މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، ހއ. އިހަވަންދޫ، ކުދިމާގެ، ޢަލީ ސުޒޭނު އަށް ލިބިވަޑައިގެންފިއެވެ.

ޢަލީ ސުޒޭނަށް އެ އިނާމު ހަވާލުކޮށް ދެއްވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

Ad
rt

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ނުވަތަ ލެވެލް 8، ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވި ފަރާތްތަކުގެ ތެރޭގައި ހިމެނި، ޢަލީ ސުޒޭނަށް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަތީ އޭނާ މެލޭޝިޔާގެ، ޔުނިވަސިޓީ ޓެކޮނޮލޮޖީ މެލޭޝިޔާއިން 2019 ވަނަ އަހަރު މާސްޓަރސް އޮފް އިންޖިނޭރިން އިލެކްޓްރޯނިކްސް އެންޑް ޓެލެކޮމިޔުނިކޭޝަން ކޯހުން 1 ވަނަ ހޯއްދަވައި، އެ ކޯހުން ބެސްޓް ސްޓޫޑަންޓް އެވޯޑް ހާސިލް ކުރަށް ވާފައިވާތީ އެވެ.

ޢަލީ ސުޒޭނު މިހާރު ހުންނެވީ ހއ. އިހަވަންދޫ ސްކޫލްގެ ލީޑިން ޓީޗަރގެ މަޤާމްގައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަތް ފަރާތްތައް:

މާސްޓަރޒް ޑިގްރީ

  1. އަލްފާޟިލާ މަރްޔަމް އަނާ ޙަސަން، މއ. ހުދުއާނު
  2. އަލްފާޟިލް ޢަލީ ސުޒޭނު، ކުދިމާގެ، ހއ. އިހަވަންދޫ
  3. އަލްފާޟިލާ މުންޝިދާ އިބްރާހީމް، ގ. އޮނުހިރި
  4. އަލްފާޟިލާ ޢުޒްމާ ޢަބްދުއްލަޠީފް، މ. ކޮކާވިލާ
  5. އަލްފާޟިލް އަޙްމަދު ފިޟާލް، ވެނީލާގެ، ރ. އަލިފުށި
  6. އަލްފާޟިލާ މަރްޔަމް ނަޒާހާ، މ. ލުނާވަ
  7. އަލްފާޟިލާ މަރްޔަމް މޫނިސާ ޙުސައިން، ކަރަންކާވިލާ، ސ. ފޭދޫ
  8. އަލްއުސްތާޛާ އާމިނަތު ރަޝްފާ، ދިލާސާގެ، އއ. ފެރިދޫ
  9. އަލްއުސްތާޛާ އާމިނަތު އީމާން ޢަބްދުލްޣަފޫރު ، މއ. ރޯޒް 1

ބެޗްލަރސް ޑިގްރީ

  1. އަލްފާޟިލާ ފާޠިމަތު މިޒުނާ، ކަނީރުހިޔާ، ރ. ރަސްގެތީމު
  2. އަލްފާޟިލާ ޢާއިޝަތު ލަމްޙާ ޙުސައިން ރަމީޒު، ވާދީ، ނ. ކުޑަފަރި
  3. އަލްއުސްތާޛު ޙަސަން ސާމިލު، ތަރި، ޅ. ކުރެންދޫ
  4. އަލްފާޟިލާ އަމާނީ އަޓިއެނޯ އޮންޔަންގޯ، ގ. ކިސޫމޫ

ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މި ނޫން ވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދެވީ:

  • އަލްފާޟިލާ ސިފުނާ އިބްރާހީމް، ފެހިވާދީ، މ. މުލައް
  • އަލްފާޟިލާ މިޝްކާ އަފްރާޙް ޙަސަން ، ހ. އަރުމްލިލީ
  • އަލްފާޟިލް ޙުސައިން ޒަޔާން ޝަހީދު ޒަކީ، މ. ނޫރާނީގެ
  • އަލްފާޟިލާ ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު، ދަފްތަރު ނަންބަރު ރސ 4843
  • އަލްފާޟިލާ އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤު، ދަފްތަރު ނަންބަރު ރސ 4844
  • ސްޓާފް ސާޖަންޓް ޙަސަން ސާއިދު، ނިޔަމި، ކ. ގާފަރު

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ލިބިވަޑައިގަތީ، 20 ބޭފުޅަކަށެވެ. މި ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި، އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުން ނުވަތަ މި ނޫން ވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 6 ބޭފުޅެކެވެ.