ފުރިހަމަ ޑިމޮކްރަސީއަކަށް 2008 އާއި ހަމަޔަށް ދިވެހިންކުރި ވަރުގަދަ ދަތުރުގެ ނަތީޖާއަކަށް ދިވެހިންނަށް ލިބުނީ ފިކުރުތަކަކަށްވުރެ ބޮޑަށް ވަކިމީހަކަށްޓަކާ ޖާނާމާލުން ގުރުބާންވާން ތައްޔާރަށްތިބި “ސިޔާސީ ޕާޓީ” ތަކެކެވެ. ގޭންގުތައް ކުލަބުތަކަށް ބަދަލުވެ އިސްލާހުވިއިރު، ޑިމޮކްރަސީގެ ހަގީގަތް އައީ އެއާ ދިމާ އިދިކޮޅަށެވެ. އަޅުގަޑުމެންގެ ސިޔާސީ ޕާޓީތަކުގެ ހަގީގަތަކީ ކޮންމެވެސް ސަބަބަކަށްޓަކާ ވަކިމީހަކަށް ފިދާވާނެ ބަޔަކު އުފެއްދުމުގެ ހަރުގެ ތަކެކެވެ. ކޮންމެކަމެއް ކޮށްގެން، ކޮންމެފަދަ ގޮތަކުން ކަމުގައިވިޔ...
މުޙައްމަދު ޝިހާބް
މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ ހަހަރުވެތި މުދައްރިސުންނަށް އަރިސްކުރަމެވެ. ތިޔަ ލޮބުވެތި މުދައްރިސުންގެ ޤައުމީ ޚިދުމަތަކީ ފާހަގަކުރެވޭ ދުވަހަކުން ނުވަތަ ލިޔެލެވޭ ލަފުޒަކުން އަގުވަޒަން ކުރެވޭވަރަށްވުރެ މާ މަތިވެރި ޤައުމީ ޚިދުމަތެކެވެ. މުދައްރިސުންނަކީ ދިވެހި ޤައުމިއްޔަތުގެ ލޭނާރުކަން ކަށަވަރެވެ. ޤައުމިއްޔަތެއް ބިނާކުރުމުގެ އެންމެ އިސް މޭސްތިރިންނަކީވެސް މުދައްރިސުންނެވެ. މުދައްރިސުން މުޅިދުވަސް ހޭދަކުރަނީ ޤައުމީ ޚިދުމަތުގައެވެ. ބަންދު ދުވަހެއް ރަސްމީދުވަހެއް ތަފާތެއްނެތި، ކޮންމެ ސިކުން...
ޙުސައިން ޝަހުދީ
ލާމަރުކަޒު ކުރުމުގެ ވާހަކައިގެ ތެރެއަށް ވަދެލަން މިޖެހުނީ މިހުކުރުގައި މާފުށްޓަށް ކުރިދަތުރުގެ ތެރެއިން އުފެދުނު ޚިޔާލަކުންނެވެ. ދަތުރުގެ ތެރެއިން ދިމާވި ރައްޓެއްސަކާ ދެއްކި ވާހަކައިގެ ތެރޭގައި، ދިވެހި ދައުލަތުގެ ޚަޒާނާއަށް މާފުށިން ލިބޭ ވާރުގެ މިންވަރު އޭނާ ކިޔާދިނެވެ. އަޅުގަޑުގެ ސުވާލަކަށްވީ ސަރުކާރުން މިރަށުގެ ކައުންސިލަށް، ރަށުގެ ތަރައްގީއަށް އަހަރު ދެނީ ކިހާވަރެއްކަން އެނގޭތޯއެވެ. އޭނާއަކަށް ނޭނގެއެވެ. އަދި ބޮޑަށް ލަފާކުރެވެނީ އެއްޗެއް ނުދޭކަމަށެވެ. މިހާރު އަޅުގަޑުމެން ލާމަރުކަޒުކޮށްގެން މި...
