މައި ޚަބަރަށް ދިޔުމަށް

ކޮލަމް

1,329 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 87 ވަނަ ޞަފްޙާ

ދަރިފުޅު ހޭލިއިރު މަރުހަބާކީ އުފާވެރި ހިނިތުންވުމަކާ އެކު ބައްދާލުމަކުން ހެއްޔެވެ؟

ދަރިފުޅު ހޭލިއިރު އޭނާއަށް މަރުހަބާކީ އުފާވެރި ހިނިތުންވުމަކާ އެކު ގަޔާއިކައިރިކޮށް ބައްދާލުމަކުން ހެއްޔެވެ؟ ދުވަސް ފެށުމަށް ދަރިފުޅަށް ދެވޭނެ އެންމެބޮޑު ހަދިޔާއަކީ އުފާވެރި ހިނިތުންވުމަކާއި ހިތުގެ ގާތްކަމެވެ. އެއީ ފައިސާ ދީފައި ގަންނަންޖެހޭ އެއްޗެއް ނޫނެވެ. ބޭނުންވަނީ ހަމައެކަނި ލޯބިން ފުރިފައިވާ ހިތެކެވެ. ހިތްހެޔޮކަމާއި ލޯބީގެ ސާލެއްގެ ތެރެއަށް ހޭލެވުމަކީ ދުވަހުގެ ގޮންޖެހުންތަކާއި ކުރިމަތިލާ ހުރަސްތައް ގިރާކޮށް ކާމިޔާބު ހޯދުމަށް ކުއްޖަކަށް ދެވޭނެ އެންމެ ވަރުގަދަ ހަތިޔާރެވެ. ކިތަންމެ ކުޑަ ވަގުތ...

މުޙައްމަދު ޝިހާބް
ތަރައްޤީ އަށް ކުރެވޭ ކަންކަމުގައި ރައްޔިތުން ބައިވެރިވުމަށް ހުރި ބައެއް ހުރަސްތައް

ތަރައްޤީ އަށް ކުރެވޭ ކަންކަމުގައި ރައްޔިތުން ބައިވެރިވުމަށް ހުރި ބައެއް ހުރަސްތައް

ރައްޔިތުންގެ ބައިވެރިވުމާއިއެކު ހަރަކާތްތައް ރާވާ ހިންގުގުމުގެ ޤާބިލްކަންކުޑަވުން ރަށާއި ބެހޭގޮތުން ނިންމަންޖެހޭ ތަފާތު ނިންމުންތައް ނިންމުމުގަޔާއި އަދި ހަރަކާތްތައް ރާވާ ހިންގުމުގައި ރައްޔިތުން ބައިވެރިކުރުމުގެ ޤާބިލްކަން ކުޑަވުން މިއީވެސް ކަންކަމުގައި ރައްޔިތުންގެ އެންމެ އެކަށީގެންވާ ބައިވެރިވުން ލިބުމަށް ދިމާވާ މައްސަލައެކެވެ. ރަށުގެ އިދާރާތަކާއި މެދު އޮތް އިތުބާރު ކުޑަވުން ރަށުގެ އިދާރާތަކާއި ރައްޔިތުންނާއި އޮންނަން ޖެހޭ ގުޅުން ކުޑަވެ ތަފާތު ސަބަބު ތަކާއިހުރެ އިދާރާތަކާއި ރައްޔިތުންނާއި ދެމެ...

މުޙައްމަދު ނަޒީފު
ޝެއިޚް ޝަފީއުގެ ގަލަމުން: ލޮބުވެތި ނޫސްވެރިންނޭވެ!

ޝެއިޚް ޝަފީއުގެ ގަލަމުން: ލޮބުވެތި ނޫސްވެރިންނޭވެ!

ނޫސްވެރިކަމަކީ މިޒަމާނަށް ބަލާއިރު އެންމެ ވަރުގަދަ އެއް ހަތިޔާރެވެ. އެހާމެނުފޫޒުގަދަ ވަޞީލަތަކަށެވެ. މުޖުތަމަޢެއްގެ ތަޞައްވުރު ރަނގަޅު ކުރުމާއި ފަސާދަކުރުމުގެ ބާރުވެސް އެންމެ ބޮޑަށް ލިބިފައިވާ އެއް ބަޔަކީ ނޫސްވެރިންނެވެ. އެ މުޖުތަމަޢެއްގެ ހިޔާލާތާއި ފިކުރާ ކުޅެލުމުގެ ފުރުޞަތު ނޫސްވެރިންނަށް ލިބިފައިވެއެވެ. މިދެންނެވި ވާހަކަތަކަށް މާ ގިނަ ހެކިތަކެއް ބޭނުމެއް ނުވެއެވެ. ދުނިޔެއާއި މި ކުޑަކުޑަ ރާއްޖޭގައިވެސް މީޑިއާ ނުވަތަ ނޫސްވެރިކަމުގެ ބާރު، އަމިއްލަ ކޮންޓްރޯލުގެ ދަށަށް ގެނައުމަށް ބާރުގަދަ ފަރާތްތަ...

