އިންޑޮނޭޝިއާއިން އިސްތިޢުމާރުގެ ވޭންދަންނަކަމަށާއި، މިނިވަން ފަލަސްތީނެއް އޮންނަންޖެހޭނެކަމަށް އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންތޯ ވިދާޅުވެއްޖެއެވެ. އދ.ގެ އާންމު މަޖިލީހުގައި ބުރާސްފަތި ދުވަހު ތަގްރީރުކުރަށްވައިމުން ރައީސް ޕްރަބޯވޯ ވަނީ ޣައްޒާ ނުވަތަ ސުލްޙަ ބޭނުންވާ ކޮންމެ ތަނަކަށް 20،000 ސުލްޙަ ބަލަހައްޓާ ސިފައިން ފޮނުވުމަށް އިންޑޮނޭޝިއާ ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ. އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޕްރަބޯވޯ އަލިއަޅުވާލެއްވީ އިންޑޮނޭޝިއާގެ ތާރީޚާ...
ނާޒިމާ އަލީ
1986 އިން ފެށިގެން އެފްރިކާގެ ޔުގެންޑާގައި ދިގު މުއްދަތަކަށް ވެރިކަން ކުރައްވަމުން އަންނަ ރައީސް ޔޮވެރީ މުސެވެނީ (81 އަހަރު)، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވައިފިއެވެ. ރައީސް މުސެވެނީ ވަނީ، އޭނާގެ ތަސައްވުރަށް ތާއީދުކުރުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. ވެރިކަންކުރާ ޕާޓީ ކަމުގައިވާ ނެޝަނަލް ރެސިސްޓަންސް މޫވްމަންޓް (އެންއާރްއެމް) އިން ވަނީ ޖޫން މަހު އޭނާ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރަސްމީކޮށް ހަމަޖަ...
އިބްރާހިމް އަސްވާޤް
ފަލަސްތީނުގެ ޣައްޒާގެ ހާލަތާ ގުޅިގެން، ހޯމަ ދުވަހު އިޓަލީގައި ކުރިއަށްދިޔަ އާންމު އެއްވުންތަކުގެ ސަބަބުން އެ ޤައުމުގެ ދަތުރުފަތުރާއި، ތަޢުލީމީ ދާއިރާއާއި، އަދި އާންމު ޚިދުމަތްތަކަށް ބޮޑެތި އަސަރުތަކެއް ކޮށްފިއެވެ. މިކަން އެންސާ ނިއުސް އޭޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ. މި ހުއްޓުމުގައި އިޓަލީގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ މަސައްކަތް ހުއްޓާލާފައެވެ. މިއީ ޣައްޒާގެ ހާލަތާ ގުޅިގެން އާންމު ރައްޔިތުންގެ ޔޫނިއަންތަކުން ގޮވާލި ގޮވާލުމަކަށް އިޖާބަދިނުމުގެ ގޮތުން ކުރި ކަމެކެވެ. ޖެ...
ނާޒިމާ އަލީ
ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބައެއް ހުޅަނގުގެ ޤައުމުތަކުން ބަލައިގަތުމުގެ ކުރިން ފަލަސްތީނުގެ ދިދަ ތިރިކުރުމަށް ސަރުކާރުން އަންގާފައިވަނިކޮށް، އެ އެންގުމާ ޚިލާފަށް ފްރާންސްގެ ގިނަ މޭޔަރުންތަކެއް ފަލަސްތީނުގެ ދިދަ ނަގައިފިއެވެ. ފްރާންސްގެ އެތެރޭގެ ކަންކަމާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ކަނާތްފަރާތުގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ އެތެރޭގެ ކަންކަމާބެހޭ ވަޒީރު ބްރޫނޯ ރެޓައިލޯ މުނިސިޕަލް ސަރުކާރުތަކަށް “ވަކިފަރާތަކަށް ނުޖެހުމަށް” އަންގާފައިވަނިކޮށް، 21 ސިޓީއެއްގެ މުނިސިޕަލް އޮފީހުގައި ފ...
ނާޒިމާ އަލީ
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން، މިއަދު އދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން، ފަލަސްޠީނު ދައުލަތް ފްރާންސްއިން ރަސްމީކޮށް ޤަބޫލުކުރާ ކަމަށް އިޢުލާނު ކުރައްވައިފިއެވެ. މި ނިންމުމަކީ ފަލަސްޠީނު-އިސްރާއީލު މައްސަލައަށް ދެ ދައުލަތުގެ ޙައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެކެވެ. އދ.ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މެކްރޯން ވަނީ ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމަ އާއި ނުރައްކާތެރި ޙާލަތަށް އަލިއަޅުވައިލައްވައި، ސުލްޙަ ގާއިމުކުރުމުގެ މުހިންމުކަން...
ނާޒިމާ އަލީ
ޕޯޗުގަލުން ވެސް ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފިއެވެ. މިކަން އިއުލާނު ކުރީ އެ ގައުމުގެ ޚާރިޖީ ވަޒީރު ޕައުލޯ ރަންގެލް އާދީއްތަ ދުވަހުއެވެ. ނިއު ޔޯކުގައި ހުންނަ އދ. އަށް ޕޯޗުގަލްގެ ދާއިމީ މިޝަންގެ މަރުކަޒުގައި ނޫސްވެރިންނާ މުޚާޠަބުކުރައްވަމުން ރަންގެލް ވިދާޅުވީ ފަލަސްޠީނު ދައުލަތް ގަބޫލުކުރުމަކީ ޕޯޗުގަލްގެ ޚާރިޖީ ސިޔާސަތުގެ އަސާސީ، ދެމެހެއްޓެނިވި އަދި މުހިންމު ސިޔާސަތެއް ތަންފީޒުކުރުން ކަމަށެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ރަންގެލް ވިދާޅުވީ ދެމެހެއްޓެނިވި އަދި ޢަދުލުވެރި ސުލްޙައަ...
ނާޒިމާ އަލީ
އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ އަދި ކެނެޑާގެ ސަރުކާރުތަކުން، އެމެރިކާ އަދި އިސްރާއީލުގެ ހަރުކަށި އިންޒާރުތަކާ އެކުވެސް، ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައިވާކަން އާދީއްތަ ދުވަހު ޢިއުލާންކޮށްފިއެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރު ސްޓާމަރ އާދީއްތަ ދުވަހު މި ނިންމުން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، މި ފިޔަވަޅަކީ ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއީލުގެ ރައްޔިތުންނަށް އަލުން އުއްމީދު އާކޮށްދިނުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. “އަޅުގަނޑުމެން ގޮވާލަނީ ޙަޤީޤީ ދެ ދައުލަތުގެ ޙައ...
ނާޒިމާ އަލީ
ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނަން އޮސްޓްރޭލިޔާއިން ނިންމި ނިންމުމާ ގުޅިގެން، އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މަޖިލިސް މެމްބަރުންގެ ގްރޫޕަކުން އެކަމާ ދެކޮޅަށް އޮސްޓްރޭލިޔާ އަށް ވަރުގަދަ އިންޒާރުތަކެއް ދީފައެވެ. އެމެރިކާގެ ކޮންގްރެސްގެ 25 މެމްބަރުން ސޮއިކޮށްފައިވާ ސިޓީއެއްގައި، އޮސްޓްރޭލިޔާ، ފްރާންސް، ކެނެޑާ އަދި އިނގިރޭސިވިލާތަށް އަމާޒުކޮށް ބުނެފައިވަނީ، ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުމަކީ ހަމާސް ބާރުވެރިކުރުވައި، އިސްރާއީލުގެ ސަލާމަތަށް ނުރައްކާވެ، ސުލްހަވެރި ޙައްލެއް ހޯދުމުގެ މަގު...
