ލާމަރުކަޒީގޮތުން ރާއްޖެ ތަރައްޤީކުރުމަށް ކައުންސިލުތަކުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ ށ .ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހަވީރު ޅައިމަގު ކައުންސިލު އިދާރާގައެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ބައްދަލުކުރެއްވުމުގައި ވާހަކަ...
ޝިއުނާ އާދަމް
އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ގެ ދަށުން، އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި ނެރަށް ވަންނަން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ނިންމާލާފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރު ތޮށި ލުމިގެ މަސައްކަތް ކަމަށެވެ. އެގޮތުން މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މި މަހުގެ ހަތަރު ވަނަ ދުވަހު އެރަށަށް […]
އަޙްމަދު ވަހީދު
ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 180 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، ރެޔާއި ހަމައަށް އެރަށުން 180 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިހާތަނަށް އެރަށުން ޖުމްލަ 687 ސާމްޕަލެއް ވަނީ ނަގާފައެވެ. “ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އެކަކު ހިމެނޭ. މީގެ އިތުރުން 10 އަހަރުން ދަށުގެ 65 ކުދިންނާއި 65 އަހަރުން މަތީގެ 6 މީހުންނާއި ދާއިމީ ބޭސްކާ 6 މީހުން ހިމެނޭ” […]
އަލީ އާދިލް
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މޮނިޓަރިންއަށް ލާފައި އޮތް އޮތުން އުވާލިތާ 5 ދުވަސް ފަހުން އަނެއްކާވެސް ށ. ފީވަކުން 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޖުލައި 29 ވަނަ ދުވަހުގެ 12:40 ގައި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި މަހަކަށް ވުރެ […]
އަޙްމަދު އަރުޝަމް
ޑުރަގް ބޯޓުތައް ދޫވެ، ކުނި ކޮތަޅު ހާވާ ޒުވާނުން ރަށުތެރޭ ގިނަވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނު ތަންފީޒު ނުކުރާތީކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ. ބޮންޑޭ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. “މަސްތުވާތަކެތީގެ ފަރުވާ ފެއިލް ވުމުން ޖަލަށް ދާންޖެހޭ މީހުން ގިނަވަނީ” މިސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއް ހިއްސާ ކުރައްވާ ބޮންޑޭ އިތުރު ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ ހިދުމަތްދޭ ކެފޭ އައްޑާ ތިޔާގިވެފައިވާކަމަށެވެ. “ޑުރަގް ބޯޓުތައް...
އިބްރާހިމް އަސްވާޤް
ރަސްދޫގައި ހަދަމުންދާ ޒަމާނީ އިންޖީނުގޭގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ރަސްދޫގައި އިމާރާތް ކުރާ ޒަމާނީ އައު އިންޖީނުގޭގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. މި އިންޖީނުގޭގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލުމަށް އަމާޒުހިފާފައިވާއިރު، އެކި ފަންތިއާއި ގިންތީގެ ގެސްޓްހައުސްތައް ހިންގަމުން ގެންދާ ރަސްދޫއަށް އަންނަމުންދާ ތަރައްގީއާއި އެއްވަރަށް އަދި އެ ރަށުގެ މަތިވަމުންދާ ލޯޑަށް ކޭޓާ ކުރުމަށްޓަކައި މއ...
ޝިއުނާ އާދަމް
ހދ. ނޮޅިވަރަމްގައި ކޯވިޑް ޖެހިގެން ހޯމް ކަރަންޓީނުގައި ހުރި ބަލި މީހެއް ހާލު ގޯސްވެ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފިއެވެ. އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔައީ ރަށުގައި އެމްބިއުލާންސެއް ނެތުމުން ބަލިމީހުން އުފުލަން ބޭނުންކުރާ ޕިކަޕްގައެވެ. އެއީ އަންހެނެކެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިސަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ ވަނީ މިކަން “ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފައެވެ. “އަޅުގަނޑު މިވަގުތު މިހިރީ ސިއްހީ މަރުކަޒުގައި، ހާލު ދެރެވެގެން ގެނައި މީހާއަށް މިހާރު ދަނީ އަވަސް ފަރުވާ...
