ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ޕާޓީގެ އިސްތިއުނާފް މަޖިލީހުން ނިންމައިފިއެވެ. މަހުލޫފް އަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީން އެންގީ އެމްއެމްޕިއާރްސީ ކޮރަޕްޝަންގެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާތީއެވެ. އެ މައްސަލަ މަހްލޫފް ގެ ފަރާތުން އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހާއި، އިންތިހާބާ ބެހޭ ކޮމިޓީއަށް ހުށަހެޅުމުން ކޮމިޓީން ނިންމީ އޭނާ އަށް ވާދަ ނުކުރެވޭނެ ކަމަށެވެ. އެމ...
ޝިއުނާ އާދަމް
ށ. ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެ ގޮތުން މި މަސައްކަތް ނިންމާލީ މި މަހުގެ 5 ވަނަ ދުވަހު ކަމަށްއެމްޓީސީސީން ބުންޏެވެ. މި މަޝްރޫޢުގެ ދަށުން، 24,125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، […]
އަޙްމަދު ވަހީދު
އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންގެ ގޮތުގައި ތިބި ފަރާތްތަކަށް ދޭ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. އެގޮތުން، ލޯކަލް ގަވަރންމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަތޮޅު ކައުންސިލްގެ ނާއިބު ރައީސުންގެ މުސާރަ މުރާޖަޢާކުރުމަށް މަޖިލީހަށް ހުށައެޅުމާއި ގުޅިގެން އަތޮޅު ކައުންސިލްގެ ނައިބް ރައީސްކަމުގައި ހުންނަ ބޭފުޅަކަށް މުސާރައިގެ އިތުރުން 1000 ރުފިޔާގެ އެލަވަންސެއް ދެއްވުމަށް ވަނީ ފާސްކޮށްފައެވެ. މި ބިލް މަޖިލީހުން ފާސްކޮށްފައި ވަނީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރ...
އަޙްމަދު އަރުޝަމް
ށ. ފޯކައިދޫގައި ފެނަކަ ކޯޕަރޭޝަނުން އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް އިމާރާތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޒިޔާރަތް ކުރައްވައިފިއެވެ. ރައީސް އެ އިންޖީނުގެއާއި އޮފީސް ބައްލަވާލެއްވީ ށ. އަތޮޅާއި ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޯކައިދޫއަށް ޒިޔާރަތް ކުރައްވައެވެ. އެމަނިކުފާނާއެކު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވެސް މި އިމާރާތަށް ޒިޔާރަތް ކުރެއްވިއެވެ. ރައީސްގެ ޒިޔާތަރުގައި އެމަނިކުފާނު ވަނީ އެ އޮފީހުގެ މުވައްޒަފުންނާ ބައ...
އަޙްމަދު ވަހީދު
ތައުލީމީ ދާއިރާގެ ވަޞީލަތްތައް ތަރައްޤީ ކުރުމުގެ އިތުރުން ތަޢުލީމީ ދާއިރާގައި މީހުންބިނާ ކުރުމަށް ވެސް ޚާއްޞަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ށ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ރ. ވާދޫ އަށް ވަޑައިގެންފައެވެ. އަދި މި ދަތުރުފުގައި މެޑަމް ފަޒްނާ ވަނީ ވާދޫ ސްކޫލަށް ޒިޔާރާތްކުރައްވާ ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ މި ބައްދަ...
