ބައިނަލްއަގުވާމީ
ބައިނަލްއަގުވާމީ ޑެސްކުގެ އިސް ޚަބަރުތައް
މެޖޯރިޓީ ގެއްލި ނަތަންޔާހޫ ހާލުގައި، އިދިކޮޅަށް ވެސް ސަރުކާރެއް އެކުލަވައިނުލެވުނު
އިސްރާއީލުގައި ބޭއްވި އާންމު އިންތިޚާބުގައި ބޮޑުވަޒީރު ނަތަންޔާހޫއަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލި، އިދިކޮޅަށް ވެސް ސަރުކާރެއް އެކުލަވައިނުލެވި އެ ގައުމު ސިޔާސީ ބޮޑު ތާށިކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.
ޕެރަގުއޭގެ 60 ޕަސެންޓް މީހުންގެ ސޭވިންގްސް ހުރި ބޭންކު ބަނގުރޫޓުވެ، ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް!
ޕެރަގުއޭގެ އާބާދީގެ ބޮޑު ބައެއް ބޭނުންކުރަމުން އައި ޔުއެނޯ ބޭންކް ބަނގުރޫޓުވުމާ ގުޅިގެން، އެ ޤައުމުގެ ރައީސް ސެންޓިއާގޯ ޕެންޔާ މަގާމުން ވަކިކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް އިދިކޮޅު ފަރާތްތަކުން ތައްޔާރުވެއްޖެއެވެ.
އިތުރު ލިޔުންތައް
4 މިނިޓު
ޖައްބާރު ދެވެރިންނަށް ބޮޑު ފިލާވަޅެއް، އިންތިޚާބުތަކުން ބޮޑު ނާކާމިޔާބީއެއް
އެކަކު އަނެކަކަށް ސިޔާސީ ތާއީދު ހޯދައިދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ކުރެއްވި މަސައްކަތް ފެއިލްވެ، ދެ ގައުމުގެ އިންތިޚާބުތަކުން ދެ ލީޑަރުންނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
1 މިނިޓު
ވޯޓުން ބަލިވީ އަހަރެންގެ ނަން ވޯޓު ކަރުދާހުގައި ނެތުމުން، ޓްރަމްޕް ކުށްވެރިކުރީ ކެންޑިޑޭޓުން
އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީ ބަލިވުމުގެ ޒިންމާ ނެންގެވުމަށް ރައީސް ޓްރަމްޕް ދެކޮޅު ހައްދަވައި، އެކަން ކެންޑިޑޭޓުންގެ ބޮލުގައި އަޅުވައިފިއެވެ. އޭނާ ވިދާޅުވީ ނާކާމިޔާބުވީ ވޯޓު ކަރުދާހުގައި އޭނާގެ ނަން ނެތުމުން ކަމަށެވެ.
1 މިނިޓު
ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރި އަބީރް ނިއުޔޯކްގެ ސެނެޓް ގޮނޑި ކާމިޔާބުކޮށް ތާރީޚުގެ ތެރެއަށް
އެމެރިކާގެ ނިއުޔޯކް ސްޓޭޓް ސެނެޓުގެ ގޮނޑި ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރައްވައި، އަބީރް ޤަވާސް ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފިއެވެ. އޭނާ ވެގެން ގޮސްފައިވަނީ އެ ސްޓޭޓްގެ މަޖިލީހަށް އިންތިޚާބުވި ފުރަތަމަ ފަލަސްތީން-އެމެރިކާ ބުރުގާ އެޅި މެންބަރަށެވެ.
1 މިނިޓު
އިންތިޚާބުން ޓްރަމްޕްގެ ޕާޓީ ބަލިވީ ޣައްޒާގެ ޖަރީމާތަކާއި އީރާން ހަނގުރާމައާ ހެދި: އީރާން
އެމެރިކާގެ މަޖިލިސް އިންތިޚާބުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަކީ ޣައްޒާގެ ޖަރީމާތަކަށް ވާގިވެރިވުމާއި އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ނަތީޖާ ކަމަށް އީރާނުން ބުނެފިއެވެ.
1 މިނިޓު
ޓްރަމްޕްގެ އެންޓި ކެމްޕޭން ނާކާމިޔާބުވެ އެމެރިކާގެ ސެނެޓަށް ފުރަތަމަ ފަހަރަށް މުސްލިމަކު އިންތިޚާބުވެއްޖެ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރިޕަބްލިކަން ޕާޓީގެ ފާޑުކިޔުންތަކާ ކުރިމަތިލައްވައި، ސެނެޓަށް ފުރަތަމަ ފަހަރަށް މުސްލިމް ބޭފުޅެއްގެ ގޮތުގައި ޢަބްދުލް އެލް-ސައްޔިދު އިންތިޚާބުވެވަޑައިގެންފިއެވެ.
