މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ބައިނަލްއަގުވާމީ

3,703 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 83 ވަނަ ޞަފްޙާ

ރޮއިޓާސްގެ ތަޙްޤީޤަކުން އިޒްރޭލުގެ ދޮގުތަކެއް ހާމަވެއްޖެ

ރޮއިޓާސްގެ ތަޙްޤީޤަކުން އިޒްރޭލުގެ ދޮގުތަކެއް ހާމަވެއްޖެ

ޣާއްޒާ، (26 ސެޕްޓެމްބަރު): ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އުދުވާނުތަކާއި ގުޅިގެން އިޒްރޭލުން އަބަދުވެސް ދޮގުހަދައި، އޮޅުވާލާކަމީ ފެންނަންއޮތް ހާމަކަން ބޮޑު ހަގީގަތެކެވެ. މީގެ އެތައް އަހަރެއް ކުރީން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެ އެބިންތަކަށް ވެރިވެގަންނަމުންދާ ދިޔުމަކީ ވެސް ދޮގުގެ މަތީގައި ކުރަމުންއަންނަ ކަމެކެވެ. ހުޅަނގުގެ މީޑިއާތަކުގެ ބޮޑު ކޮންޓްރޯލެއް އިޒްރޭލަށް އޮންނާތީ އިޒްރޭލުގެ ޖަރީމާތައް ފޮރުވަމުން އައިނަމަވެސް، މިހާރު ވަނީ އިޒްރޭލްގެ ސިއްރުކުރުންތައް އަމިއްލައަތު...

ނާޒިމާ އަލީ
ޣައްޒާގައި ހިންގަމުންދަނީ ނަސްލުނައްތާލުމުގެ ޢަމަލުތަކެއް، އެއީ ޤަބޫލުކުރެވޭނެކަމެއްނޫން: ޖެނިފަރ ލޯރެންސް

ޣައްޒާގައި ހިންގަމުންދަނީ ނަސްލުނައްތާލުމުގެ ޢަމަލުތަކެއް، އެއީ ޤަބޫލުކުރެވޭނެކަމެއްނޫން: ޖެނިފަރ ލޯރެންސް

ޣައްޒާގައި ހިންގަމުންދަނީ ނަސްލުނައްތާލުމުގެ ޢަމަލުތަކެއްކަމަށާއި، އެއީ ޤަބޫލުކުރެވޭނެކަމެއްނޫންކަމުގައި، ބްލޮކްބަސްޓާ އެކްޝަން ފްރެންޗައިޒްތަކާއި މިނިވަން ޑްރާމާތަކުގައި ވެސް ވަރސައިޓިލިޓީ އަށް މަޝްހޫރު އެމެރިކާގެ ކާމިޔާބު ބަތަލާ އަދި ޕްރޮޑިއުސަރ ޖެނިފަރ ލޯރެންސް ބުނެފިއެވެ. ސަން ސެބަސްޓިއަން ފިލްމް ފެސްޓިވަލްގައި އޭނާގެ އައު ފިލްމް “ޑައި، މައި ލަވް” ޕްރޮމޯޓްކުރަމުން، އޮސްކާ ލިބިފައިވާ ތަރި ޖެނިފަރ ލޯރެންސް، ހުކުރު ދުވަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ބުނީ، އެ ހަނގުރާމައަކީ ލަދުވެތިކަމެއްކަމަ...

ނާޒިމާ އަލީ
ފަލަސްޠީނުން ބްރިކްސްގެ ފުރިހަމަ މެމްބަރޝިޕަށް އެދިއްޖެ، ޗައިނާގެ މަރުޙަބާ

ފަލަސްޠީނުން ބްރިކްސްގެ ފުރިހަމަ މެމްބަރޝިޕަށް އެދިއްޖެ، ޗައިނާގެ މަރުޙަބާ

ފަލަސްޠީނުން ބްރިކްސް ޖަމާޢަތުގެ ފުރިހަމަ މެމްބަރޝިޕަށް އެދި ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށް ރަޝިޔާގައި ހުންނަ ފަލަސްޠީނުގެ ސަފީރު އަބްދުލް ހަފީޒް ނޮފަލް ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ. އެ ހުށަހެޅުމަށް އަދި ގޮތެއް ނިންމާފައިނުވިނަމަވެސް ފަލަސްޠީނު މިހާރު ވެސް މެހެމާނެއްގެ ގޮތުގައި އެޖަމާއަތުގައި ބައިވެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިޔާގެ ނިއުސް އެޖެންސީ ”އާރް.އައި.އޭ” އަށް ދެއްވި ބަސްދީގަތުމެއްގައި، ސަފީރު ނޮފަލް ވިދާޅުވީ ފަލަސްޠީނުގެ ފަރާތުން ރަސްމީކޮށް އެޕްލިކޭޝަން ހުށަހަޅާފައިވ...

