ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމިއްޖެ ކަމަަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި މި މަސައްކަތް ނިންމާލީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި މިހާރު ކުރިއަށް ދަނީ ސޭންޑް-ފިލްޑް ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، 46,600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 410 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
އަދި 64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2500 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.
ފ. ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް 4 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ވަނީ ނިމިފައި. އަދި މިހާރު ކުރިއަށް ދަނީ ސޭންޑް-ފިލްޑް ބޭރުތޮށި ލުމުގެ މަސައްކަތް. މި މަޝްރޫޢަކީ 38.2 މިލިއަން ރުފިޔާގެ މަޝްރޫޢެއް. #MTCCProjects pic.twitter.com/yuTJnNyQzJ
— MTCC Plc (@MTCCPlc) September 6, 2021
މިއީ 38.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!