މުޙައްމަދު ޝިހާބް
ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓުން ފުރައިގެން ސްޕީޑް ލާންޗެއްގައި 30 މިނިޓު ރާސްތާގައި އޮންނަ ހދ. ނައިވާދޫއަކީ އަތޮޅުގައި ލޯކަލް ޓޫރިޒަމް ވިޔަފާރި ފައްކާކުރަން ހޮވާލެވޭނެ އެންމެ ރަނގަޅު ރަށްތަކުގެ ތެރެއިން އެއްރަށެވެ. ހދ. ކުޅުދުއްފުށި އެއަރޕޯރޓުން ފުރައިގެންވެސް ސްޕީޑް ލާންޗެއްގައި 25 މިނިޓުން ހދ. ނައިވާދޫއަށް ފޯރާނެއެވެ. އާބާދީގައި 866 މީހުން ތިބި ނައިވާދޫގައި ދިރިއުޅެނީ 400 އެއްހާ މީހުންނެވެ. ނައިވާދޫއަކީ އަތޮޅުގައި ހިޖުރަކުރުމުގެ މައްސަލަ އެންމެ ބޮޑަށް ތަހައްމަލު ކުރަމުންދާ އެއްރަށްވެސ...
ޙުސައިން ޝަހުދީ
ދިވެހިރާއްޖެއަށް މިހާރު ދިމާވެފައިވާ އަދި ދިމާވަމުންދާ އެންމެ ބޮޑު މައްސަލަތަކުގެ އަސްލަކީ ތަރައްޤީ އެއްތަނަކަށް ޖަމާކޮށްފައި އޮންނަ އޮތުމެވެ. ޒަމާނުއްސުރެ ޕްލޭން ކުރެވިފައިއޮތީ މާލެއާއި މާލެ ވަށައިގެން ތަރައްޤީކޮށް ރަށްފުށު ރައްޔިތުން މާލެއަށް ހިޖުރަކުރަން މަޖުބޫރުކުރުވާގޮތަށެވެ. މާލޭގެ އިމާރާތްތައް އުސްވެ، އެއިމާރާތްތަކުގެ ވެރިން އިންޑިއާއި، ސްރީލަންކާ ފަދަ ޤައުމުތައް ފަހަނައަޅައި މެލޭޝިއާއާއި، އޮސްޓްރޭލިއާއި، ނިއުޒެލެންޑާއި އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކަށް ގެންގޮސްދީފައިވަނީ މިދެންނެވި...
ރަފާ މުހައްމަދު
ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގަ...
ޙުސައިން ޘަޤީފް
މުޖުތަމަޢު ތަރައްގީ ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ދެނެގަތުމަކީ މުޖުތަމަޢު ކުރިއެރުވުމަށް ފަށައިގަތުމުގެ ތެރެއިން ހިމެނިގެންވާކަމެވެ. ސަބަބަކީ ވަސީލައްތައް ދެނެގަނެ އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހާސިލް ކުރުމެވެ. ވަސީލަތް ހިމެނިގެންވަނީ ހަމައެކަނި ފައިސާއާ މުދަލަކުންނޫނެވެ. މައިގަނޑު ގޮތެއްގައި ވަސީލަތް ބަހާލެވިފައިވަނީ: ގުދުރަތީ ވަސީލަތް، އންސާނީ ވަސީލަތް، މާލީ ވަސީލަތް އަދި އިންސާނުންގެ ބޭނުމަށް އުފައްދައިފައި ހުންނަ ތަފާތު ވަސީލަތް ތަކުގެ މަައްޗަށެވެ. އެއްވަސީލަތަކާ އަނެއްވަސީލަތަކާއި...
Thiladhun
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހު ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްޤުތައް ކޮބައިތޯ ސުވާލުކޮށްލުމަކީ ނެއްކަމެއް ނޫނެވެ. ފާއިތުވި އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޓުއަރިޒަމް ދާއިރާއިން އަދި ސަރވިސް ޓެކްސް ގެ ގޮތުގަ 4182.8 މިލިއަން ރުފިޔާ ގައުމުގެ ރައުސުލްމާލަށް ވަނީ ލިބިފައެވެ. މާނަ އަކީ ރާއްޖެ އަށް އެންމެ ގިނަ ބޭރުފައިސާ ވައްދަނީ ޓޫރިޒަމް ދާއިރާގެ ތެރެއިންލާފަކަމެވެ. އަހަރެމެން ރިސޯޓް މުވައްޒަފުންނަކީ މުޅި މި ގައުމުގައި ތަންބު ތަކެއްގެ ގޮތުގައި ގައުމުގެ ޖީޑީޕީ ހިފަހައްޓައިގެނ...
