ބޭންކުގެ މަސައްކަތް އަންނަ އަހަރު ނިންމާ ހިދުނަތް ދޭން ފަށާނެ ކަމަށެވެ. އަދި މިއީ ފަސޭހަ ކަމާއެކު ބޭނުން ކުރެވޭނެ ހިދުމަތެއް ކަމަށާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭ ހިދުމަތް ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. “އެކައުންޓު ހުޅުވަންވެސް އެހާ ގިނަ ވަގުތެއް ނުނަގާނެ. […]

އަޙްމަދު ވަހީދު
ކޯވިޑް ބަލީގެ ހާލަތު ގޯސްވެފައިވާ ނޮޅިވަރަމްގައި ކާފިއު ވަގުތު އިތުރުކޮށްފި

ކޯވިޑް ބަލީގެ ހާލަތު ގޯސްވެފައިވާ ނޮޅިވަރަމްގައި ކާފިއު ވަގުތު އިތުރުކޮށްފި

ކޯވިޑް-19 ބަލިމަޑުކަން ފެތުރި ހާލަތު ގޯސްވެފައިވާ ހދ.ނޮޅިވަރަންގައި، ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކާފިއު ހިންގާ ވަގުތު އިތުރުކޮށްފިއެވެ. ކޯވިޑްއާއި ގުޅިގެން ފާއިތުވި އޯގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ ރަށުގައި ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ދުވަހުން ފެށިގެން އިއްޔެއާއި ހިސާބަށް އެ ރަށުގައި 18:00 އިން ހެނދުނު 06:00  އަށް އައިސްފައިވަނީ ކާފިއު ހިންގަމުންނެވެ. ނަމަވެސް ބަލީގެ ހާލަތު އަދިވެސް ގޯސްކޮށް [...

އިބްރާހިމް ޚަލީލް
ރައީސްގެ ދެ ކަނބަލުން އުތުރުގެ ދެ އަތޮޅެއްގެ 8 ރަށަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފި

ރައީސްގެ ދެ ކަނބަލުން އުތުރުގެ ދެ އަތޮޅެއްގެ 8 ރަށަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އުތުރުގެ ދެ އަތޮޅެއްގެ 8 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރު ފުޅުގައި ރައީސްގެ ދެ ކަނބަލުން ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ށ. އަތޮޅުގެ 4 ރަށަކަށާއި، ރ. އަތޮޅުގެ 4 ރަށަކަށް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މިގޮތުން ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. ފުނަދޫ، ށ. ޅައިމަގު، ށ. ފޯކައިދޫ، ށ. މާއުނގ...

ޔުމްނާ ޢަލީ
ހޯރަފުށީ ކުނިކޮށި ފިޔަވައި އިތުރު ސަރަހައްދުތަކަށް ކުނި އެޅުން މަނާކޮށްފި

ހޯރަފުށީ ކުނިކޮށި ފިޔަވައި އިތުރު ސަރަހައްދުތަކަށް ކުނި އެޅުން މަނާކޮށްފި

ހއ. ހޯރަފުށީ ކުނިކޮށި ފިޔަވައި އިތުރު ސަރަހައްދުތަކަށް ކުނި އެޅުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ. މިގޮތުން ހޯރަފުށީ ކައުންސިލްއިން ނެރެފައިވާ އިޢުލާންގައި ބުނެފައިވަނީ، އާންމުކޮށް ކުނި އަޅަމުން އަންނަ ސަރަހައްދު މިހާރު ސާފުކޮށްފައިވާކަށާއި، ކުނިކޮށި ފިޔަވައި އިތުރު ސަރަޚައްދުތަކަށް ކުނި އަޅާ ފަރާތްތަކާއި މެދު ކުނި އުކާލުމާއި ކުނި ނައްތާލުމުގެ ޤާނޫނުގައި ބުނެފައިވާގޮތަށް އަމަލުކުރާނެކަމަށެވެ. އެރަށު ކުނިކޮށްޓަށް ކުނި އެޅުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ހެނދުނު 6:00 އިން ހަވީރު 18:00 އަށެވެ. އ...

