ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރަސްމީ ދަތުރުފުޅެއްގައި ށ. އަތޮޅާއި ރ. އަތޮޅުގެ ގިނަ ރަށްތަކަށް މާދަމާ ފުރާވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސްއޮފީހުގެ ސްޕޯކްސްޕާސަން މަބްރޫކް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާދަމާ ރައީސް ފައްޓަވާ މިދަތުރުގައި ށ އަތޮޅުން ވަޑައިގަންނަވާނީ، ށ. ފުނަދޫ އާއި އެ އަތޮޅު ޅައިމަގުގެ އިތުރުން ފޯކައިދޫ އާއި މާއުނގޫދޫއަށް ކަމަށެވެ.

Ad
rt

ރ. އަތޮޅުން ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ، ވާދޫ، އަލިފުށި، ރަސްގަތީމު އަދި އަނގޮޅިތީމެވެ.

ކޮވިޑް19 ގެ ސަބަބުން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ރައީސް ވަނީ އަނެއްކާވެސް އަތޮޅުތަކަށް ޒިޔާރަށްކުރައްވާ، ސަރުކާރުން ހިންގާ މަޝްރޫއުތައް ބައްލަވާލައްވައި ރައްޔިތުންގެ ކަންބޮޑުވުން އޮޅުންފިލުއްވަމުންނެވެ. ރައީސް ކުރައްވަމުން އަންނަ ސިލްސިލާ ދަތުރުތަކުގެ ތެރެއިން މީގެ ކުރިންވަނީ ހދ އަދި ތ އަތޮޅަށް ދަތުރު ކުރައްވާފަ އެވެ.

މީގެ ކުރިން ރައީސް އޮފީހުން ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ތަނުގައި ވަގުތު އޮތް މިންވަރަކުން އެކި އަތޮޅުތަކަށް ވަޑައިގަންނަވާނެކަމަށެވެ.