ހުސައިން ހަބީބް
ދިވެހިރާއްޖޭގައި ރަސްކަންކުރެވުނު ޒަމާނުގައި، ވެރިކަމުގައި ހުންނަ ރަދުންނަށް ހުރިހާ ބާރުތަކެއް ފުރިހަމައަށް ލިބިގެންވެއެވެ. މިގޮތުން، ބޮޑެތި ކަންކަމުގައި، ނައިބު ބޭކަލުންނާއި ވަޒީރުންނާއެކު މަޝްވަރާކުރުމަށްފަހު ރަދުން ގޮތެއް ނިންމި ކަމުގައިވިޔަސް، ނައިބު ބޭކަލުންނާއި ވަޒީރުންދޭ ލަފާ ބަލައިނުގަތުމުގެ ބާރު ރަދުންނަށް ލިބިގެންވެއެވެ. 17 ވަނަ ގަރުނުގެ ކުރީ ކޮޅާ ހަމައަށް ދިޔައިރު، ދިވެހިރާއްޖޭގެ ރަށްތައް ވަނީ 13 އަތޮޅަކަށް ބަހާލެވިފައެވެ. މިގޮތުން އެއިން ކޮންމެ އަތޮޅެއްގައިވެސް އިސްކޮށް ހިންގުމާ ހަވާ...
Thiladhun
އޭނާ މާދަމާ ހޭލާއިރު އުންމީދުކުރާ ކަމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އުފާވެރި ވަގުތުކޮޅަކަށް އުންމީދުކުރާނެ ހެއްޔެވެ؟ ލިބޭނެ ހެއްޔެވެ؟ ދުވަހުގެ ކޮންމެވެސް ވަގުތެއްގައި މައިންބަފައިންނާއި އާއިލާގެ ލޯތްބާއި އަޅާލުމުގެ ފޮނި އިސްހާސް ކުރެވޭނެކަމުގެ ޔަގީންކަން އޭނާއަށް އޮންނާނެ ހެއްޔެވެ؟ އެކަމަށް މަގުފަހިކޮށްދިނުމަށް ތިހިރީ ތައްޔާރުވެގެން ހެއްޔެވެ؟ ކުދިން އެކުދިންގެ މާދަމައާއިމެދު ކުރާ އުންމީދުތަކާއި އިތުބާރަކީ ފިހާރައެއްގެ ހަރުގަނޑުން ގަނެފައިދެވޭނެ އެއްޗެއް ނޫނެވެ. އެއީ މައިންބަފައިންނާއި މުދައްރިސު...
މުޙައްމަދު ޝިހާބް
ކަލިކަތު 30 އެޕްރީލް 2010 އިން 8 މެއި 2010 އަށް މިދަތުރުގައި، 1/5/2010 ވީ ދުވަހު ދެނަމާދު ދޭތެރޭގައި ކަލިކަތު މަލަބާރު ގޭޓް ހޮޓަލުގެ 611 ވަނަ ނަމްބަރު ކޮޓަރީގައި ހުންނަވައިގެން، މަލިކު ބިއްދަށުގޭ ޢަލި މަނިކުފާނު ދެއްވި ބަސްދީގަތުން. 30 އެޕްރީލް 2010 އިން 8 މެއި 2010 އަށް އަޅުގަނޑު ކަލިކަތަށް ކުރި މިދަތުރުގައި، މަލިކު މީހަކާ ދިމާވިއެވެ. އޭނާގެ ނަމަކީ ޢަލި މަނިކުފާނެވެ. ކަލިކަތުގައި ހުންނަ އޯލް އިންޑި ރޭޑިއޯގައި މަސައްކަތް […]
Thiladhun
ދަރިންގެ ކަންތައްތަކުގައި ކަންބޮޑުވެގެން އެކަމާ ހަދާނެގޮތެއް ނޭނގިފައިތިބޭ ޒުވާން މައިންބަފައިންނާއި ދިމާވެގެން ދެކެވުނު ބައެއް ވާހަކަތައް މިފަހަރު ހިއްސާކޮށްލާނަމެވެ. އެއް މަންމައެއްގެ ކަންބޮޑުވުމަކީ އާއިލާގެ އެއުމުރުގެ އެހެން ކުއްޖަކާ އެއްވަރަށް އޭނާގެ ދަރިފުޅު ހެދިބޮޑުނުވާތީ އާއިލާގެ މީހުން އެވާހަކަ ދައްކާލެއް ގިނަކަމެވެ. އަދި އެކަމުގެ ޒިންމާ އޭނާ ނަގަންޖެހުމެވެ. އޭގެ ސަބަބުން ގަދަކަމުން ދަރިފުޅަށް ކާންދިނުމާއި އެކަމާ ފިކުރުކުރަން ޖެހުމަކީ އޭނާގެ އެއްކަންބޮޑުވުމެވެ. އަޅުގަޑަށް ބުނެވުނީ، އެއީ...
