ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތެޔޮ ތާންގި އަކުން ލީކު ނުވާ ކަމަށާއި، އެ ތެޔޮ ކަލެކްޓުކޮށް ބޭނުންކުރެވޭނެ ކަމަށް މޯލްޑިވެސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލްގެ ތެޔޮ ތާންގި އަކުން ތެޔޮ ލީކުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
އެކަމާ ގުޅިގެން އެމްއޭސީއެލް އިން ބުނީ ތެޔޮ ލީކުވަނީ ނޫން ކަމަށާއި، އެއީ އާންމުކޮށް ވެސް ވާ ކަމެއް ކަމަށެވެ.
އެ ކުންފުނިން ބުނީ ތާންގި ބަހައްޓާފައި ހުންނަތަން ފަރުމާކޮށްފައި ހުންނަނީ ތާންގި ތައް ފުރިގެން ފައިބާ ތެޔޮ ކަލެކްޓުކޮށް ފިލްޓަރކޮށްގެން ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. އަދި އެއީ އެމަޖަންސީ ހާލަތެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވިޑިއޯއިން ފެންނަގޮތުން ތާންގިތައް ބަހައްޓާފައި ހުރިތަނުން އެއް ތާންގި ފުރިގެން ތެޔޮ ފައިބައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!