''ސޭވް މޯލްޑިވްސް'' އިން ''މެންގްރޫވް އާރޓް ކޮންޓެސްޓް''ގައި ނޭކުރެންދޫ ސްކޫލުން ހޯދި ކާމިޔާބީ ފާހަގަކޮށްފި
ރާއްޖޭގެ ތިމާވެށީގެެ ހިމާޔަތުގައި ވަކާލާތުކޮށް މަސައްކަތް ކުރާ ”ސޭވް މޯލްޑިވްސް” ހަރަކާތުގެ ފަރާތުން، ”19 ވަނަ މެންގްރޫވް އާރޓް ކޮންޓެސްޓް” ގައި ހދ. ނޭކުރެންދޫ ސްކޫލުން ހޯދި ކާމިޔާބީ ފާހަގަކޮށް، ބަޔާނެއް ނެރެފިއެވެ. ބައިނަލް އަޤަވާމީ މި ކުރެހުމުގެ މުބާރާތުން ނޭކުރެންދޫ 3 ދަރިވަރަކު ފަޚުރުވެރި ވަނަތައް ހާސިލް ކޮށްފައިވާއިރު، މި މުބާރާތުގައި އެ ސްކޫލުން ބައިވެރިވެފައި ވަނީ ”ސޭވް މޯލްޑިވްސް” ހަރަކާތުގެ އެހީތެރިކަމުގެ ތެރެއިންނެވެ. މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް) ގެ ފަރާތުން އިންތިޒާމުކޮށްގެން...