ނާޒިމާ އަލީ
ރާއްޖެ ހިމެނޭހެން ދުނިޔޭގެ މެސެޖެއް އިސްރާއީލަށް، ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ނުކުމެއްޖެ

ރާއްޖެ ހިމެނޭހެން ދުނިޔޭގެ މެސެޖެއް އިސްރާއީލަށް، ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ނުކުމެއްޖެ

އދ. ގެ އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ތެދުވުމާއެކު، ޣާއްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ހަނގުރާމައާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ގިނަ ޤައުމުތަކެއްގެ މަންދޫބުން މަޖިލިސް ދޫކޮށް މާލަމުން ނުކުމެއްޖެއެވެ. މި ގައުމުތައް މާލަން ދޫކޮށް ނުކުތީ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހަނގުރާމައިގައި އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ނަތަންޔާހޫ، އދ. ގެ މަޖިލީހުގެ ޕޯޑިއަމް ކައިރީ ހުއްޓި ވާހަކަ ދައްކަން ފެށުމުންނެވެ. އޭނާގެ...

ނާޒިމާ އަލީ
ޣައްޒާއަށް އެހީ ގެންދާ އުޅަނދުފަހަރަށް ރައްކާތެރިކަން ކަށަވަރުކޮށްދޭނަން: ގްރީސް

ޣައްޒާއަށް އެހީ ގެންދާ އުޅަނދުފަހަރަށް ރައްކާތެރިކަން ކަށަވަރުކޮށްދޭނަން: ގްރީސް

ޣައްޒާއަށް އިންސާނީ އެހީތެރިކަން ގެންދިޔުމަށް މަސައްކަތްކުރާ އުޅަނދުފަހަރަށް ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެކަމަށް ގްރީސުން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ ގްރީސްގެ ފޮރިން މިނިސްޓަރު ޖިއޮރގޯސް ޖެރަޕެޓްރިޓިސްއެވެ. ބުރާސްފަތި ދުވަހު އޭނާ ވިދާޅުވީ، ގްރީސްގެ ކަނޑުގެ ސަރަހައްދުގައި މިހާރު އޮތް، ޣައްޒާއަށް ދަތުރުކުރާ ބައިނަލްއަގްވާމީ ފްލޮޓިލާގެ ބޯޓުތަކުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެކަމަށެވެ. އަދި މި ފްލޮޓިލާގައި ގްރީސްގެ ރައްޔިތުން ބައިވެރިވެފައިވ...

ނާޒިމާ އަލީ
ޓިކްޓޮކް އެމެރިކާގެ ބާރުގެދަށަށް ގެންދިޔުމުގެ އަމުރެއްގައި ޓްރަމްޕް ސޮއިކޮށްފި

ޓިކްޓޮކް އެމެރިކާގެ ބާރުގެދަށަށް ގެންދިޔުމުގެ އަމުރެއްގައި ޓްރަމްޕް ސޮއިކޮށްފި

ޓިކްޓޮކް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެމެރިކާގެ ވެރިއަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގެ ޝަރުތުތައް ބަޔާންކުރާ އެގްޒެކެޓިވް އޯޑަރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބުރާސްފަތި ދުވަހު ސޮއިކުރައްވައިފިއެވެ. މި އޯޑަރުގެ ދަށުން ޓިކްޓޮކް އޭގެ ޗައިނާގެ މައި ކުންފުނި ބައިޓްޑާންސްއިން ވަކިކޮށް، އެމެރިކާގެ އިންވެސްޓަރުންނާ ހަވާލުކުރެވޭނެއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާގައި ޓިކްޓޮކް ހިންގުން ކުރިއަށް ގެންދިއުމަށް، އޭނާއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. މ...

