ރާއްޖޭގެ ޑިޖިޓަލް ވެށި ބަދަލުކޮށްލަން ސޮވްރިން ކްލައުޑް ސެންޓަރަކާއި ސްމާޓް ޓްރެފިކް ނިޒާމެއް ތައާރަފުކުރަނީ
ދިވެހިރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ސަރުކާރުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ‘ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރ’ އެއް ޤާއިމުކުރުމަށާއި، ޓްރެފިކް މައްސަލަތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު، ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ދެއްކެވި ވާހަކައިގައެވެ. ވަޒީރުގެ ވާހަކ