މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމު އިހަވަންދޫ ޢަލީ ސުޒޭނު އަށް
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، ހއ. އިހަވަންދޫ، ކުދިމާގެ، ޢަލީ ސުޒޭނު އަށް ލިބިވަޑައިގެންފިއެވެ. ޢަލީ ސުޒޭނަށް އެ އިނާމު ހަވާލުކޮށް ދެއްވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ނުވަތަ ލެވެލް 8، ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލުކ...