ށ. ފީވަކުން އިތުރު 4 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، 18 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
އަލަށް ޕޮޒިޓިވްވި މީހުންނަކީ މިމަހުގެ 13 އަދި 14 ވަނަ ދުވަހު ނެގުނު 15 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި 4 މީހުންނެވެ. ބާކީ ސާމްޕަލްތައް ވަނީ ނެގެޓިވްވެފައެވެ.
މިވަގުތު ވެސް އެރަށުގައި ބަލި ޖެހިފައިވާ 87 މީހަކު އެބަތިއްބެވެ. އަދި 30 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މިވަގުތު ފީވަކުގެ 22 ގެ އެއްގައި ބަލިޖެހިފައިވާ މީހުން އެބަތިއްބެވެ.
މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް އޮތީ ބަންދުވެސް ކޮށްފައެވެ.
ވެރިރަށް މާލެއިން ޕޮޒިޓިވްވާ ނިސްބަތް ދަށްވެފައިވީނަމަވެސް، އަތޮޅުތަކުން އަދިވެސް ދަނީ އިތުރު ރަށްތަކުން ޕޮޒިޓިވް ކޭސްތައް ފެންނަމުންނެވެ.
މިގޮތުން މުޅިރާއްޖެއަށް ބަލާއިރު އިއްޔެ ވަނީ 152 މީހަކު އަލަށް މިބަށްޔަށް ޕޮޒިޓިވްވެފައެވެ. އެއީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 29 މީހަކާއި، އަތޮޅުތަކުގެ ރައްތަކުން ޕޮޒިޓިވްވި 83 މީހެކެވެ. ރިސޯޓުތަކުން 40 މީހަކު ޕޮޒިޓިވްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!