ނާޒިމާ އަލީ
އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް އަދި އިނގިރޭސިވިލާތާއެކު، ޕޯޗުގަލުން ވެސް ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމައިފިއެވެ. ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި، ޕޯޗުގަލްގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ މި ބަލައިގަތުން އޮންނާނީ އާދީއްތަ ދުވަހު ކަމަށެވެ. އެއީ އދ. ގެ ޢާންމު މަޖިލީހުގައި ފަލަސްޠީނު ދައުލަތަކަށް ހެދުމާ ގުޅޭ މަތީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވުމުގެ ކުރީ ދުވަހެވެ. “ފަލަސްޠީނު ދައުލަތް ޕޯޗުގަލުން ބަލައިގަންނާނެކަން ޚާރިޖީ ވުޒާރާއިން ކަށަވަރުކުރަން، ރަސްމީކޮށް ބަލައިގަތުން އ...
ނާޒިމާ އަލީ
ބައިނަލްއަޤްވާމީ ޢަދުލު އިންސާފުގެ ކޯޓު (އައި.ސީ.ޖޭ) ގައި ދެކުނު އެފްރިކާ އިން އިސްރާއީލާ ދެކޮޅަށް ޣައްޒާ ސަރަޙައްދުގައި ޖެނޮސައިޑް ކޮންވެންޝަންގެ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އުފުލާފައިވާ މައްސަލައިގައި، ބްރެޒިލް އިން ރަސްމީކޮށް ތަދައްޚުލުވުމުގެ އިޢުލާނެއް (އިންޓަވެންޝަން) ހުށަހަޅާފައިވާ ކަމަށް ހުކުރު ދުވަހު ކޯޓުން އިޢުލާނުކޮށްފިއެވެ. މިކަމުގެ ސަބަބުން، ޣައްޒާގެ މައްސަލައަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން އިތުރުވެ، ޤާނޫނީ ގޮތުން އިތުރު ބާރެއް ލިބިގެންދާނެއެވެ. އައި.ސީ....
ނާޒިމާ އަލީ
ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރުމަށް އެގައުމުގެ އާންމު ރައްޔިތުންގެ ތާއީދު އިތުރުވަމުންދާކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ހޯދުންތަކާއި ތަފާސްހިސާބުގެ ކުންފުންޏެއް ކަމަށްވާ ޔޫގޮވްއިން ކުރި ދިރާސާއަކުން ދައްކައިފިއެވެ. މިކަމާ ދެކޮޅަށް ތިބި މީހުންގެ އަދަދަށްވުރެ މިކަމަށް ތާއީދުކުރާ މީހުންގެ އަދަދު މަތިވެފައިވާކަން މި ދިރާސާއިން ވަނީ ދައްކާފައެވެ. ޔޫގޮވްއިން 17-18 ސެޕްޓެމްބަރުގައި އިނގިރޭސިވިލާތުގެ 2،077 ބޮޑެތި މީހުންގެ މެދުގައި ކުރި މި ދިރާސާއިން ދައްކާގޮތުގައި، އިނގިރޭސި ސަރުކާރުން ފަލ...
ނާޒިމާ އަލީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމަނިކުފާނާ ދެކޮޅަށް ޚަބަރު ގެނެސްދޭ ޓެލެވިޜަން ނެޓްވޯކްތަކަށް ފާޅުގައި އިންޒާރު ދެއްވައިފިއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، އެ ނެޓްވޯކްތައް ތިބީ އެމަނިކުފާނާ ދެކޮޅަށް ކަމަށާއި، އެމީހުންގެ ބްރޯޑްކާސްޓިންގ ލައިސަންސްތައް ބާތިލުކުރަންޖެހިދާނެ ކަމަށެވެ. އެމެރިކާގެ ރައީސް ޓްރަމްޕް މިފަދައިން ވިދާޅުވެފައިވަނީ، ކޮންސަވޭޓިވް އެކްޓިވިސްޓް ޗާލީ ކާކްގެ މަރާ ގުޅޭގޮތުން ކޮމީޑިއަން ޖިމީ ކިމަލް ދެއްކި ވާހަކަތަކަކާ ގުޅިގެން އޭބީސީ ނެޓްވޯކުން އޭނާ ސަސްޕެންޑްކުރުމަށްފަހުގ...
