ބޮގޮޓާ، 1 އޮކްޓޯބަރު 2025: ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިލާ (ޖީއެސްއެފް)އަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވުމެއް ކަމަށާއި، އެއީ އިންސާނިއްޔަތާ ޚިލާފު ބޮޑު ކުށެއްކަމަށް ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ ވިދާޅުވެއްޖެއެވެ. މިކަން އޭނާ ހާމަކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ ވަނީ، ޣައްޒާ ސުމޫދު ފްލޮޓިލާގައި ހަރަކާތްތެރިވާ ސަތޭ...
ނާޒިމާ އަލީ
ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިލާ (ޖީއެސްއެފް) އާ ކައިރިވި ގޮތް ނޭނގޭ އުޅަނދުތައް މިހާރު ވަނީ އެ ސަރަހައްދުން ދުރުވެފައިވާ ކަމަށް ފްލޮޓިލާ އިންތިޒާމުކުރާ ފަރާތްތަކުން ބުނެފިއެވެ. މި އުޅަނދުތައް ދުރުވެފައިވަނީ ފްލޮޓިލާގައި ހިމެނޭ އެތައް އުޅަނދުފަހަރަކާ ގާތްވެ، އޭގެ ތެރެއިން ބައެއް އުޅަނދުތަކުގެ ބައްތިތައް ނިއްވާލާފައިވާ ހާލަތެއްގައެވެ. ފްލޮޓިލާ އިންތިޒާމުކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގިނަ އަދަދެއްގ...
ނާޒިމާ އަލީ
ޣައްޒާއަށް އިންސާނީ އެހީތެރިކަން ގެންދިޔުމަށް ދަތުރުކުރަމުންދާ ޖީ.އެސް.އެފް (ގްލޯބަލް ސުމޫދު ފްލޮޓިލާ) އިސްރާއީލުން ކުރިން އިންސާނީ އެހީ ގެންދާ އުޅަނދުފަހަރު ހުއްޓުވާފައިވާ ސަރަޙައްދަކާ ކައިރިވެފައިވާއިރު، އެ އުޅަނދުތައް ހުއްޓުވުމަށް އިސްރާއީލުން ތައްޔާރުވެފައިވާކަމަށް އެ ގައުމުގެ މީޑިއާއިން ބުނެފިއެވެ. އިސްރާއީލުގެ ސަރުކާރުގެ ބްރޯޑްކާސްޓަރު ”ކަން އިން” ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުން ވަނީ “ގްލޯބަލް ސުމޫދު ފްލޮޓިލާ” އަށް ހުއްޓުވުމަށް ރޭވުންތަކެއް ރާވާފައެވެ. އަދި މި މަސައްކަތުގައި އިސްރ...
ނާޒިމާ އަލީ
ފަލަސްތީނުގެ ޣައްޒާ ސިޓީއަށް އިސްރާއީލުން އަޅާފައިވާ ނާޖާއިޒު ބްލޮކޭޑް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ “ގްލޯބަލް ސުމޫދު ފްލޮޓިލާ” ގެ ބައިނަލްއަޤްވާމީ އުޅަނދުފަހަރު، އިސްރާއީލުން ކުރިން އިންސާނީ އެހީ ގެންދާ އުޅަނދުފަހަރު ހުއްޓުވާފައިވާ ސަރަޙައްދަކާ ކައިރިވެފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާއިން ރިޕޯޓުކޮށްފިއެވެ. މި ދަތުރުގެ މަޤްޞަދަކީ މިހާރު ޣައްޒާގައި ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމާއި ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ބޭނުންވެފައިވާ އިންސާނީ އެހީ ފޯރުކޮށްދިނުމެވެ. ކާކު؟ އަދި ކޮންތާ...
ޔުމްނާ ޢަލީ
މެދުއިރުމަތީ ސަރަހައްދުގައި އިސްރޭލު ރައްކާތެރިކުރުމަށްޓަކައި އެމެރިކާއިން އިތުރު ހަނގުރާމަވެރި މަތިންދާބޯޓުތަކާއި ތެޔޮ އަޅާ ޓޭންކަރުތައް އެ ސަރަހައްދަށް ފޮނުވަމުންދާކަމަށް އެމެރިކާގެ ސަރުކާރުގެ އިސް ވެރިން މަޢުލޫމާތު ދީފިއެވެ. އިރާނާއި ދެކޮޅަށް އަނެއްކާވެސް ހަނގުރާމައެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އަޑުފެތުރިފައިވާ މިދަނޑިވަޅުގައި ކުރިއަށް ގެންދާ މި ހަރަކާތްތަކަކީ، ހަނގުރާމައެއް ފެށިއްޖެ ނަމަ އިސްރޭލު އީރާނުގެ ހަމަލާތަކުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކެއްކަމަށް އަޑުފެތުރިފައިވެ...