އަޒްފާ ރަޝީދު
ނޮޅިވަރަންފަރުން އިތުރުން 6 މީހަކު ޕޮޒިޓިވް، ފިޔަވަޅުތައް ވަރުގަދަ ކޮށްފި

ނޮޅިވަރަންފަރުން އިތުރުން 6 މީހަކު ޕޮޒިޓިވް، ފިޔަވަޅުތައް ވަރުގަދަ ކޮށްފި

ހދ.ނޮޅިވަރަންފަރުން ކޯވިޑް-19 ޖެހިފައިވާ އިތުރު ހަ މީހުން ފެނުމާއިއެކު އެ ރަށުގައި ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ. ނޮޅިވަރަންފަރު ސިއްހީ މަރުކަޒުން އެ ރަށުގެ ކޯވިޑް ހާލަތު ބަޔާންކޮށް 6 ސެޕްޓެމްބަރ 2021 ގައި އާންމު ކޮށްފައިވާ ތަފާސްހިސާބު ބުނާގޮތުން މި މަހުގެ ފަސްވަނަ ދުވަހު އެ ރަށުން ނެގުނު 26 ސާމްޕަލުގެ ތެރެއިން 6 ސާމްޕަލެއް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ 2 ފްލޫ ސާމްޕަލަކާއި 4 ކަރަންޓީން ފުލޫ […]

އިބްރާހިމް ޚަލީލް
ޗައިނާގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

ޗައިނާގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ވަން ލިޒިން، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙަށް މިއަދު އަރުވައިފިއެވެ.  މިއަދު މެންދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ޗައިނާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ރާއްޖެ ވަޑައިގެން ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ.. ރައިސް އޮފީހުން ބުނިގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލިޒިންގެ ކ...

ޝިއުނާ އާދަމް
އެއީ ލީކެއް ނޫން، އެ ތެޔޮ ބޭނުންކުރެވޭނެ: އެމްއޭސީއެލް

އެއީ ލީކެއް ނޫން، އެ ތެޔޮ ބޭނުންކުރެވޭނެ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތެޔޮ ތާންގި އަކުން ލީކު ނުވާ ކަމަށާއި، އެ ތެޔޮ ކަލެކްޓުކޮށް ބޭނުންކުރެވޭނެ ކަމަށް މޯލްޑިވެސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ. އެމްއޭސީއެލްގެ ތެޔޮ ތާންގި އަކުން ތެޔޮ ލީކުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެކަމާ ގުޅިގެން އެމްއޭސީއެލް އިން ބުނީ ތެޔޮ ލީކުވަނީ ނޫން ކަމަށާއި، އެއީ އާންމުކޮށް ވެސް ވާ ކަމެއް ކަމަށެވެ.  އެ ކުންފުނިން ބުނީ ތާންގި ބަހައްޓާފައި ހުންނަތަން […]

ޝިއުނާ އާދަމް
ކޮވިޑް-19: ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް-19: ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ބުނީ ނިޔާވީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއީ ރާއްޖޭގައި މި ބަލި ޖެހިގެން ނިޔާވި 227 ވަނަ މީހާއެވެ. ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް މަދުވެފައިވާއިރު، މި ބަލީގައި މީހުން މަރުވާ ރޭޓުވެސް ވަނީ އިންތިހާއަށް މަދުވެފައެވެ. އެގޮތުން މި ދިޔަ މަހު ވެސް މި ބަލީގައި ނިޔާވީ […]

ޝިއުނާ އާދަމް
އާންމު އެކި ފަރުދުންގެ އަބުރަށް ހުތުރުވާ ގޮތަށް، ކޭއާރުއެޗްއަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި

އާންމު އެކި ފަރުދުންގެ އަބުރަށް ހުތުރުވާ ގޮތަށް، ކޭއާރުއެޗްއަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި

އާންމު އެކި ފަރުދުންގެ އަބުރަށް ހުތުރުވާ ގޮތަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް އަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތައް އެހޮސްޕިޓަލުން ދޮގުކޮށްފި އެވެ. މިއަދު އެހޮސްޕިޓަލުން ނެރުނު މީޑިޔާ ބްރީފިންގއެއްގައި ބުނެފައިވަނީ،އާންމު ފަރުދުންގެ އަބުރަށް ހުތުރުވާ ގޮތަށް ހޮސްޕިޓަލަށް ނިސްބަތްކޮށް، ސޯޝަލް މީޑިޔާ އަދި އާންމުންގެ ތެރޭގައި ދެކެވެމުންދާ ވާހަކައަކީ އެއްވެސް އުސޫލެއްގެ މައްޗަށް ބިނާކޮށް ދެކެވެމުންދާ ވާހަކައެއް ނޫންކަމާއި އަދި އެ ވާހަކަތަކަކީ އަސްލާއި ހިލާފު ދޮގު ވާހަކަތަކެއްކަން އެ ހޮސ...