މުޙައްމަދު ޝިހާބް
ދަރިންނަކީ މައިން ބަފައިންގެ ދެލޮލުގެ ނޫރެވެ. އެކުދިން ފުރިހަމަ ސިއްޙަތެއްގައި ބަލާބޮޑުކޮށް މޮޅު ކުދިންނަށް ހެދުމަކީ މައިން ބަފައިން ހޭބޯ ނާރާ ކުރާ މަސައްކަތެވެ. ނުރައްކާތަކާއި، ނުކަޝިޔާރު ކަންކަމުން ސަލާމަތްކޮށް ދަރިން ރައްކާތެރިކަން މަތީ ބަލާ ބޮޑުކުރުމަކީ ކޮންމެ މަޔަކާއި ބަފައެއްގެވެސް އަޒުމެވެ. ދަބަސް ކޮނޑުގައި އަޅުވާލައިގެން ދަރިފުޅު ގޮވައިގެން ސްކޫލަށް ދާއިރު ދަރިފުޅުގެ ސިއްޙަތަށް ގެއްލުންވާ ޢަމަލުތައް މާލޭގެ މަގުތަކުން ކުރިމަތިވުމީ މައިން ބަފައިންގެ އިންތިހާ ކަންބޮޑުވުމެކެވެ. ޕޭމަންޓް މަތީ...
ރަފާ މުހައްމަދު
މިދުވަސްވަރު އެންމެ އާންމުކޮށް އިވޭ ވާކައަކީ ރާއްޖޭގައި ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ، ޑިޕޯޓުކުރާ ވާހަކައެވެ. ދިވެހިންނަށްވުރެ، ބިދޭސީން މުއްސަނދިވާ ވާހަކައެވެ. މާލޭގައި ބިދޭސީއަކު “18 ގެސްޓު ހައުސް” ހިންގާކަމުގެ ވާހަކައެވެ. ރެމިޓެންސް ޓެކްސް އަށް ވަގަށް، ބިދޭސީންގެ ފައިސާ ގައުމަށް ފޮނުވަދީ، މުއްސަނދިވާ ވާހަކައެވެ. ހަމަ ގައިމުވެސް، އެ ބިދޭސީންނަށް މުސާރަ ދޭ މީހުން، ބިދޭސީންގެ އެކައުންޓަށް މުސާރަ ޖަމާކުރާނަމަ، ރެމިޓެންސް ޓެކްސްއިން ނުރެކެވޭނެކަން ޔަގީނެވެ. ރާއްޖޭގައި މަސައްކަތްކު...
Thiladhun
2016 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުން ދަރިފުޅު ހޯދި ހީނުކުރާހާ މޮޅު ނަތީޖާއިން އަހުމަދު ހުރީ ވަރަށް އުފަލުންނެވެ. ދަރިފުޅަކީ ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކާއި، އިސްނެގުމާއި އަދި ލީޑަރޝިޕަށްވެސް ނަމޫނާ ދަރިއެކެވެ. އުތުރުގެ އުތުރު ބިތުގެ އާބާދީ ކުޑަރަށެއްގެ ސްކޫލަކުން އޯލެވެލް ހަދައިގެން އޯލެވެލްގެ ގަދަ 10 ގައި ގުނާ ލެވުމީ އަހުމަދުމެނަށް ދެރަވަރެއްނޫނެވެ. މިއީ އުމުރު ދުވަހު އަތްވާއި ވާރޭގައި ލޯބޯ ފިއްސައިގެން ދަރިން “މީހުންނަށް” ހެދޭތޯ އަހުމަދު ކުރަމުން އައި މަސައްކަތުގެ ނަތީޖާއެވެ. […]
ރަފާ މުހައްމަދު