ނާޒިމާ އަލީ
ތުރުކީން އެމެރިކާއާއިއެކު ނިއުކްލިއަރ އެއްބަސްވުމެއްގައި ސޮއިކޮށްފި

ތުރުކީން އެމެރިކާއާއިއެކު ނިއުކްލިއަރ އެއްބަސްވުމެއްގައި ސޮއިކޮށްފި

ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން މިހާރު އެމެރިކާއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލުކުރެއްވުމަށްފަހު ދެ ޤައުމުގެ ދެމެދުގައި ނިއުކްލިއަރ އެއްބަސްވުމެއްގައި ބުރާސްފަތި ދުވަހު ސޮއިކޮށްފިއެވެ. ތުރުކީން އެމެރިކާއާއެކު ސޮއިކުރި އިސްތިރާޖީ ނިއުކްލިއަރ އެއްބަސްވުމާއި ގުޅޭގޮތުން ތުރުކީގެ އެނަރޖީ މިނިސްޓަރު އަލްޕަރސްލާން ބައިރަކްޓަރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެއީ ނިއުކްލިއަރ ހަކަތައިގެ ދާއިރާގައި ތުރުކީއާއި އެމެރިކާ...

ޔުމްނާ ޢަލީ
ހައްޔަރުކޮށްފާނެކަމުގެ ބިރަށް ނަތަންޔާހޫ ދަތުރުކުރި ފްލައިޓަށް ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރާކަށް ނުކެރުނު

ހައްޔަރުކޮށްފާނެކަމުގެ ބިރަށް ނަތަންޔާހޫ ދަތުރުކުރި ފްލައިޓަށް ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރާކަށް ނުކެރުނު

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރި ދަތުރުގައި ވަރަށް އާދަޔާޚިލާފު މަގެއް ބޭނުންކުރައްވާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. ”ސީއެންއެން” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަތަންޔާހޫ މިގޮތަށް ކަންތައްކުރީ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން އޭނާގެ މައްޗަށް ނެރެފައިވާ ހައްޔަރުކުރުމުގެ އަމުރު ބައެއް ގައުމުތަކުން ތަންފީޒުކޮށްފާނެކަމަށް ބިރުންނެވެ. ނަތަންޔާހޫގެ މި ދަތުރާއި ގުޅޭގޮތުން ”ސީއެންއެން” އިން ޝާޢިއުކޮށްފައިވާ ރިޕޯޓުގައި ބުނީ، ނަތަންޔާހޫ ތެލް އަވީވްއިން ފުރާފައި ވަނީ ބު...

ނާޒިމާ އަލީ
މައިކްރޯސޮފްޓުން އިސްރާއީލުގެ ޑިފެންސް ޔުނިޓަށް ދެމުންދިޔަ ޚިދުމަތްތަކެއް ހުއްޓާލައިފި

މައިކްރޯސޮފްޓުން އިސްރާއީލުގެ ޑިފެންސް ޔުނިޓަށް ދެމުންދިޔަ ޚިދުމަތްތަކެއް ހުއްޓާލައިފި

އިސްރާއީލްގެ ދިފާޢީ ވުޒާރާ، އިސްރާއީލްގެ މިނިސްޓްރީ އޮފް ޑިފެންސް (އައިއެމްއޯޑީ) ގެ ޔުނިޓަކުން ބޭނުންކުރަމުންދިޔަ ކްލައުޑް އަދި އޭ.އައި ޚިދުމަތްތަކެއް ހުއްޓާލާފައިވާ ބުރާސްފަތި ދުވަހު މައިކްރޮސޮފްޓުން ބުނެފިއެވެ. މައިކްރޯސޮފްޓުން މި ނިންމުން ނިންމާފައި ވަނީ ޣައްޒާ އަދި ވެސްޓް ބޭންކްގައި ސަރވައިލަންސް ސިސްޓަމެއް ބޭނުންކުރާކަމަށް މީޑިއާ ރިޕޯޓުތައް ބުނާ މައުލޫމާތުތަކަށް ތާއީދުކުރާ ހެކިތަކެއް އެ ކުންފުނިން ހިންގި އެތެރޭގެ ތަޙްޤީޤަކުން ފެނުމާއި ގުޅިގެންނެވެ. މައިކްރޮސޮފްޓްގެ ރައީސް ބްރެޑް ސްމިތް ވިދާ...