އަލީ އާދިލް
ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސް އިން އައިސް ވިއްކާ އަގު ހެޔޮކޮށްފި

ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސް އިން އައިސް ވިއްކާ އަގު ހެޔޮކޮށްފި

ށ. ކީކިމިނިގައި ހިންގަމުންދާ ފިޝަރީޒް ކޮމްޕްލެކްސް އިން އައިސް ވިއްކާ އަގު ހެޔޮކޮށްފިއެވެ. އެ ކޮމްޕްލެކްސް އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ މިހާރު އެ ކޮމްޕްލެކްސް އިން އައިސް ޓަނެއް ލިބެން ހުންނާނީ ޖީއެސްޓީއާއި އެކު 985.80 އަށް ކަމަށެވެ. އަދި މީގެ ކުރިން އެތަނުން އައިސް ޓަނެއް ވިއްކަމުން އައިސްފައިވަނީ 1220 ރުފިޔާ އަށެވެ. އެ ކުންފުނިން ބުނީ މަސްވެރިންނަށް ވީހާވެސް ހެޔޮ އަގެއްގައި ލުއި ފަސޭހަ ކަމާއި އެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްޓަކައި 2021 ވަނަ […]

އަޙްމަދު އަރުޝަމް
ދަރަނބޫދޫ ބަނދަރުގެ ޕޭވްމަންޓު ހަދައި ނިންމާލައިފި

ދަރަނބޫދޫ ބަނދަރުގެ ޕޭވްމަންޓު ހަދައި ނިންމާލައިފި

ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމިއްޖެ ކަމަަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަސައްކަތް ނިންމާލީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި މިހާރު ކުރިއަށް ދަނީ ސޭންޑް-ފިލްޑް ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށް ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 46,600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 410...

އަޙްމަދު ވަހީދު
ކުޅުދުއްފުށި ސިޓީގައި "އޮޑިޓަރ ޖެނެރަލްގެ އުތުރު ސަރަހައްދީ އޮފީސް" ހުޅުވައިފި

ކުޅުދުއްފުށި ސިޓީގައި "އޮޑިޓަރ ޖެނެރަލްގެ އުތުރު ސަރަހައްދީ އޮފީސް" ހުޅުވައިފި

ހދ. ކުޅުދުއްފުށި ސިޓީގައި “އޮޑިޓަރ ޖެނެރަލް އޮފީހުގެ އުތުރު ސަރަހައްދީ އޮފީސް” ހުޅުވައިފި އެވެ. މި އޮފީސް ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު، ޔާސިރް އަބްދުއްލަޠީފް އެވެ. މިކަމަށްޓަކައި ކުޅުދުއްފުށި ސިޓީގައި މިއަދު ބޭއްވުނު ރަސްމިއަޔާތުގައި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒް އާއި އެ އޮފީހުގެ ބައެއް އިސްވެރިންނާއި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް އަދި ހދ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖުގެ އިތުރުން ކުޅުދުއްފުށި ސިޓީގެ އެކިއެކި މުއައްސަސާތަކާ...

އަޙްމަދު އަރުޝަމް
ރައީސްގެ ދަތުރު މިފަހަރު ށ. އަތޮޅާއި ރ. އަތޮޅަށް

ރައީސްގެ ދަތުރު މިފަހަރު ށ. އަތޮޅާއި ރ. އަތޮޅަށް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރަސްމީ ދަތުރުފުޅެއްގައި ށ. އަތޮޅާއި ރ. އަތޮޅުގެ ގިނަ ރަށްތަކަށް މާދަމާ ފުރާވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ. ރައީސްއޮފީހުގެ ސްޕޯކްސްޕާސަން މަބްރޫކް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާދަމާ ރައީސް ފައްޓަވާ މިދަތުރުގައި ށ އަތޮޅުން ވަޑައިގަންނަވާނީ، ށ. ފުނަދޫ އާއި އެ އަތޮޅު ޅައިމަގުގެ އިތުރުން ފޯކައިދޫ އާއި މާއުނގޫދޫއަށް ކަމަށެވެ.   ރ. އަތޮޅުން ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ، ވާދޫ، އަލިފުށި، ރަސްގަތީމު އަދި އަނގޮޅިތީމެވެ. ކޮވ...