ޝެއިޚް ޝަފީއު އަބްދުﷲ
ތަރައްޤީގައި ރައްޔިތުން ބައިވެރިވުމުގެ ޤާނޫނީ މަސްއޫލިއްޔަތު

ތަރައްޤީގައި ރައްޔިތުން ބައިވެރިވުމުގެ ޤާނޫނީ މަސްއޫލިއްޔަތު

ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ 67 ވަނަ މާއްދާ، “މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް” މި ސުރުހީގެ ދަށުގައި ބަޔާންކޮށްފައިވަނީ “ކޮންމެ މީހަކަށްވެސް ލިބޭ ޙައްޤުތަކާއި މިނިވަންކަމާއި، އެ މިހަކު އަދާކުރާންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސްކަމުގައިވީ ހިނދު، އަންނަނިވި ކަންތައްތައް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެކެވެ. އަދި އެވަގުތަކު ދިވެހިރާއްޖޭގައި އުޅޭ ކޮންމެ މީހަކު މެ އެކަންތަކަށް އިޙްތިރާމް ކުރާންވާނެއެވެ.” މިގޮތުން ލިސްޓް ކޮށްފައިވާ ކަންތަކުގެ ތެރެއިން އެ މާ...

މުޙައްމަދު ނަޒީފު
"މަގެ ދީނާ މަގެ ޤައުމާ ނުކުޅެއްޗޭ"

"މަގެ ދީނާ މަގެ ޤައުމާ ނުކުޅެއްޗޭ"

މިއަދު އަޅުގަޑު އެއްޗެއް ދަންނަވާލަން މިއުޅެނީ، މިވަގުތު އަޅުގަޑުމެންގެ ތެރޭގައި ބަހުސްކުރެވުމުންދާ ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލައާއި ގުޅޭގޮތުންނެވެ. ދިވެހިންގެ ދީނަކީ އިސްލާމްދީނެވެ. އެއީ މީގެ ނުވަ ސަތޭކަ އަހަރުކުރީއްސުރެ ދިވެހިންގެ ކާބަފައިން ނިންމާ، ދިވެހިރާއްޖޭގައި އުޅޭ މީހުންގެ ދީންކަމުގައި ބަލައިގެންފައިވާ ދީނެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ދިވެހިރައްޔިތުންގެ ތަބާވާ ދީނުގެ ގޮތުގައި ކަނޑައަޅާފައިވާ ދީނެވެ އެގޮތަށް ކަނޑައަޅާފައިވަނީ ޑިމޮކްރަޓިކް ހަމަތަކުގެ މަތީން ދިވެހި ރައް...

މުޙައްމަދު ޝިހާބް
ލޯތްބާއި އިހްތިރާމާއި އަޅާލުން …

ލޯތްބާއި އިހްތިރާމާއި އަޅާލުން …

އާއިލާގެ ކުދިންނާއެކު ހޭދަކޮށްލަން ލިބުނު ވަގުތުކޮޅެއްގައި އަޅުގަޑު އަހާލީމެވެ. “އަންކަލްއަށް ދޭނެ އެއްޗެއް އެބައޮތްތަ؟” އެއީ ޗުއްޓީގައި ގޮސް ކޮއްކޮގޭގައި ހުރިއިރު، ކޮއްކޮމެންގެ ކުދިންނާއެކު ހޭދަކޮށްލަން ލިބުނު ވަގުތުކޮޅެއްގައި އަޅުގަޑު ކޮށްލި ތަޖުރިބާއެކެވެ. ކޮންމެ ކުއްޖެއްގެ ވެސް ފުރަތަމަ ޖަވާބަކީ “އަންކަލްއަށް ދޭނެއެއްޗެއް ނެތް” ކަމަށް ބުނުމެވެ. އަނެއްކާވެސް ސުވާލު ތަކުރާރު ކުރުމަށްފަހު، އަޅުގަޑު ބުނީމެވެ. “ކޮންމެ ކުއްޖަކަށްވެސް ދެވޭނެ އެއްޗެއް އެބައޮތް.” މިހެންބުނުމަށްފަހު، އަދި އެއްފަހަރު ފ...