1 މިނިޓު
ފްރާންސްގެ ޤައުމީ ބްލަޑް ބޭންކަށް ނުރައްކާތެރި ސައިބަާ ހަމަލާއެއް، ފްރީޒަރުތަކުގެ ފިނިހޫނުމިން 110 ޑިގްރީއަށް
ފްރާންސްގެ ޤައުމީ ލޭ ރައްކާކުރާ އިދާރާގެ ފްރީޒަރުތަކަށް ސައިބާ ހަމަލާއެއްދީ، ފިނިހޫނުމިން 110 ޑިގްރީ ސެލްސިއަސް އަށް މަތިކޮށްލި ނަމަވެސް ވަގުތުން އެޅި ފިޔަވަޅުތަކުން ގެއްލުމަކާ ނުލައި ސަލާމަތްވެއްޖެއެވެ.
1 މިނިޓު
ކަނޑުފޭރޭ މީހުން ހައިޖެކްކުރި އީރާނުގެ ބޯޓެއް އިންޑިއާގެ އަސްކަރިއްޔާއިން ކާމިޔާބުކަމާއެކު ސަލާމަތްކޮށްފި
ސޮމާލިއާގެ ކަނޑުފޭރޭ މީހުން ހައިޖެކްކުރި އީރާނުގެ މަސްވެރިކަން ކުރާ ބޯޓެއް އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކާމިޔާބުކަމާއެކު ސަލާމަތްކޮށްފިއެވެ. މި އޮޕަރޭޝަންގައި އެ ބޯޓުގައި ތިބި 20 ފަޅުވެރިން ސަލާމަތްކުރެވުނީ އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
1 މިނިޓު
އަހަރެން އަވަހާރަކޮށްލިޔަސް ވަރިހަމަ، ދުޝްމަނުންނަށް ކުރެވޭނެ ކަމެއް ނެތް: އީރާނުގެ ރައީސް
ރައްޔިތުން ސަރުކާރާއެކު ސާބިތުވެ ތިބިހައި ހިނދަކު، އޭނާ ނުވަތަ އޭނާ ފަދަ އެތައް ހާސް ބަޔަކު އަވަހާރަކޮށްލި ކަމުގައި ވިޔަސް ދުޝްމަނުންނަށް އެއްވެސް ކަމެއް ހާސިލުނުކުރެވޭނެ ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.
ބޯޅަ އޮތީ އެމެރިކާ ކޮޅުގައި، ޑިޕްލޮމަސީއަށާއި ހަނގުރާމައަށް ވެސް އަހަރެމެން ތައްޔާރު: އީރާން
އީރާނުން އޮތީ ޑިޕްލޮމަސީއަށާއި އަސްކަރީ ކުރިމަތިލުމަކަށް ވެސް ފުރިހަމައަށް ތައްޔާރަށް ކަމަށާއި، ހަނގުރާމަ ހުއްޓުވުމާމެދު ގޮތެއް ނިންމުން މިހާރު އޮތީ އެމެރިކާގެ އަތްމަތީގައި ކަމަށް އެ ގައުމުގެ މަޖިލިސް ރައީސް ވިދާޅުވެއްޖެއެވެ.
1 މިނިޓު
އިސްރާއީލް އަތުގައި ފައިސާ އެބަހުރި، އެމީހުންނަށް ދޭ 4 ބިލިއަން ޑޮލަރު ކަނޑާލާނަން: ޓްރަމްޕް
އިސްރާއީލް އަތުގައި ފައިސާ އެބަހުރި ކަމަށާއި، އެހެންކަމުން މިއަހަރު ނިމުމާއެކު އެމެރިކާއިން އެ ގައުމަށް ދޭ 4 ބިލިއަން ޑޮލަރުގެ އެހީ ކަނޑާލުމަށް އެއްބަސްވެފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
1 މިނިޓު
ނިއުކްލިއާ ހަމަލާއަކުން ރައްކާތެރިވާނެ ގޮތުގެ އިރުޝާދުތައް އީރާނުން އާންމުކޮށްފި
ނިއުކްލިއާ ހަމަލާއެއް ކުރިމަތިވެދާނެ ހާލަތަކަށް ރައްޔިތުން ހޭލުންތެރިވެ ތައްޔާރުވެ ތިބުމުގެ ގޮތުން، ފުރާނަ ސަލާމަތްކުރާނެ މުހިންމު ފިޔަވަޅުތަކެއް ހިމެނޭ އިރުޝާދީ ވީޑިއޯއެއް އީރާނުގެ ދައުލަތުގެ މީޑިއާތަކުން އާންމުކޮށްފިއެވެ.
1 މިނިޓު
"އަހަރެމެން ބޮޑުވީ މި ތާރީޚީ މިސްކިތުގެ ވަށައިގެން، މިހާރު މިވަނީ މަޖުބޫރުން ނެރެލާފައި"
އިންޑިއާގެ ދިއްލީގެ މުއްސަނދި އަދި ސަލާމަތީ ސަރަހައްދެއްގައި ހުރި ތާރީޚީ މިސްކިތެއްގެ ވަށައިގެން އެތައް ޖީލެއް ވަންދެން ދިރިއުޅުނު އެތައް ސަތޭކަ އާއިލާއެއް މަޖުބޫރުން ނެރެ، ސިޓީގެ ދުރު ހިސާބަކަށް ބަދަލުކޮށްފިއެވެ.