އަޒްފާ ރަޝީދު
ފީވަކު ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ފީވަކު ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ށ. ފީވަކު ފެނުގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފަ އެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަަސައްކަތް ކަމަށެވެ. އެ މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ އެރަށަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި 9.17 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި […]

އަޙްމަދު ވަހީދު
ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ތަންތަނަށް މީހުން ވަނަނުދޭން، އެތަންތާގެ ބޭރުގައި ފުލުހުން ފޯރި މަރަނީ

ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ތަންތަނަށް މީހުން ވަނަނުދޭން، އެތަންތާގެ ބޭރުގައި ފުލުހުން ފޯރި މަރަނީ

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކަމަށް ބެލެވޭ ތަންތަން ފުލުހުން ބަލާ ފާސްކުރަން ފަށައިފިއެވެ.  ފުލުހުން ބުނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ފާހަގަކުރެވިފައިވާ ތަންތަނަށް މީހުން ވަނަނުދީ، އެކަން ހުއްޓުވަން ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށާފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ފެށީ  މިއަދު ހެނދުނު 7:00 އިން ފެށިގެން ކަމަށް ވެސް ބުންޏެވެ.  މި އޮޕަރޭޝަންގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ ތަންތަނުގައި 24 ގަޑިއިރު ފުލުހުން ޑިއުޓީ […]

ޝިއުނާ އާދަމް
ޖަލާލުއްދީން ސުކޫލުގެ "އިންކްލޫސިވް ސަޕޯޓް ޔުނިޓް"އަށް ޔާސިރުގެ ބޮޑު އެހީއެއް

ޖަލާލުއްދީން ސުކޫލުގެ "އިންކްލޫސިވް ސަޕޯޓް ޔުނިޓް"އަށް ޔާސިރުގެ ބޮޑު އެހީއެއް

ކުޅުދުއްފުށި ސިޓީގައި ހުންނަ ޖަލާލުއްދީން ސްކޫލުގައި މިއަހަރު އަލަށް ތަޢާރަފް ކުރެވުނު ‘އިންކްލޫސިވް ސަޕޯރޓް ޔުނިޓް’ އަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު، ޔާސިރް އަބްދުއްލަޠީފް ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެއްވައިފިއެވެ. އެގޮތުން، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދިނުމަށް އެ ސުކޫލުގެ ފަރާތުން އުފައްދާފައިވާ މި ޔުނިޓަށް ޔާސިރުވަނީ 98،000 ރުފިޔާގެ ތަކެތި ހަދިޔާ ކުރައްވާފައެވެ. އޭގެ ތެރޭގައި، ޕްރިންޓަރަކާއި، ލެމިނޭޓަރަކާއި، 4 ކޮމްޕިއުޓަރާއި، 4 ކޮމްޕިއުޓަރު...

އަޙްމަދު އަރުޝަމް
އީސީގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

އީސީގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. އެގޮތުން، މި މަގާމަށް އައްޔަން ކުރައްވާފައިވަނީ ހ. އިރުވައި، މުޙައްމަދު ޢާޞިފް އެވެ. އާސިފްއަށް މަގާމުގެ ލިއުން ހަވާލުކޮށްދެއްވީ މިއަދު މެންދުރު ފަހުއެވެ. އީސީގެ މެންބަރު ކަމަށް އައްޔަން ކުރެވުނު މުޙައްމަދު އާސިފަކީ މީގެ ކުރިން އެ ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމާއި އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އީސީގެ މެގާމެއް ހުސްވީ އެ...

އަޙްމަދު އަރުޝަމް
ޅައިމަގު ސްކޫލުގައި 8 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ޅައިމަގު ސްކޫލުގައި 8 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ޅައިމަގު ސްކޫލުގައި 8 ކުލާސް ރޫމާއި މަލްޓިޕާރޕަސް ހޯލު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފިނޭންސް މިނިސްޓްރީން 05 ސެޕްޓެމްބަރ 2021 ގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ ޅައިމަގު ސްކޫލުގެ 8 ކްލާސްރޫމް އާއި މަލްޓިޕާޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/500 […]

އިބްރާހިމް ޚަލީލް