އެސްޓީއޯއިން ރާއްޖޭގައި ޑިޖިޓަލް ބޭންކިން ހިދުމަތް ފެށުމަށް ލައިސަންސް ހޯދަން ހުށަހަޅައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިޔެކިޔުންތައް ހުށަހެޅުއްވުމަަށްފަހު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މި ބޭންކުގެ މަސައްކަތް އަންނަ އަހަރު ނިންމާ ހިދުނަތް ދޭން ފަށާނެ ކަމަށެވެ. އަދި މިއީ ފަސޭހަ ކަމާއެކު ބޭނުން ކުރެވޭނެ ހިދުމަތެއް ކަމަށާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭ ހިދުމަތް ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“އެކައުންޓު ހުޅުވަންވެސް އެހާ ގިނަ ވަގުތެއް ނުނަގާނެ. އަމިއްލައަށް އެކައުންޓު ހުޅުވައި ލޯނަށް ވެސް އެދެވޭނެ. 60 ސިކުންތު ތެރޭ ލޯނަށް އެދި އެ ލޯނުގެ ފައިސާ އެކައުންޓަށްވެސް ޖަމާވާނެ” އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވިގޮތުގައި ލައިސަންސް ލިބެން ތިން މަސް ދުވަސް ނަގާނެއެވެ. އެއަށްފަހު ބޭރުގެ ތަޖުރިބާކާރުން ގެނައުމަށާއި އެހެނިހެން މަސައްކަތްތައް ވަގުތުން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
We are thrilled to officially submit our Digital Bank operating licence application to @MMA_Maldives pic.twitter.com/weXsKKbXWq
— STO (@stoplc) September 7, 2021
މިއީ އެސްޓީއޯ އިން ޒަމާނީ ހިދުމަތްތައް ތައާރަފުކޮށް، ކުންފުނީގެ މާލީ ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރާ މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!