މަކުނުދޫ މޮނިޓަރިން ހާލަތުން ނަގައިފި
ހދ. މަކުނުދޫ މޮނިޓަރިން ހާލަތުން ނަގައިފިއެވެ. މަކުނުދޫ ސިއްހީ މަރުކަޒުން މިރޭ ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭގެ ވަގުތެއްގައި އެރަށް މޮނިޓަރިން ހާލަތުން ނަގާފައިވާ ކަމަށެވެ. މޮނިޓަރިންގެ ހާލަތުގައި މަކުނުދޫގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް، އެ މަރުކަޒުގެ ފަރާތުން ވަނީ މަކުނުދޫ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. މިމަހުގެ 14 ވަނަ ދުވަހު މަކުނުދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވުމުގެ ސަބަބުން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މި މަހުގެ 15...