ނާޒިމާ އަލީ
ޣައްޒާއަށް އެހީ ގެންދާ އުޅަނދުފަހަރަށް ރައްކާތެރިކަން ދިނުމަށް އިޓަލީން އިތުރު މަނަވަރެއް ފޮނުވަނީ

ޣައްޒާއަށް އެހީ ގެންދާ އުޅަނދުފަހަރަށް ރައްކާތެރިކަން ދިނުމަށް އިޓަލީން އިތުރު މަނަވަރެއް ފޮނުވަނީ

ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދާ އުޅަނދުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިޓަލީވިލާތުން އެޤައުމުގެ ނޭވީގެ އިތުރު މަނަވަރެއް ފޮނުވާނެކަމަށް ބުރާސްފަތި ދުވަހު ބުނެފިއެވެ. އިޓަލީގެ ދިފާޢީ ވަޒީރު ގުއިޑޯ ކްރޮސެޓޯ ވިދާޅުވީ، ޣައްޒާއަށް އެހީއާއި އެކްޓިވިސްޓުން އުފުލާ ގްލޯބަލް ސުމޫދު ފްލޮޓިލާއަށް ރައްކާތެރިކަން ދިނުމަށް އިޓަލީވިލާތުން ދެވަނަ އަސްކަރީ މަނަވަރެއް ފޮނުވާނެކަމަށް ވިދާޅުވެފައެވެ. އިއްޔެ އިޓަލީއާއި ސްޕެއިނުން ވެސް ބުނެފައި ވަނީ ބައިނަލްއަޤްވާމީ ކަނޑުތަކުގައި ޑްރޯން...

ނާޒިމާ އަލީ
ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ލަންކާގެ ރައީސް ގޮވާލައްވައިފި

ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ލަންކާގެ ރައީސް ގޮވާލައްވައިފި

ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސަނާޔަކަ، ބުރާސްފަތި ދުވަހު ގޮވާލައްވައިފިއެވެ. އދ.ގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ލަންކާގެ ރައީސް ވަނީ، ހަނގުރާމައިގެ ބޭކާރުކަމާއި، އޭގެ ހިތިކަން އެމަނިކުފާނުގެ ޤައުމަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސް އަނޫރާ ކުމާރާ ދިސަނާޔަކަ ދުނިޔ...

ނާޒިމާ އަލީ
ޣައްޒާއަށް އެހީ ހިފައިގެންދާ އުޅަނދުތަކަށް ރައްކާތެރިކަން ދިނުމަށް ސްޕޭނުން ވެސް މަނަވަރެއް ފޮނުވަނީ

ޣައްޒާއަށް އެހީ ހިފައިގެންދާ އުޅަނދުތަކަށް ރައްކާތެރިކަން ދިނުމަށް ސްޕޭނުން ވެސް މަނަވަރެއް ފޮނުވަނީ

ގްރީސް ކައިރިން ޑްރޯން ހަމަލާތަކެއް އަމާޒުވެފައިވާ ޣައްޒާއަށް އެހީގެ ސާމާނު ގެންދާ ބައިނަލްއަޤްވާމީ ޖީ.އެސް.އެފް (ގްލޯބަލް ސުމޫދު ފްލޮޓިލާ)ގެ އުޅަނދުތަކަށް ރައްކާތެރިކަން ދިނުމަށްޓަކައި އިޓަލީއާ ގުޅިގެން މަސައްކަތްކުރުމަށް ސްޕޭނުން ވެސް ހަނގުރާމަވެރި މަނަވަރެއް ފޮނުވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ބުދަދުވަހު ވިދާޅުވެއްޖެއެވެ. ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ “ގްލޯބަލް ސުމޫދު ފްލޮޓިލާ” ގެ ބޯޓުފަަހަރަށް ހަމަލާދީފައިވަނީ ގްރީސްގެ ބައިނަލްއަޤްވާމީ ކަނޑުގެ...

