ކޮވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ނިޔާވީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

Ad
rt

މިއީ ރާއްޖޭގައި މި ބަލި ޖެހިގެން ނިޔާވި 227 ވަނަ މީހާއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް މަދުވެފައިވާއިރު، މި ބަލީގައި މީހުން މަރުވާ ރޭޓުވެސް ވަނީ އިންތިހާއަށް މަދުވެފައެވެ. އެގޮތުން މި ދިޔަ މަހު ވެސް މި ބަލީގައި ނިޔާވީ ދެ މިހެކެވެ.

މި ބަލީގައި މިހާރު 2،057 މީހަކު ފަރުވާ ހޯދަމުން އަންނައިރު، 23 މީހަކަށް ފަރުވާދެނީ އެޑްމިޓްކޮށްގެންނެވެ.