ނާޒިމާ އަލީ
ފަލަސްތީނުގެ ޣައްޒާގައި އަނިޔާވެރި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ގަތުލްއާންމު ވަގުތުން ހުއްޓާލުމަށް ގޮވާލާ ހުށަހެޅުނު ޤަރާރު އެމެރިކާއިން ވީޓޯކޮށް މިފަހަރުވެސް ފެއިލްކޮށްލައިފިއެވެ. އދ. ގެ ސެކިއުރިޓީ ކައުންސިލްގެ 10،000 ވަނަ ޖަލްސާގައި މި ޤަރާރު ވީޓޯކުރީ ޣައްޒާގައި ބަނޑުހައިހޫނުކަން ފެތުރެމުންދާ ދަނޑިވަޅެއްގައި އަދި އިސްރާއީލުން ޣައްޒާ ސިޓީ އެކީ ކޮންޓްރޯލްކުރުމަށް ހިންގަމުންދާ ހަނގުރާމައިގެ ތެރޭގައެވެ. މިއަދު ވޯޓަށް އެހި ގަރާރަކީ ޣައްޒާގެ މައްސަލައިގައި މިދިޔަ ޖޫންމަހާއި މިދިޔައަހަރުގެ ނޮ...
އަލީ އާދިލް
ސައޫދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް، ދެ ގައުމުގެ ދެމެދުގައި މުހިންމު ދިފާއީ އެއްބަސްވުމެއްގައި ބުދަ ދުވަހު ސޮއިކޮށްފިއެވެ. ސައޫދީ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، ސައޫދީގެ ވެރިރަށް ރިޔާދުގެ އަލް-ޔަމާމާ ގަނޑުވަރުގައި، ދެ ގައުމުގެ ދެމެދު ސޮއިކުރި މި އެއްބަސްވުމުގެ މަޤްޞަދަކީ ދެ ޤައުމުގެ މެދުގައި ދިފާއީ އެއްބާރުލުން އިތުރުކޮށް، އެ ދެ ގައުމުންކުރެ ގައުމަކަށް އެއްވެސް އަދާވާތްތެރިކަމެއް ކުރިމަތިވެއްޖެނަމަ،...
ނާޒިމާ އަލީ
އުތުރު ކޮރެއާގެ ވެރިޔާ ކިމް ޖޮންގް އުން ހުޅަނގުގެ ބަސްތަކެއްކަމަށް ވިދާޅުވެ، އެ ޤައުމުގައި އައިސްކްރީމް އަދި ހެމްބާގަރ ފަދަ ބަސްތައް ބޭނުންކުރުން މަނާކުރައްވާފައިވާކަމަށް ބައިނަލްއަޤްވާމީ ބައެއް ރިޕޯޓުތައް ބުނެފިއެވެ. މިގޮތުން އުތުރު ކޮރެއާގެ ވެރިޔާ ކިމް ޖޮންގް އުން ވަނީ ބޭރުގެ ސަގާފަތުގެ ނުފޫޒު ކުޑަކުރުމަށްޓަކައި ބައެއް ބަސްތައް ބޭނުންކުރުން މަނާކުރައްވާފައިކަމަށް ބައެއް މީޑިއާ ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ. އެއިގެ ތެރޭގައ އައިސްކްރީމް އަދި ހެމްބާގަރ ފަދަ ބަސްތައް ބޭނުންކުރުން ވަނީ މަނާކުރައްވ...
ނާޒިމާ އަލީ