ޝިއުނާ އާދަމް
ބ. އަތޮޅުން ސްނޯކްލިން އަށް ގޮސް އުޅުނު މީހެއްގެ ގަޔަށް ހިބަރެއްގެ ތުންގަނޑު ހެރި އެމީހާ ނިޔާވެއްޖެއެވެ. ފުލުހުން ބުނީ އެ ހާދިސާ ހިނގީ ބ. މާޅޮހުން ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ކަމަށެވެ. އެމީހާ ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު 16:10ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ހިބަރުގެ ތުންގަނޑު ހެރުނީ މެޔާ ދިމާލަށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެމީހާ މަރުވެފައިވާ ކަން ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. މި ހާދިސާގައި […]
ޝިއުނާ އާދަމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރ އަތޮޅަށް ވަޑައިގެންފިއެވެ. އެމަނިކުފާނު އެ އަތޮޅުން އެންމެ ފުރަތަމަ ވަޑައިގެންނެވީ ރ. ވާދޫ އަށެވެ. ވާދޫ އަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު އެ ރަށު ކައުންސިލާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅާއި، ރ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފެއްޓެވީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ށ. ފުނަދޫ އަށެވެ. ށ. އަތޮޅުން ޅައިމަގު، ފޯކައިދޫ […]
ޝިއުނާ އާދަމް
ށ. އަތޮޅުގައި ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި ށ. އަތޮޅު ކައުންސިލުން ދަންނަވައިފިއެވެ. ށ. އަތޮޅު ކައުންސިލުން މިގޮތަށް ރައީސް ޞާލިޙްގެ އަރިހުގައި ދެންނެވީ އިއްޔެ ރައީސް ޞާލިޙާއެކު އެކައުންސިލުން ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. ށ. ފުނަދޫގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ށ. އަތޮޅުގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ ލަނޑުދަނޑިތައް ހާސިލުކ...
ޔުމްނާ ޢަލީ
މިފްކޯއަށް ގެންނަ ބަދަލުތަކާއި މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު މި ދެ ސިނާޢަތަށްވެސް އެދެވޭ ބޮޑެތި ބަދަލުތަކެއް އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ މިހާރު ށ. އަދި ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޯކައިދޫއަށް ވަޑައިގެން މިއަދު ހެނދުނު ފޯކައިދޫގެ މަސްވެރިންނާއި ދަނޑުވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފު...
އަލީ އާދިލް
ކޯވިޑް ބަލީގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ހދ. ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިސްއަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ. މަޖިލިސްއަށް މި މައްސަލަ ހުށަހަޅުއްވާފައި ނޮޅިވަރަމް ދާއިރާގައި މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. މޮސްޓާ ހުށަހަޅުއްވާފައިވާ މި މައްސަލައިގައި ވިދާޅުވެފައި ވަނީ، ކޯވިޑް-19ގެ މި ހާލަތުގައި ނޮޅިވަރަމް ދާއިރާ މިއަދު ވަނީ ނާޒުކު ހާލަތެއްގައިކަމަށެވެ. މިގޮތުން އާބާދީގައި 2770 އަށްވުރެ ގިނަ މީހުން...
އަޒްފާ ރަޝީދު
މެކްސިކޯގެ ދެކުނުގެ ސަރަހައްދަށް ބާރުގަދަ މިބިންހެލުމެއް އައިސް އިމާރާތްތައް ގުޑައި އެސަރަހައްދުގެ ގިނަ ބަޔަކު މަގުތަކަށް ނުކުމެއްޖެއެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ބިންހެލުމާއި ގުޅިގެން އެކަކު ވަނީ މަރުވެފައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާގޮތުގައި، 7.4 މެގްނިޓިއުޑްގެ ބާރު ގަދަ މި ބިންހެލުން އައިސްފައިވަނީ މެކްސިކޯ ކައިރީގައި އޮންނަ އަކަޕުލްކޯ ސިޓީއާއި 11 މޭލު ކައިރިން ކަމަށެވެ. https://twitter.com/FernandoDelRio/status/1435432610860314625?t=MzbsXbnmBqzRLSgWfrKnyg&s...
