ދޮންބަންޑާރައިން ނުވަތަ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން އިސްވެ ހުންވައި ހޮޅިން (މަލަބާރީން)ގެ އަތް ދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ރޭ ވަނީ ނަދުރުފުޅެއް ވިދާޅުވެފައެވެ. މި ނަދުރުފުޅު ލިޔެފައި އޮތީ މެދު ޒިޔާރަތުގައި އޮތް ހައިވަކަރު ފިލާގަނޑެއްގައެވެ.

ދޮންބަންޑާރައިންގެ ނަދުރުފުޅު އޮތް ފިލާ ފާހަގަ ކުރެއްވުނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު އިބްނު އައްސުލްޠާން އިބްެރާހީމް ނޫރައްދީން އިސްކަންދަރު ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނަށް ރަސްކަމަށް ކޮލިލެއްވި ދުވަހު މެދު ޒިޔާރަތަށް ޒިޔާރަތް ކުރައްވައި އެ ޒިޔާރަތުގެ އެތެރެއަށް ވެދެވަޑައިގެން ޞަލަވާތް ފާޠިޙާ ވިދާޅުވެފައި އެތަނުގެ އެތެރެ ބައްލަވާލެވި ހިނދުގައެވެ. އެ ފިލާފައި ލިޔެފައި އޮތީ މިހެންނެވެ.

Ad
d

" بسم الله الرحمن الرحيم هجران ހާހާއި އެއްސަތޭކަ ފަސްދޮޅަސް ހަވަނަ އަހަރު صفر މަހު ބުދަ ތޭރަ ފޮއިވިލޭރޭ ދަނަރާހިން އެގާރަޔަށް އައި، ކަންނަންނޫރު علي راجا ފޮނުވީމައި، ކަންނަންނޫރުން ބަޔަކު ހޮޅީން އައިސް މާލެޔަށް އަރައި އެތެރެކޯލާއި ރަށުން ފަސްދޮޅަސްތިން ގޯއްޗާއި، ތިން މިސްކިތާއި، ތިން ގަޑުވަރާއި، ހުޅުލާއި ދަވައިފައި، މާލެ ހިފައިގެން މިވޭލާ ފުރަމާލޭ تخة އިންނެވި السلطان مکرم محمد عماد الدين ސިރީ ނަވަރަންނަ ކީރިތި މަހާރަދުނާއި މިރަދުންނާ އެއްކިނުފަން السلطان ابراهيم ރަދުނަށައުފަން محمد ކަލަމިންޖާއި، މިދެބޭކަލުން އޮޑިޔަކަށް ލައިގެން ކަންނަންނޫރަށް ގެންގޮސްފައި މިދިވެހިރާއްޖޭގައި علي راجاއަށް ތާނިޔާކިޔައި ސިއްކަ ހިންގާފޫ. ދެން ހޮޅީން ލަސްކަރީން ކޯއްޓެތަކާ މިގަޑުވަރުގައި ލައިގެން ރަސްކަންމަތީ މަލިކު محمد ބަންޑޯރު މަނިކު އިދެއްޖައޫ.

ދެން މިއަހަރުމެ جمادي الآخر مه ތިނެއް ވީ އާދީއްތަވިލޭރެއި مناجا وقة ގައި ހުރައި ފާމުލަދޭރި އަޅާގެ ފުތް حسن އަޅާއި، محمد ގަދަހަމާންތި އަޅާގެ ފުތް حسين ގަދަހަމާންތި އަޅާއި އޮޅިގެނާއި އަޅާގެ ފުތް حسن އޮޅިގެނާއި އަޅާއި، محمد މޭނާ އަޅާގެ ފުތް عمر މޭނާ އަޅާއި މިހަތަރު އަޅަން ސަރުދާރުވެ މިعمر މޭނާ އަޅާގެ އެއްބަޑު ފަޑިއަތް އަޅާ މިކަމުގެ ނަސޭހަތްތެރިއަކުކަމު ބަސް އަހައި މިކަންތައް ހަދާނޭ މަގުތަކާއި އެންމެ ކަންތަކުގެ ނަސޭހަތް މިފަޑިއަތްއަޅާ ކުރެން އަހައި މިބުނި ހަތަރު އަޅުން ސަރުދާރުވެތިބެ ހަގުބޭކަލުންގެ މީސްފުޅަކާއި މެދުކެބީންނާއި، خلاصيކަލޯއިންގެ މީހުނާއި އެކު ފަސްދޮޅަސް މީހުން ގޮވައިގެން މިހަތަރު ސަރުދާރުބޭކަލުން ހޮޅީންނާއި ތޮޅޭން ނުކުންނާން އުޅެމުން ސިލޭހައެއް ނުލައި ހުސްއަތާ މިއެންމެ އަޅުތަކުން ދާންއުޅޭކަމުގެ ބިރުގައި عمر މޭނާއަޅާއި حسن އޮޅިގެނާއި އަޅާއި އަނެއް ދެކަލުންގެ ބަހާއިއެކު ނުކުމެ شيخ يوسف التبރޭޒީގެފާނު ޒިޔާރަތްދޮށު ތިބެ ބުނި ނަދުރީ:

May be an image of text

ތިމަންގެ ހަތަރުކަލުން ސަލާމަތުން ތިބެ މިހިތައިދާ މުރާދު حاصلކުރައްވައި މިދިވެހިރާއްޖެ ދިވެހީންނަށް ملك ކުރައްވައި ދެއްވައިފިއްޔާއި ކައުنبىކަލޭގެފާނުންގެ ޒިޔާރަތްފުޅަށް މިފުރަމާލެ ލައިފީމާވެ. އަންދުވަހު އާދައިގައި ނަގާ ވާރު މެނުވީ އިތުރުން، ރާއްޖޭ رعية ފުނަވާރެއް ނާޅާނެމާވެ. ހޮޅީން ބަތްޕެން ކެއްކި ކުޑާރަށް މިތަބުރޭޒުގެފާނުންގެ ޒިޔާރަތަށް ލައިފާނެމާވެ. މިދިވެހިރާއްޖޭގެ ރަސްކަންކުރައްވާން تخة ގައި އިންނެވި ސާހިބަކައި މިނަދުރު ފުއްދުން މަތިކޮށްފާނެމާވެ.

މިހެން މިނަދުރު ބުނެފައި މިހަތަރު ސަރުދާރު އަޅުން ސަރުދާރުވެ މީސްފުޅު ގޮވައިގެން ހޮޅީން ތިބި ތަންތަނަށް ސިލޭހައަކާއި ނުމެލައި ދިޔައިމުން މާތްކަލާގެ އަޅަމެންގެ ކައު ނަބީކަލޭގެފާނަށް ބުނި ނަދުރުގެ بركاتٌ ހޮޅީން އަތުން މިރާއްޖެ ބަރީއަވެ ފުރަމާލެ ދިވެހީންނަށް ملك ވެއްޖެހިދު ދެން މިނަދުރު ފުއްދައި ރަސްކަންކުރެއްވުމަށް މިފުރަމާލޭ تخة ގައި އިންނެވި ކޮންމެ ސާހިބަކުމެ މިފުރަމާލޭ މަތިން ކޮންމެ އަހަރަކު ފަންސާސް ކޮއްޓެއި ބޮލި ފުރަބަންޑާރަ ކިބައިން ޒިޔާރަތްފުޅަށް ފޮނުއްވައި ރަސްކަންކުރެއްވުމަށް މިނަދުރުގެ ތައުލީއަމޫލަވެރިކަން އެފަހަރަކު تخة ގައި އިންނެވި ސާހިބަކު މަތިކޮށްފިކަމުގެ ހަދާނަށް މިހަތަރު ސަރުދާރު އަޅުންގެ ހުއްދަވިދާޅު ބަހާއެކު މާންދޫ الحاجى محمد ހަދޭގިރި އަޅާލީން شهر جماد الآخر سنة من هجرة النبي الطاهر عليه وعلى آله وأصحابه الصلاة ما غنة الطائر ١١٦٧ سنة"

May be an image of text

Ad
df

މައުލޫމާތު:
ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (1958- 1966) ދިވެހި ތާރީޚަށް އައު އަލިކަމެއް، ދެވަނަ ޗާޕު، 1990