ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އެގޮތުން، މި މަގާމަށް އައްޔަން ކުރައްވާފައިވަނީ ހ. އިރުވައި، މުޙައްމަދު ޢާޞިފް އެވެ. އާސިފްއަށް މަގާމުގެ ލިއުން ހަވާލުކޮށްދެއްވީ މިއަދު މެންދުރު ފަހުއެވެ.

Ad
rt

އީސީގެ މެންބަރު ކަމަށް އައްޔަން ކުރެވުނު މުޙައްމަދު އާސިފަކީ މީގެ ކުރިން އެ ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމާއި އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

އީސީގެ މެގާމެއް ހުސްވީ އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި އަޙްމަދު ޝަރީފް މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.

އެ ކޮމިޝަން އެކުލެވިގެން ވަނީ 5 މެންބަރުންގެ މައްޗަށެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ވެސް ބޭފުޅަކު އައްޔަނު ކުރައްވާފައެވެ. އެ މަޤާމަށް އައްޔަނު ކުރެއްވީ ކުރިން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނަންސް މެނޭޖަރގެ މަޤާމު ފުރުއްވި ހ. ގުރުވަ، އަޙްމަދު ޢާހިދު ރަޝީދު އެވެ.