ކޯވިޑް-19 ޕޮޒިޓިވް ކޭހަކާއި ގުޅިގެން މޮނިޓަރިން ހާލަތުގައި އޮތް ހއ. މަކުނުދޫން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ.
މަކުނުދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްކަން އިނގިފައި ވަނީ އިއްޔެއެވެ.
އެ ކޭހާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ބެލެވުނު 14 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރެވިފައިވާ ކަމަށް މަކުނުދޫ ކައުންސިލުން ވަނީ ހާމަކުރަށްވާފައެވެ. އަދި އެ ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ވެސް ނެގެޓިވްކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މަކުނުދޫ މޮނިޓަރިންގައި އޮތުމާއެކު ހުރިހާ ރައްޔިތުން ވެސް ރައްކާތެރިކަން ކަށަވަރުކޮށް، މާސްކު އެޅުމަށާއި، އަދި ގޭގައި މަޑުކުރުމަށް މަކުނުދޫ ކައުންސިލުން ވަނީ އިލްތިމާސް ކުރަށްވާފައެވެ.
އެރަށް މޮނިޓަރިން ހާލަތުގައި އޮތުމުން މަކުނުދޫ ކައުންސިލުން ވަނީ ރޭގަނޑު 21:00 އިން ފަތިހު 4:00 އަށް ކާފިއު ގަޑިތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
މީގެ ކުރިންވެސް ކޯވިޑްގެ ސަބަބުން އެރަށް ވަނީ، މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!