މުޙައްމަދު ޝިހާބް

ޚިދުމަތްތެރި އަދި ކަންކުރާ މީހަކަށް ވުމަށްޓަކާ!

ގައުމަށް ޚިދުމަތެއް ކުރުމަށް، މުޖުތުމައަށް ފައިދާއެއް ކުރާނެކަމުގެ އުންމީދުގައި، އެހެންމީހުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮބަދަލެއް ގެނައުމަށް ބޭނުންވެގެން، އިޚްލާސްތެރިކަމާއެކު މީހަކު ކުރާ މަސައްކަތަށް ފާޑުކިޔުމަކީ ކުރަން ފަސޭހަކަމެކެވެ. އެއީ ދުލެއް ނުވަތަ ގަލަމެއް އޮތް ކޮންމެ މީހަކަށް ކުރެވިދާނެކަމެކެވެ. އެހެންނަމަވެސް، ކުރިންދެންނެވި ފަަދަ ޚިދުމަތްތެރި އަދި ކަންކުރާ މީހަކަށް ވުމަށްޓަކާ – ތަންދޮރުފިލާފައި ހުރުމާ، އެކަމަށް ވަގުތުދޭނެ މީހަކަށްވުމާ،  ހެޔޮނިޔަތެއް އޮތުމާ، ޒާތީނުވުމާ، ދެމިހުރުމަކީ...

މުޙައްމަދު ޝިހާބް
ސަރުކާރުން ކަންކަމަށް ޚަރަދު ކުރާނީ ރައްޔިތުންނަށް ދޭ އެހީއެއްގެ ގޮތުގައެއް ނޫނެ

ސަރުކާރުން ކަންކަމަށް ޚަރަދު ކުރާނީ ރައްޔިތުންނަށް ދޭ އެހީއެއްގެ ގޮތުގައެއް ނޫނެ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް، ގދ. ތިނަދޫގައި އިންތިޒާމުކުރެއްވި ޖަޒީރާހޮޅުއަށީގައި ދެކެވުނު ވާހަކަތަކާއި ހުށަހެޅުނު ޚިޔާލުތަކާއި ކުރިމަތިކުރެވުނު ސުވާލުތަކަށް ބަލާއިރު، ލާމަރުކަޒުކުރުމުގެ މަންފާވެރީންގެ ކިބައިގައި “ތަރައްގީ” އާއި ލާމަރުކަޒުކުރުމާއި ގުޅުމެއް އޮތްކަމަކަށް ނުބެލެވެއެވެ. ތަރައްގީއަކީ ތިމާމެން އަމިއްލަޔަށް ބާރުވެރިވެ، އަމިއްލަފައިމައްޗަށް ތެދުވެ، އަމިއްލަޔަށް ގެންނަންޖެހޭ އެއްޗަކަށްވުރެ ބޮޑަށް، ސަރުކާރުން ކޮށ...

މުޙައްމަދު ޝިހާބް
ރައްޔިތު މަސައްކަތާއި ރައްޔިތުންގެ ބައިވެރިވުން

ރައްޔިތު މަސައްކަތާއި ރައްޔިތުންގެ ބައިވެރިވުން

ރާއްޖޭގެ ރައްޔިތުންނަކީ ކުރީ ޒަމާނުގައި ރަށްރަށުގެ ތަރައްޤީއަށް ރައްޔިތުން ގޮތުގައި އަމިއްލަޔަށް އިސްނަގައިގެން މަސައްކަތް ކުރަމުން ގެންގޮސްފައިވާ ބަޔެކެވެ. ދިރިއުޅުމުގެ ހުރިހައިކަމެއް އެ މީހުން އަމިއްލަޔަށް ހަމަޖައްސައިގެން އަމިއްލަ ޒިންމާގައި ދިރިއުޅޭ ބައެއްގެ ގޮތުގައެވެ. ވެރިކަން ހިންގުމާއި، ތަޢުލީމް ދިނުމާއި، ބޭސްފަރުވާ ކުރުމާއި، ދީނީ ކަންތައްވެސް އަމިއްލަ ރަށުގައި އެ ރަށެއްގެ ރައްޔިތުންގެ މެދުގައި ރަނގަޅު އުޞޫލުތަކަކުން ހަމަޖެހިގެން ކުރަމުންދިޔަ ބައެއްގެ ގޮތުގައެވެ. ރަށްރަށުގެ ކަތީބުންނާއި...

