ފީވަކަށް އިތުރު ހާސްކަން، އިތުރު 19 މީހަކު ޕޮޒިޓިވްވެއްޖެ
ށ. ފީވަކުން އިތުރު 19 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. ފީވަކު ކައުންސިލް ރައީސް ޢަލީ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ، އެރަށުން އިތުރު 19 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަލަށް ޕޮޒިޓިވްވި އެންމެންނަކީ ވެސް ކުރިން ޕޮޒިޓިވްވި މީހުންނާއި، ސީދާ ބައްދަލުވި މީހުންކަމަށް އޭނާ ވިދާޅުވިއެވެ. “މިހާރު ވެސް މިދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ އިތުރުން ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރަމުން، އަލާމާތް ފެނިގެން އަމިއްލައަށް ވެސް ސާމްޕަލް ނަގަން ބޭނުންވެގެން އެބަ ރިކުއެސްޓް […]