ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ.
އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގައި ބަލާފައިވަނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ބަލަހައްޓަމުންދާ، ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިގެންވާ ސަރަހައްދުތަކުގެ ލިސްޓާއި، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މައުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް) އާއި މިހާރަށް ލިބެންހުރި ދިރާސާ ރިޕޯޓްތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 93/4) ގެ 4 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިދޭ ބާރުގެ ދަށުން 17 ޖޫން 2019 އިން ފެށިގެން ހއ. ބިލެތްދޫ ތިލަ ސަރަހައްދު ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމަށް ވަނީ ކަނޑައަޅާފައެވެ. ”ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރައްދެއް“ މިސިލްސިލާގެ ދަށުން ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ހއ. ބިލެތްދޫ ތިލަ ސަރަހައްދާއި އާއިބެހޭ މަޢުލޫމާތު ހިއްސާކޮށްލާނަމެވެ.
ހއ. ބިލެތްދޫ ތިލަ
ބިލެތްދޫ ތިލައަކީ އިހަވަންދިއްޕޮޅު އަތޮޅު އުތުރުބިތުގައި އޮންނަ 227 ހެކްޓަރުގެ ތިލައެކެވެ. ބިލެއްދޫ ތިލަ ސަރަހައްދުގައި ހިމެނެނީ ބިލެއްދޫ ތިލައާއި އިންނަފިނޮޅެވެ. މިތިލައަކީ ރާއްޖޭގެ އެންމެ އުތުރުން ފީނާ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ތިލައެވެ. މިތިލައަކީ، އެކި ނަސްލުތަކުގެ ދިރުންތައް ގިނައަދަދަކަށް އުޅޭ، ރާއްޖޭގެ ނިސްބަތުން ގުނާލެވޭ މަޝްހޫރު ޑައިވް ސައިޓެކެވެ.
މިތިލަ ޚާއްސަވެފައިވަނީ އެއް ސަރަހައްދަކުން އެންމެ ގިނަ ބާވަތް ބާވަތުގެ ކަނޑުއަޑީގެ ދިރުންތައް ގިނަ އަދަދަކަށް ފެންނަ ސަރަހައްދެއްގެ ގޮތުގައި ނުވަތަ "އެކުއޭރިއަމް" އެއްގެ ގޮތުގައެވެ. މިގޮތުން އެންމަޑި، މާހުޅުނބު ލަނޑާ، މިޔަރު، ވެލާކަހަނބު ފަދަ މުޙިއްމު ދިރުންތައް ދިރިއުޅެއެވެ. އަދި މިތިލަ ސަރަހައްދުގައި މަންޓާ ކްލީނިން ގ ސްޓޭޝަނެއް ހިމެނެއެވެ.
މިގޮތުން 20 މީޓަރު އަޑީގައި ތަފާތު ބާވަތުގެ ދިރުންތަކާއި، އެއަށްވުރެ އަޑީގައި ބޮޑެތި ހޮހަޅަތަކެއްވެސް ހުރެއެވެ. އަދި މިހޮހަޅަތައް ފުރިފައިވަނީ، ގިނަ އަދަދެއްގެ ނިދަން މިޔަރު (Shark Nurse) އިންނެވެ. އަދި މިތިލައިގެ ވަށައިގެން އެންމަޑި (Ray Manta) އާއި ވޮށިމަސް (Tuna Dogtooth) ގިނަ އަދަދަކަށް ފެނެއެވެ. އިންނަފިނޮޅަކީ ގިނައަދަދެއްގެ ކަނޑުމަތީ ދޫނި ޖަމާވެ އުޅޭ، ބިސްއަޅާ ވިހާ އާލާވާ ރަށެކެވެ.
ޙިމާޔަތްކުރާ ސަރަހައްދުގެ އިންތަކާއި މިންތައް އަދި ޒޯނޭޝަންގެ ތަފްޞީލު:

ގުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
ގިންތި 6 :ސްޕީޝީސް/ހެބިޓެޓް މެނޭޖްމަންޓް އޭރިއަރ
މި ސަރަހައްދުގައި ކުރުން މަނާ ކަންކަން:
1 .އެމަޖެންސީ ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ހާލަތެއްގައި މެނުވީ ނަގިލިލުން
2 .ދޫނިސޫފާ ސޫފި ހިފުމާއި ނެގުމާއި މެރުން އަދި މިފަދަ ދިރުންތަކުގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުން ދިނުން
3 .ވެލި، މުރަކަ، އަކިރި، ނެގުން
4 .ކުނި އެޅުން
5 .ދަނޑުވެރި ކަމުގެ މަސައްކަތް ކުރުން
6 .ކަޅުފަސް ނުވަތަ ދޮންފަސް ނެގުން
7 .އެކުއާ ކަލްޗަރ / މެރިކަލްޗަރ ގެ މަސައްކަތްތައް ކުރުން
8 .ގަސް ގަހާއި ގެހި ކެނޑުން، އުފުރުން، ގެއްލުންދިނުން
9 .ރަށުން ބޭރުން ގެނެސްގެން އެއްވެސް ބާވަތެއްގެ ގަހެއް/އޮށެއް އިންދުން
10 .އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާ ރަފުކުރުން
11 .ބިންހިއްކުމާއި ފަޅު ފުންކުރުން
12 .އަލިފާން ރޯކުރުމާއި އެންދުން
ޅ. ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ޚާއްސަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަން:
1 .އިންނަފިނޮޅާއި ވަށައިގެންވާ ފަޅާއި، ފަރަށް އާއްމުން / ފަތުރުވެރިން ޒިޔާރަތްކުރުން
2 .ދިރާސާ ކުރުން
3 .ދިވެހިން ޒަމާނުއްސުރެ ކުރަމުން އައި ގޮތަށް އެންވެރިކަމާއި، މުނިފޫހި ފިލު ވުމަށް މަސްވެރިކަން ފިޔަވައި އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުން
4 .ހިކިފަން، ކާށި، ދަރު، މަދު ހޮވުން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!