މުޙައްމަދު ނަޒީފު
އޭސިއާ ސަރަހައްދުން 5 ވަނައަށް އެންމެ އިންޓަނެޓު އަގުބޮޑު ގައުމު

އޭސިއާ ސަރަހައްދުން 5 ވަނައަށް އެންމެ އިންޓަނެޓު އަގުބޮޑު ގައުމު

އިންޓަނެޓަކީ އަދުގެ ދުނިޔޭގައި އެޔާ ނުލާ ނޫޅެވޭނެ އެއްޗެކޭ ބުނެވިދާނެއެވެ. އަބަދުމެ އޭގެ ބޭނުން އަޅުގަނޑުމެން އެންމެން ކުރާ އެއްޗެކެވެ. އެންމެ ކުރުކޮށް ބުނަނީނަމަ އިންޓަނެޓަކީ އެއާއި ނުލާ މިއަދު ކޮފީ މޭޒެއްވެސް ފުރިހަމަ ނުވާނެ އެއްޗެކޭ ބުނެވިދާނެއެވެ. މި ޖަޒީރާ ދިވެހިރާއްޖެއަށް އިންޓަނެޓަކީ މުހިންމު އެއްޗެއްކަން ހާމަވާ އެއް ސަބަބަކީ ރާއްޖެއަކީ ނިސްބަތުން އިންޓަނެޓުގެ ބޭނުންކުރާ ފަރާތްތައް ގިނަ ގައުމަކަށްވެފައި، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގަ...

އަޙްމަދު މުޖުތަބާ

ވަކިބައެއްގެ ސިޔާސީ މަސްލަހަތަށް ފޫގަޅައިގެން ގުރުބާންވާ ލާމަރުކަޒީ ނިޒާމެއް ބޭނުމެއްނޫން

އަޅުގަޑު ހަނދާންވާގޮތުގައި ދިވެހިރައްޔިތުން ބޭނުންވީ އަތޮޅުވެރިޔާއާއި ކަތީބުންނަކީ ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށްވުމަށެވެ. އަދި ރަށްކުރިއަރުވާ ކޮމިޓީއާއި އަތޮޅު ކުރިއަރުވާ ކޮމިޓީއަކީ ވެސް ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށް ވުމަށެވެ. އަދި އެމީހުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް އިންތިޒާމުކޮށް ތަރުތީބުކަރަނީ އަތޮޅާއި ރަށުގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށްކަން ކަށަވަރު ކުރުމަށެވެ.  އެއްގޮތަކަށްވެސް މިލިޔަންމިލިޔަން ޑޮލަރުގެ އަގުބޮޑު ލޯކަލްގަވަނަންސް ނިޒާމެއް ރައްޔިތުން ބޭނުންވ...

މުޙައްމަދު ޝިހާބް
އެނޫންގޮތެއް ނެތްކަމަށް ގަބޫލުކޮށް މަރުކަޒުވެގެން ތިބިމީހުންނަށް ލާމަރުކަޒު ކުރެވިދާނެތަ؟

އެނޫންގޮތެއް ނެތްކަމަށް ގަބޫލުކޮށް މަރުކަޒުވެގެން ތިބިމީހުންނަށް ލާމަރުކަޒު ކުރެވިދާނެތަ؟

ލާމަރުކަޒު ކުރުމުގެ ވާހަކައިގެ ދެވަނަ ބާބަށް ޖެހިލާނަމެވެ. މަސްވެރިކަމަށް ދެވިހިފާފައި ހުރިމީހަކަށް، ދުވަހުގެ މަސައްކަތް ނިންމާލާފައި މަސްވެރިކަމުގެ ފިކުރުދޫކޮށްލާ ދަނޑުވެރިކަން ކުރިއަރުވަން ހޭބޯނާރާ އުޅެވޭނެކަމަށް ބުއްދިއަކަށް ގަބޫލެއް ނުކުރެވެއެވެ. ލާމަރުކަޒުކުރުމަށް ޖެހިފައި މިއޮތީ އެކަހަލަ ދަތުރެކެވެ. ލާމަރުކަޒުކުރުމުގެ އަމުރުހިންގާ އިދާރާ ނުވަތަ ގަވަންމަންޓް އޮތޯރިޓީ ހުންނަނީ މަރުކަޒީ ވެރިރަށުގެ ފަސްގަނޑުގައެވެ. އެތަނުގައި ތިބޭ އެންމެންނަކީ މަރުކަޒީވިސްނުމުގެ އެމަގަށް ހިތްކިޔާފައިތިބި، އެނޫ...