ޔުމްނާ ޢަލީ
ފުނަދޫގައި އެކިއެކި ޚިދުމަތްތައް ތަރައްޤީކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ށ އަތޮޅުގެ ތަރައްޤީގެ މަރުކަޒެއްގެ ގޮތުގައި ފުނަދޫ ތަރައްޤީކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ފުނަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގި...
ޝިއުނާ އާދަމް
ކޯވިޑް-19އާއި ގުޅިގެން އެމެރިކާގެ އިގްތިޞާދަށް ކުރިމަތިވި ހީނަރުކަމާއި އެކު ޗައިނާގައި ބިލިއަނަރުން އުފެދުނު މިންވަރު އިތުރުވެގެން ދިޔައެވެ. ނަމަވެސް ކޮމިނިސްޓް ޤައުމެއްކަމަށްވާ ޗައިނާގައި އުފެދުނު ބިލިއަނަރުންގެ އަދަދު އަނެއްކާވެސް މަދުވަމުން އަންނަކަމަށް އެ ގައުމާއި ހަވާލާދީ ބައިނަލްއަގްވާމީ ރިޕޯޓުތައް ބުނެއެވެ. މިގޮތުން އެގައުމުގެ 800 މިލިއަނަށްވުރެ ގިނަ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވަމުން އައިސްފައިވާއިރު، 600 މިލިއަނަށްވުރެން ގިނަ މީހުންނަށް މަހެއްގެ މައްޗަށް 150 ޑޮލަރުވެސް އާމްދަނީގެ...
އަޒްފާ ރަޝީދު
‘އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް’ މަޝްރޫޢާ ގުޅޭ ގޮތުން ޕްލޭނިންގް މިނިސްޓްރީގެ ބައްދަލުވުމެއް ބާއްވައިފި އެވެ. މި މަޝްރޫޢާ ގުޅޭ ގޮތުން މިއަދު ކުރިއަށްގެންދިޔައީ މި މަޝްރޫޢުއާއިގުޅޭ ސްޓީރިން ކޮމިޓީގެ 26 ވަނަ ބައްދަލުވުމެވެ. މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރަށްތަކުގައި ފެރީ ޓަރމިނަލްތަކުގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާއި، އެ މަސައްކަތްތައް އަވަސް ކުރުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވިފާވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ. އަދި ފެރީ ޓިކެޓު ނ...
އަޙްމަދު އަރުޝަމް
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒުނާ އަޙްމަދު މިއަދު ށ. ފުނަދޫ އަށް ވަޑައިގަންނަވައިފި އެވެ. ރައީސްގެ ދެ ކަނބަލުން ފުނަދޫ އަށް މި ވަޑައިގަތީ އެ ދެކަނބަލުން ށ. އަތޮޅާއި ރ. އަތޮޅުގެ 8 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެތެރެއިން ފުރަތަމަ މަންޒިލްގެ ގޮތުގައެވެ. ރައީސްގެ ދެ ކަނބަލުން ށ. އަތޮޅުގެ ވެރިރަށް ފުނަދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ އެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. […]
އަޙްމަދު އަރުޝަމް
ކަންކަން ނިންމާ ފެންވަރުގައި، ގޮތް ކިޔައި ބަސްބުނުމުގައި، އަންހެނުންނަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އަންހެނުންނަށް ހާއްސަކޮށް ދޭ ރެހެންދި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގަޔާއި، ކަންކަމުގައި އަންހެނުން ބައިވެރިވުމުގައި، އަދިވެސް ދަތިތަކެއް ނުވަތަ ހުރަސްތަކެއް އެބަހުރިކަން ޤަބޫލުކުރަންޖެހޭ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެފައި މި އޮންނަނީ، ޤައުމީ ތަރ...