އަޒްފާ ރަޝީދު
ށ. މާއުނގޫދޫ އައު އިންޖީނުގެއާއި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން 07 ސެޕްޓެމްބަރ 2021 ގައި އެ ކުންފުނިން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ށ. މާއުނގޫދޫގައި އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް އެ ކުންފުނީގެ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. ބިޑްގައި ބައިވެރިވުމަށް […]
އިބްރާހިމް ޚަލީލް
ވޯލްޑްކަޕް ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް ޖީ ގައި ނޯވޭއާއި ގިބްރާލްޓާ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ނޯވޭއިން ކާމިޔާބު ކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗު ނޯވޭ ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ނޯވޭގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގައި ތަރިއަކަށް ވީ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑެވެ. އޭނާ […]
އިބްރާހިމް ޚަލީލް
ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ ފިޔަވަތީގައި ރޭގެ ވަގުތެއްގައި ހިނގި ހާދިސާގައި ކުއްޖަކަށް އަނިޔާ ލިބިފައި ނުވާކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ބުނެފިއެވެ. އެ ސާވިސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ ފިޔަވަތީގައި ރޭގެ ވަގުތެއްގައި ހިނގި ހާދިސާ އެ ސާވިސްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ އެކުދިންގެ ދިރިއުޅުމުގެ މަރުހަލާތަކުގައި...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ކާބަފައިންނަކީ އެ މީހުންގެ ދިރިއުޅުމުގައި ކުރިމަތިވި ކޮންމެ ކަމަކަށް އަމިއްލަ މަސައްކަތުން ހައްލު ހޯދައިގެން، ސާދާ ދިރިއުޅުމެއް އުޅެފައިވާ ބައެކެވެ. އެމީހުންގެ ދިރިއުޅުމުގެ ކޮންމެ ކަމަކުން ފެނިގެން ގޮސްފައިވަނީ މަސައްކަތްތެރި ކަމެވެ. އެއްބައިވަންތަކަމެވެ. އަވައްޓެރިންނާއި އަދި އާއިލީ ގުޅުންތައް ދެމެހެއްޓުމުގައި ވެސް ލާމަސީލު ނަމޫނާ ބައެއްކަމެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާފައިވާނީ އެބައި މީހުންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ދައްކުވައިދީފައިވާ އެއްބައިވަންތަކަމުގެ މައް...
އިބްރާހިމް ޚަލީލް
އުތުރުގެ ސިއްހީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރި މުހިންމު މަސައްކަތްތަކުގެ ނަތީޖާ ށ. އަތޮޅު ހޮސްޕިޓަލުން ފެންނަމުންދާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެ އެވެ. މިގޮތުން ސަރުކާރުގެ ރަސްމީ ޓްވީޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ށ. އަތޮޅު ހޮސްޕިޓަލަކީ މީގެ ކުރިން ކޮންމެ 3 އަހަރަކުން 10 ސަރޖަރީ ހެދޭ ހޮސްޕިޓަލެއްކަމަށާއި ނަމަވެސް، މިއަދު މިވަނީ 3 އަހަރު ތެރޭގައި 100 އަށްވުރެ ގިނަ ސަރޖަރީ ހަދާފައި ކަމަށެވެ. އަދި ސީ.ޓީ.އެސް، ތައިރޮއިޑް ސަރޖަރީ، އަދި ކަރުން މަތީގެ […]
އަޙްމަދު އަރުޝަމް
ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ، މަސައްކަތް ތާވަލާ އެއްގޮތަށް ކުރެވެމުން އަންނަ ކަމަށާއި، މަޝްރޫއުގެ ދަށުން، މިހާރުކުރިއަށް ދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ. މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަ...
އަޙްމަދު ވަހީދު
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރިއަށް ގެންދާ އިންޓަރގްރޭޓެޑް ހިއުމަންރައިޓްސް އެވެއަރނަސް ޕްރޮގްރާމް ކުޅުދުއްފުށީ ސިޓީގައި ފަށައިފި އެވެ. އެޗްއާރުސީއެމް އިން ވިދާޅުވީ، މި އެވެއަރނަސް ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮގްރާމްގައި ކޮމިޝަނުންވަނީ މިއަދު ކުޅުދުއްފުށި ސިޓީކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާ ބައްދަލުކޮށްފައެވެ. ސިޓީކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގައި އި...
އިބްރާހިމް އަސްވާޤް