ކަނޑިންމަ ރިސޯޓުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ކޯވިޑް ބަލީގައި ނިޔާވެފައިވާ، މަރްޙޫމް އާދަމް ނަސީރާއިމެދު އިހުމާލުވި ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ގޮވައިލާ ފަށާފައިވާ ކެމްޕެއިންގެ އަޑު ނުކެނޑެއެވެ. މަރުޙޫމް އާދަމް ނަސީރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ ފަރާތްތަކުން ދަނީ އަދިވެސް އެކަމަށް ގޮވައިލަމުންނެވެ.
މިގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ޖަމިއްޔާ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން މިއަދު ޓުވީޓާގައި އާންމުކުރި މެސެޖާއިއެކު، އިތުރަށް މިވަނީ މި ކެމްޕެއިންގެ ވަރު ގަދަ ވެފައެވެ.
މި ކެމްޕޭނަކީ ހުސްވި ނޮވެމްބަރު މަހުގެ މެދެއްހާ ހިސާބުން ފެށިގެން ކުރިއަށްދާ ކެމްޕެއިނެކެވެ. މި ކެމްޕޭނުގައި ''ޓީމް''އިން ވެސް ދަނީ އޭރުއްސުރެ ބައިވެރި ވަމުންނެވެ.
''ހަދާނެތް ނުނެތޭނެ! ވަރަށްހާލުދެރަވި ދުވަހެއްގައި ބުނި “މިތަނުގައި އުޅެނީއިންސާނުންހޭ، މިވަރަށް ކިޔާއިރުވިސް އަޅައެއް ނުލިއޭ”: މަރުހޫމް އާދަމް ނަސީރު، އިހުމާލުވިފަރާތްތަށްހޯދާ، އިހުމާލަށްފިޔަވަޅުއަޅާ''
ޓީމުން މިއަދު އާންމު ކުރި މެސެޖުގައި ބުނެފައިވެއެވެ.
އެ މެސެޖުގައި އިތުރަށް ދޭ މެސެޖުތަކެއް ވެސް ޓީމުން ވަނީ އާންމުކޮށްފައެވެ. މި ގޮތުން ޓީމުން ކުރި ޓްވީޓްގައި ފެންނަ ފޮޓޯތަކުން އެތައް މެސެޖެއް ދެއެވެ.
''މިއަދު އާދަން ނަސީރުބެ، މާދަމާ ކާކުބާ؟ މަސައްކަތްތެރީންގެ ހައްގުތަކަށް އިހްތިރާމް ކުރޭ، އާދަން ނަސީރުބެއަށް އިންސާފު ހޯދައިދީ، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅުއަޅާ''
ޓީމްގެ އިތުރު މެސެޖެއްގައި ބުނެފައިވެއެވެ.
ހަދާނެތް ނުނެތޭނެ! ވަރަށްހާލުދެރަވި ދުވަހެއްގައި ބުނި “މިތަނުގައި އުޅެނީއިންސާނުންހޭ، މިވަރަށް ކިޔާއިރުވިސް އަޅައެއް ނުލިއޭ” މަރުހޫމް އާދަމް ނަސީރު . #އިހުމާލުވިފަރާތްތަށްހޯދާ #އިހުމާލަށްފިޔަވަޅުއަޅާ @presidencymv @KerafaNaseem @hrcmv @HPA_MV @TEAMmaldives @mtucMV @MoTmv pic.twitter.com/qjmhbjoQwQ
— TEAM (@TEAMmaldives) December 23, 2020
ރައީސް އޮފީހާއި، ހެލްތު މިނިސްޓަރު އަޙްމަދު ނަސީމާއި، އެޗްއާރުސީއެމްއާއި، އެޗްޕީއޭއާއި، ޓޫރިޒަމް މިނިސްޓްރީވެސް ޓެގްކޮށްފައިވާ ޓީމްގެ މި ޓުވީޓާއިއެކު ކުރިއެކޭ އެއްފަދައިން ހައްގުތަކަށް ވަކާލާތުކުރާ ގިނަ ބަޔަކު ވަނީ މަރްޙޫމް އާދަމް ނަސީރަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވާލާފައެވެ. މީގެ ތެރޭގައި ސިއްޙީ ދާއިރާގެ މަސައްކަތްތެރެއިން މަސްލަހަތާއި، ހައްޤުގައި އަދި އިނާޔަތްތައް ކުރިއަރުވައި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާ، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔުނިއަން (އެމްއެޗްޕީޔޫ) ވެސް ހިމެނެއެވެ.