ޝިއުނާ އާދަމް
ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޭޕްރިލް މަހުއެވެ. މިހާރު ކުރިއަށްދަނީ ހާބަ ބޭސިން އާއި ނެރަށް ވަންނަން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތެވެ. ހާބާ ބޭސިން ފުކުރުމުގެ މަސައްކަތުގެ ދަށުން 8.5 އެމްއެސްއެލް (މީން ސީ ލެވެލް) ފުން ކުރާނެއެވެ. މި މަސައްކަތުގައި ބޭނުން ކުރަނީ […]
އަޙްމަދު ވަހީދު
މި މަހުގެ 15އިން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުން ކަމަށް އެކުންފުނިން ބުނެފިއެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުޔގެ 15އިން ފެށިގެން އެ ކުންފުނިން ކުނި ނަގާނީ ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަނި ކަމަށެވެ. އަދި ވަކި އެޕާޓްމަންޓުތަކުން ކުނި ނަގަން އާއްމުންގެ އެދުމުގެ މަތިން ކަމަށް އެ ކުންފުނިން ބުންޏެވެ. މި ބަދަލު ގެނައުމާއެކު މަގުމައްޗަށް ކުނި ބޭރު ކުރުމުން މަނާ ވާނެ އެވެ. ވެމްކޯއިން ކުނި ނަގާ ވަގުތުތައް […]
އަޙްމަދު ވަހީދު
ކަނޑުމަތިން ހޮވައިގެން ގެނެސް، ހއ. ދިއްދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް ބޯޓެއް ނީލަމުގައި ވިއްކާލުމަށް އެ ކައުންސިލުން ނިންމައިފި އެވެ. އެ ކައުންސިލުން މިއަދު ނެރެނު އިއުލާނެއްގައި ބުނެފައިވަނީ އެ ބޯޓު ގަތުމަށް ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެއެވެ. ކައުންސިލުގެ އިއުލާނުގައި ވާގޮތުން، މި ބޯޓަކީ ފައިބަރ ނުވަތަ ލަކުޑިން ހަދާފައިވާ ދިގުމިނުގައި 64 ފޫޓު، ފުޅާ މިނުގައި 16.7 ފޫޓު އަދި ފުންމިނުގައި 5.2 ފޫޓު ހުންނަ މުށި […]
އަޙްމަދު އަރުޝަމް
ޓެކްސީ ޑްރައިވަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެ މައްސަލަ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، ގޯނާ ކޮށްފައިވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ. އެހެންނަމަވެސް އަދި މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވެފަވެއެވެ. ފުލުހުން ވިދާޅުވީ، މި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލާގެ ގޮތުގައި ބަލަމުން އަންނަ ކަމަށް...
ޝިއުނާ އާދަމް
ދުނިޔޭގެ ކަނޑުތަކުން ކަޅުބިލަމަހުގެ ބާވަތްތައް ހުސްވެދާނެ ކަމުގެ ބިރު ކުޑަވާން ފަށާފައިފި ކަމަށާއި މިޔަރު ހުސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ދިރާސާތަކުން ދައްކައިފިއެވެ. މި މަހުގެ 3-11 އަށް ފްރާންސްގެ މާސިލީގައި ކުރިއަށްދާ އިންޓަނޭޝަނަލް ޔުނިއަން ފޯ ދަ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ވޯލްޑް ކޮންގްރެސްގައި އާންމުކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި ކަޅުބިލަމަހުގެ އާބާދީ ހުސްވެދާނެކަމުގެ ބިރު ހީވެފައި ވަނިކޮށް، ފާއިތުވި 10 އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކުން މަހުގެ އާބާދީ ވ...
އަޙްމަދު ވަހީދު
އޮޑިޓާ ޖެނެރަލްގެ އޮފީހެއް އަތްފޯރާ ފަށަށް އައުމަކީ ލިބޭ އުފަލެއްކަމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. އާތިފް މިފަދައިން ވިދާޅުވީ އިއްޔެ ކުޅުދުއްފުށި ސިޓީގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ އުތުރު ސަރަހައްދީ އޮފީސް ހުޅުވިގެން ދިޔުމާއި ގުޅިގެންނެވެ. އެގޮތުން، އިއްޔެ އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ އޮޑިޓާ ޖެނެރަލްގެ އޮފީހެއް އެ ސިޓީގައި ހުޅުވިގެންދިޔުމަކީ ކުޅުދުއްފުށްޓާއި ބޮޑުތިލަދުންމަތީގެ ރަށްރަށުގެ އިދާރާތަކަށާއި ރައްޔިތުންނަށް އެކަމުގެ މަނ...
އަޙްމަދު އަރުޝަމް