ނާޒިމާ އަލީ
ޣައްޒާއަށް އެހީ ހިފައިގެންދާ އުޅަނދުތަކަށް ހަމަލާދޭތީ ރައްކާތެރިކަން ދޭން އިޓަލީން މަނަވަރެއް ފޮނުވައިފި

ޣައްޒާއަށް އެހީ ހިފައިގެންދާ އުޅަނދުތަކަށް ހަމަލާދޭތީ ރައްކާތެރިކަން ދޭން އިޓަލީން މަނަވަރެއް ފޮނުވައިފި

ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދާ ބޯޓުފަހަރަކަށް އިސްރާއީލުން ޑްރޯން ހަމަލާއެއް ދިނުމާއި ގުޅިގެން، އެ ބޯޓުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިޓަލީވިލާތުން އެޤައުމުގެ ނޭވީގެ މަނަވަރެއް ފޮނުވައިފިއެވެ. ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ “ގްލޯބަލް ސުމޫދު ފްލޮޓިލާ” ގެ ބޯޓުފަަހަރަށް ހަމަލާދީފައިވަނީ ގްރީސްގެ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ރޭގަނޑެއްގެ ވަގުތެއްގައެވެ. “ގްލޯބަލް ސުމޫދު ފްލޮޓިލާ” ގެ ނަމުގައި އޮޕަރޭޓްކުރާ މި ބޯޓުފަހަރުގައި 50 އަށް...

ނާޒިމާ އަލީ
ޣައްޒާ ހަނގުރާމައަކީ އިންސާނިއްޔަތަށް ކުރިމަތިވި އަނދިރިކަމެއް: އުރްދުޣާން

ޣައްޒާ ހަނގުރާމައަކީ އިންސާނިއްޔަތަށް ކުރިމަތިވި އަނދިރިކަމެއް: އުރްދުޣާން

ޣައްޒާ އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ އިންސާނިއްޔަތުކަމުގެ އެންމެ އަނދިރި ދުވަސްވަރުތަކުގެ ތެރެއިން އެއް ދުވަސްވަރު ކަމުގައި ތުރުކީގެ ރައީސް ރެޖެޕް ޠައްޔިބް އަރްދޫޣާން ވިދާޅުވެއްޖެއެވެ. އަންގާރަ ދުވަހު، އދ. ގެ އާންމު މަޖިލީހުގައި ދެއްކެވި ވާހަކަފުޅެއްގައި ރައީސް އަރްދޫޣާން ވަނީ ޣައްޒާގައި ހިނގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް ގޮވާލައްވާފައެވެ. ރައީސް އަރްދޫޣާން ފާހަގަކުރެއްވި ގޮތުގައި، ފަލަސްޠީނު އޮތޯރިޓީ އާއި ފަލަސްޠީނު ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ އިސްވެރިންނަށް، އޭގެ ތެރޭ...

ނާޒިމާ އަލީ
އިންޑޮނޭޝިއާއިން އިސްތިޢުމާރުގެ ވޭންދަންނަން، މިނިވަން ފަލަސްތީނެއް އޮންނަންޖެހޭނެ: ރައީސް ޕްރަބޯވޯ 

އިންޑޮނޭޝިއާއިން އިސްތިޢުމާރުގެ ވޭންދަންނަން، މިނިވަން ފަލަސްތީނެއް އޮންނަންޖެހޭނެ: ރައީސް ޕްރަބޯވޯ 

އިންޑޮނޭޝިއާއިން އިސްތިޢުމާރުގެ ވޭންދަންނަކަމަށާއި، މިނިވަން ފަލަސްތީނެއް އޮންނަންޖެހޭނެކަމަށް އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންތޯ ވިދާޅުވެއްޖެއެވެ. އދ.ގެ އާންމު މަޖިލީހުގައި ބުރާސްފަތި ދުވަހު ތަގްރީރުކުރަށްވައިމުން ރައީސް ޕްރަބޯވޯ ވަނީ ޣައްޒާ ނުވަތަ ސުލްޙަ ބޭނުންވާ ކޮންމެ ތަނަކަށް 20،000 ސުލްޙަ ބަލަހައްޓާ ސިފައިން ފޮނުވުމަށް އިންޑޮނޭޝިއާ ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ. އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޕްރަބޯވޯ އަލިއަޅުވާލެއްވީ އިންޑޮނޭޝިއާގެ ތާރީޚާ...

ނާޒިމާ އަލީ