އަލީ އާދިލް
އިސްރާއީލުން ޣައްޒާގައި ހިނގަމުންދާ އުދުވާނު ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ސުލްޙަ ޕްލޭނަކަށް ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އިން މަރުޙަބާ ކިޔާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ޕްލޭނާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ އެކު ހޯމަ ދުވަހު ޓްރަމްޕް އިޢުލާނުކުރެއްވިއިރު، ހަމާސްއިން ދަނީ މި ހުށަހެޅުން “ހެޔޮ ނިޔަތުގައި” ދިރާސާކުރަމުންކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ރައީސް ޓްރަމްޕް ވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިންމުމ...
ނާޒިމާ އަލީ
ވޮޝިންގްޓަން، 30 ސެޕްޓެމްބަރު 2025: އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުން ޣައްޒާގައި ހިނގަމުންދާ އުދުވާނު ނިންމުމަށާއި، ޣައްޒާގައި ހިފަހައްޓާފައިވާ ހުރިހާ ރަހީނުން ދޫކޮށްލުމަށް މަގުފަހިކުރާނެ 20 ނުކުތާގެ ޕްލޭނެއް ހޯމަ ދުވަހު ހުށަހަޅުއްވައިފިއެވެ. ޓްރަމްޕް މި ޕްލޭން ހުށަހެޅުއްވީ ވައިޓް ހައުސްގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޓްރަމްޕްގެ ވާހަކަފުޅުގައި، މި ޕްލޭނަކީ ސަރަހައްދުގެ އެކުވެރިންނާއި ބައިވެރިންނާއެކު ފުޅާ ދާއިރާއެ...
ނާޒިމާ އަލީ
ދޯހާ، 29 ސެޕްޓެމްބަރު 2025: އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީދާ އެންގުމަކަށް، ގަތަރުގެ ކިބައިން މައާފަށް އެދިފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަތަންޔާހޫ ވަނީ، ހަމާސްގެ އިސް ލީޑަރުންނަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އާލް ޘާނީއަށް ގުޅައި މަޢާފަށް އެދިފައެވެ. ނަތަންޔާހޫ މި ފޯނު ކޯލު ކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކ...
ނާޒިމާ އަލީ
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދު މިއަހަރުގެ ކުރީކޮޅު 100 އަހަރު ފުރުނުއިރު، އޭނާގެ އުމުރުދުވަހުގެ އާދަކާދައާ އެއްގޮތަށް އުޅުއްވަމުން ގެންދަވައެވެ. މަދުން ކެއުމާއި، ގިނައިން މަސައްކަތް ކުރުމާއި، އަރާމު މަދުން ކުރެއްވުމެވެ. “އެންމެ މުހިންމު ކަމަކީ އަހަރެން އަބަދުވެސް މަސައްކަތް ކުރަން. އަހަރެން އަރާމެއް ނުކުރަން،” މަހާތިރު ”އަލްޖަޒީރާ”އަށް ވިދާޅުވެފަވެއެވެ. “އަހަރެން އަބަދުވެސް ސިކުނޑިއާއި ހަށިގަނޑު ބޭނުންކުރަން. ސިކުނޑިއާއި ހަށިގަނޑު ހަރަކާތްތެރިކޮށް ބަހައްޓައިފިއްޔާ، އުމުރުން ދުވ...
ނާޒިމާ އަލީ
މިދިޔަ ހަފްތާގައި ވޮޝިންގްޓަންގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުސްލިމް ލީޑަރުންނާއެކު ބޭއްވި ބައްދަލުވުމުން ‘ހިތްވަރުލިބިދޭފަދަ’ ނަތީޖާތަކެއް ނުކުންނާނެކަމަށް އުއްމީދުކުރައްވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ. ޕާކިސްތާނުގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާގޮތުގައި ލަންޑަނުގައި ބްރިޓިޝް-ޕާކިސްތާނީ ރައްޔިތުންނާ މުޚާޠަބުކުރައްވަމުން، ޝަރީފް ވަނީ ޣައްޒާއާ ގުޅޭ ބައްދަލުވުމުގައި ފުރިހަމައަށް ބައިވެރިވެފައިވާނެކަމަށާއި، ހިތްވަރުދޭފަދަ ނަތީޖާތ...
ނާޒިމާ އަލީ
ޣައްޒާގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދު 66,000 އިން މައްޗަށް އަރާފައިވާކަަމަށް ރިޕޯޓްތައް ބުނެފިއެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 77 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެވެ. މީގެ ތެރޭގައި އެހީ ހޯދަން އުޅުނު 6 މީހުން ހިމެނެއެވެ. އަދި 379 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. މީގެ އިތުރުން، ކުރިން އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން...
ޔުމްނާ ޢަލީ
ދެކުނު ޔޫރަޕްގެ ގައުމެއްކަމަށްވާ ސަން މަރީނޯއިން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފިއެވެ. އެގައުމުގެ ފޮރިން މިނިސްޓަރ ލޫކާ ބެކާރީ ވަނީ އދ. ގެ އާންމު މަޖިލީހުގައި ވިދާޅުވެފައިވަނީ އޭނާގެ ޤައުމުން ރަސްމީކޮށް ފަލަސްތީނު ދައުލަތް ބަލައިގަންނަނީ މިނިވަން އަދި އަމިއްލަ ވެރިކަމެއް އޮތް ދައުލަތެއްގެ ގޮތުގައި، ރައްކާތެރި އަދި ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ސަރަޙައްދުތަކެއްގެ ތެރޭގައި، އދ. ގެ ޤަރާރާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. “ދައުލަތެއް އޮތުމަކީ ފަލަސްތީނު ރައްޔިތުންގެ ޙައްޤެއ...
ޔުމްނާ ޢަލީ
ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ކުރެވޭ ހަނގުރާމައިގައި ބައިވެރިވާން ބޭނުންވާ ކޮލަމްބިއާ ވޮލަންޓިއަރުންގެ ލިސްޓަކަށް ހުޅުވާލައްވާނެކަމަށް ކޮލަމްބިއާގެ ރައީސް ގުސްޓަވޯ ޕެޓްރޯ އިއުލާނުކުރައްވައިފިއެވެ. މިކަން ޢިއުލާންކުރަށްވަމުން އޭނާ ވަނީ މި ހަނގުރާމައިގައި ބޭނުންވެއްޖެ ހިނދެއްގައި އަމިއްލަފުޅަށްވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ، ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ކުރެވޭ ހަނގުރާމައިގައި ބައިވެރިވާން ބޭނުންވާ ކޮލަމްބިއާގެ ފިރިހެނުންނާއި އަންހެނުންނަށް ވެސް ފުރ...
ޔުމްނާ ޢަލީ
ސަޢޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ގެދޮރު ކުއްޔަށް ދިނުމުގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އާންމުން ދިރިއުޅޭ ގެތަކުގެ އަދި ވިޔަފާރި އިމާރާތްތަކުގެ ކުލި އިތުރުނުކުރެވޭހެން 5 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރޯލް ކޮށްފިއެވެ. މިއީ ގޭގެ ކުލީގެ އަގުތައް އެއްހަމައެއްގައި ހިފަހައްޓައި، ގޯތިގެދޮރުގެ ވެރިންނާއި (ލޭންޑްލޯޑްސް) ކުއްޔަށް ހިފާ ފަރާތްތަކުގެ މެދުގައި އިންސާފުވެރިކަން ޤާއިމުކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ. ބިންވެރިންނާއި ކުއްޔަށް އުޅޭ މީހުންގެ މެދުގައި ތަފާތުކުރުންނައްތާލާ އަޅުވެތިކަނ...
އަލީ އާދިލް
އ.ދ ގެ ކޮމިޓީ އޮފް އެކްސްޕަރޓްސް އޮން ގްލޯބަލް ޖިއޯސްޕޭޝަލް އިންފޮމޭޝަމް މެނޭޖްމަންޓް ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން-ޖީ.ޖީ.އައި.އެމް.އޭ.ޕީ.) ގެ އެގްޒެކެޓިވް ބޯޑުގެ 2025-2028 ވަނަ ދައުރަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ. މިއީ ދިވެހިރާއްޖެއިން މި ބޯޑުގެ މެންބަރުކަން އަދާކުރާ ފުރަތަމަ ފަހަރެވެ. ދެކުނު ކޮރެއާގައި ބޭއްވުނު ޔޫއެން-ޖީ.ޖީ.އައި.އެމް.އޭ.ޕީގެ 14 ވަނަ ޕްލިނަރީ ބައްދަލުވުމުގައި، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ޖިއޯމެޓިކްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، މުހައްމަދ...
އިބްރާހިމް އަސްވާޤް