ހދ. ނެއްލައިދޫ ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.
މިއީ ނެއްލައިދޫން ޕޮޒިޓިވް ކޭހެއް ފެނުނު ފުރަތަމަ ފަހަރެވެ.
ނެއްލައިދޫ ކައުންސިލުން ވިދާޅުވި ގޮތުގައި، އިއްޔެ އެރަށު ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
އެހެންކަމުން އެރަށުގެ ރައްޔިތުން ޒަރޫރީ ބޭނުންތަކަށް ފިޔަވައި ގެއިން ބޭރަށް ނުނުކުތުމަށާއި، ރައްކާތެރިކަމަށް އިސްކަންދީ، މާސްކު އެޅުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކުރަށްވާފައެވެ.
"ކޯވިޑް 19 ގެ އެއްވެސް އަލާމާތެއް ހުރި ފަރާތެއްވާނަމަ ލަސްނުކުރައްވާ 7801618 ނުވަތަ 7714317 ނަންބަރާއި ގުޅުއްވާ ރިޕޯޓް ކުރެއްވުމަށް ދަންނަވަމެވެ. މިކަމާއި ގުޅިގެން ކޮންޓްރެކްޓް ޓްރޭސް ކުރުމާއި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންދާވާހަކަ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ."
ނެއްލައިދޫ ކައުންސިލުން ވިދާޅުވެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނެއްލައިދޫން ޕޮޒިޓިވްވެފައި ވަނީ އެރަށު ސްކޫލްގެ ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުންދިޔަ ދަރިވަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!