މުޙައްމަދު ޝިހާބް
ހުޅުމާލޭގެ ބިމަކީ މާލޭ ރައްޔިތުންނަށް އެކަނި ހައްގުވާތަނެއްތޯ؟

ހުޅުމާލޭގެ ބިމަކީ މާލޭ ރައްޔިތުންނަށް އެކަނި ހައްގުވާތަނެއްތޯ؟

މާލެއާއި އަތޮޅުތެރޭގެ ތަފާތު ކުރުން އިންތިހާއަށް ގޮސްފައިވާކަމުގެ ބަހުސް ކުރަމުންދާއިރު “މާލޭގެ ރައްޔިތުންގެ ހައްގުގައި” ވަނީ ވަކާލާތުކޮށްފައެވެ. “ހުޅުމާލެ” އެއީ ކޮން ބައެއްގެ ތަނެއްތޯ ކަނޑައަޅާ އެއީ “މާލޭ ރައްޔިތުންނަށް ހައްގުވާ” ތަނެއްގެ ގޮތުގައި މަޖިލިސް ތަޅުމުގައި ވާހަކަ ދެއްކުމުން މިއަދު މިވަނީ ބަހުސެއް ފެށިފައެވެ. “ހުޅުމާލެ” އެއީ “މާލެ” މީހުންގެ ރަށެއް؟ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ “ހުޅުމާލޭގެ ބިމަކީ...

އަލީ އަހުސަން
ދުނިޔޭގެ ބުއްދީގެ ބަލިތަކުގެ ދުވަސް

ދުނިޔޭގެ ބުއްދީގެ ބަލިތަކުގެ ދުވަސް

މިއަދަކީ މިއީ ދުނިޔޭގެ ބުއްދީގެ ބަލިތަކުގެ ދުވަހެވެ. ހިތާއި ސިކުނޑިއާއި ގުޅިފައިވާ ބުއްދީގެ ބަލިތަކަކީ އޭގެ ޒާތާއި އަސަރާއި ވޭނާއި ބެހޭގޮތުން އަޅުގަޑުމެންގެ މެދުގައި ހޭލުންތެރިކަން ވަރަށް ކުޑަ ބަލީގެ ބާވަތްތަކެކެވެ.   ބުއްދީގެ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންނަކީ “މޮޔައިން” ނުވަތަ “ބުއްދިހަމަނުޖެހޭ މީހުންގެ” ގޮތުގައި ބަލާ އުޅެއެވެ. އެއީ ތެދަކަށް ވެސް ވެދާނެއެވެ. ބުއްދީގެ ބައްޔެއްގައި އުޅޭ މީހަކު ބަލިކަމަށް ގަބޫލު ކުރުމަކީ އެހާމެ އުނދަގޫ ކަމެކެވެ. ވަރަށް ގިނަފަހަރަށް ބެލެވެނީ އެއީ އޭނާގެ [...

މުޙައްމަދު ޝިހާބް

ފުރިހަމަ ޑިމޮކްރަސީއަކަށް ދިވެހިންކުރި ދަތުރުގެ ނަތީޖާއަކީ؟

ފުރިހަމަ ޑިމޮކްރަސީއަކަށް 2008 އާއި ހަމަޔަށް ދިވެހިންކުރި ވަރުގަދަ ދަތުރުގެ ނަތީޖާއަކަށް ދިވެހިންނަށް ލިބުނީ ފިކުރުތަކަކަށްވުރެ ބޮޑަށް ވަކިމީހަކަށްޓަކާ ޖާނާމާލުން ގުރުބާންވާން ތައްޔާރަށްތިބި “ސިޔާސީ ޕާޓީ” ތަކެކެވެ. ގޭންގުތައް ކުލަބުތަކަށް ބަދަލުވެ އިސްލާހުވިއިރު، ޑިމޮކްރަސީގެ ހަގީގަތް އައީ އެއާ ދިމާ އިދިކޮޅަށެވެ.   އަޅުގަޑުމެންގެ ސިޔާސީ ޕާޓީތަކުގެ ހަގީގަތަކީ ކޮންމެވެސް ސަބަބަކަށްޓަކާ ވަކިމީހަކަށް ފިދާވާނެ ބަޔަކު އުފެއްދުމުގެ ހަރުގެ ތަކެކެވެ. ކޮންމެކަމެއް ކޮށްގެން، ކޮންމެފަދަ ގޮތަކުން ކަމުގައިވިޔ...

މުޙައްމަދު ޝިހާބް