“Break the Silence, Everyone has a Role to Play”
“ހަނު ނުތިއްބަވާ - ކޮންމެ މީހެއްގެވެސް ޒިންމާއެއް އެބައޮތް”
ދައުލަތުގެ މުއައްސަސާތައް އަދިވެސް ތިއްބެވީ "ހަނު"#BreakTheSilence #OSH #passOSHBill @HPA_MV @PoliceMv @hrcmv @SolidarityCntr @ILOColombo @MoHmv https://t.co/62kZgmkHr6— Maldives Health Professionals Union (MHPU) (@MaldivesHPU) December 23, 2020
އާދަމް ނަސީރު ކަނޑިންމަ ރިސޯޓުގައި ވަޒީފާއަދާކުރަން ހުއްޓައި، ބަލިވެ ހާލު ސީރިއަސްވުމާއި ގުޅިގެން ދ. އަތޮޅު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައީ އޮކްޓޯބަރު 30 ވަނަ ދުވަހެވެ. އޭނާ ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ނިޔާވިފަހުންނެވެ. އޭނާ ކޯވިޑަށް ޕޮޒިޓިވްތޯބެލުމަށް ނެގި ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ އޭނާ ވަޅުލި ފަހުން އޮކްޓޯބަރު 31 ވަނަ ދުވަހުގެ ވަގުތެއްގައިކަމަށް ދ. އަތޮޅު ހޮސްޕިޓަލުން ވަނީ އެދުވަހު ބުނެފައެވެ.
Role to Play”
“ހަނު ނުތިއްބަވާ - ކޮންމެ މީހެއްގެވެސް ޒިންމާއެއް އެބައޮތް” #OSH #BreakTheSilence@HPA_MV @PoliceMv @hrcmv @SolidarityCntr @ILOColombo
ދައުލަތުގެ މުއައްސަސާތައް "ހަނު' ތިއްބެވީ އަދިވެސް https://t.co/np2398R3IC— Mauroof-TEAM (@MateyZakir) December 23, 2020
ނަސީރުގެ މަރާ ގުޅިގެން، އޭނާ ހިމެނޭ ދާއިރާ ރައްޔިތުންގެ މަޖިލިސްގައި ތަމްސީލް ކުރަށްވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަނީ ނޮވެމްބަރު 10 ވަނަ ދުވަހު މަޖިލިސްއަށް ކުއްލި މައްސަލައެއްވެސް ހުށަހަޅުއްވާފައެވެ. އެ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން އޭނާ އެދުވަހު ވަނީ ނަސީރު ނިޔާވީ ބަލިވެ، ޑޮކްޓަރަށް ދައްކަން ދިޔުމަށް އެދިއެދި އެ ފުރުޞަތު ރިސޯޓު މެނޭޖްމަންޓުން ދިނުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައި ވަނިކޮށް ކަމަށް ވިދާޅުވެފައެވެ. އަދި ނަސީރުގެ ކިބައިން ކާތަކެތީގައި ރަހަ ނުލުން ފަދަ ކޯވިޑްގެ އަލާމާތްތައް ފެންނާތީ ކޯވިޑަށް ޓެސްޓް ކުރުމަށް ވެސް އެދިފައިވާ ކަމަށެވެ.
އާމިރު އެދުވަހު ވިދާޅުވީ މަޖިލީހުން ހުއްދަ ދެއްވައިފިނަމަ ނަސީރު ފަރުވާއަށް އެދި ކުރި އާދޭހާއި ގުޅޭ ހެކިންގެ އޯޑިއޯވެސް މަޖިލިސްގެ ތަޅުމުގައި އިއްވަން ތައްޔާރަށް ހުންނެވިކަމަށެވެ. އަދި ނަސީރުގެ މަރާއިގުޅިގެން ރަށުގައިހުރި އޭނާގެ ދޮށީ ދަރިފުޅު ދ. އަތޮޅު ޕޮލިހަށް މައްސަލަ ހުށަހެޅުމުން ޕޮލިސް ސްޓޭޝަނުން ފޯނުނެގި އޮފިސަރު މުއާމަލާތް ކުރެއްވީ ނަސީރުގެ ދަރިފުޅު ވަރަށް މާޔޫސްވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
''ތިހެން ތިމައްސަލަ ހުށަހެއެއް ނޭޅޭނޭ ބުނުމަށްފަހު ފަހުން ގުޅާފައި ވެރިއަކު އެ މައްސަލަ ބަލަން ވެރިއަކު ހުއްދަދިންކަމަށާއި، އެމައްސަލަ ބަލަން ހުށަހެޅުމަށް ބުނި، ނަމަވެސް އަދި މިއަދާއި ހަމައަށް ވެސް އޭނާގެ ބަޔާން ނަގާފައި ނުވޭ''
އެދުވަހު އާމިރު ވިދާޅުވިއެވެ.
އާދަމް ނަސީރު، 60، ނިޔާވީ ކޯވިޑް-19ގެ އަލާމަތްތަކާ އެކު، ބަލިވެ އުޅޭތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އޭނާ ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ، ހާލު ގޯސްވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ނިޔާވި ފަހުން، ކޯވިޑަށް ޓެސްޓް ކުރުމުން ކަމަށްވީއިރު، ހުން އައުމާ އެކު އާދަމް ނަސީރު ފަރުވާ އަށް ފޮނުވައިދޭން ރިސޯޓުގައި ތަކުރާރުކޮށް އެދުމުން ވެސް އެ އިންތިޒާމު ހަމަޖައްސައި ނުދީ އިހުމާލުވި ކަމުގެ ތުހުމަތު އާއިލާ އާއި އޭނާ އެކު މަސައްކަތް ކުރާ ބައެއް މުވައްޒަފުން ކުރެ އެވެ. މި ތުހުމަތު ރިސޯޓުން ވަނީ ދޮގުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!