މިހާރު ބޭނުން ވަނީ ހަގީގީ ޑިސެންޓްރަލައިޒޭޝަނަށް ބޭނުންވާ ވަޒީފާތައް އަތޮޅުތެރެއަށް ބަދަލު ކުރަން ފެށުމުގެ ހިތްވަރު ކަމަށް ރާއްޖޭގެ އިގްތިޞާދު ދިރާސާކުރައްވާ އަދި އިގްތިސާދީ ތަޖުރިބާކާރެއް ކަމަށްވާ އާތިފް ޝުކޫރު ވިދާޅުވެއްޖެއެވެ.
އެމްއެމްއޭއާއި، މިފްކޯ ފަދަ އިދާރާތަކުގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާ އާތިފް މިހެން ވިދާޅުވީ، "އަންނަ ހަފުތާއިން ސަރުކާރު ނުވައްޒަފުން އޮފީހަށް ނެރެނީ" މި ސުރުޚީގެ ދަށުން އޮންލައިން ނޫހެއްގައި ޝާޢިއުކޮށްފައިވާ ޚަބަރަށް ޓްވީޓާގައި މީހަކު ފާޅުކޮށްފައިވާ ޚިޔާލަކާ ގުޅުވައިގެންނެވެ.
އެ ޚަބަރު ހިމަނައި، "ނައިބު ތުއްތު" ނަމުގައި ޓްވީޓާގައި ޚިޔާލު ފާޅުކުރި މީހާ ބުނެފައި ވަނީ، އޮފީހަށް ނުގޮސް ގޭގައި އަދާކުރެވެން ހުރިވަޒީފާތަކުގައި ތިބި މީހުން ގޭގަ މަސައްކަތް ކުރިޔަށް ގެންދަން ފުރުސަތު ދިނުން ރަގަޅުކަމަށެވެ.
"ރަށުގައި ގޭގައި ގިނަ ބަޔަކު މަސައްކަތް މިހާރު އެބަކުރޭ. ވަޒީފާ ޑިސެންޓްރަލައިޒޭޝަނަށް ކުރަންޖެހޭ" ރައީސް ޞާލިޙާއި އަދި ސިވިލް ސާވިސް ކޮމިޝަން ވެސް ޓެގް ކޮށްފައިވާ އެ ޓްވީޓްގައި ބުނެފަވެއެވެ.
އާތިފް ވެސް ޓެގްކޮށްފައިވާ އެ ޓްވީޓަށް ޚިޔާލު ފާޅުކުރައްވަމުން އޭނާ ވިދާޅުވީ، ދައުލަތުގެ ނުވަތަ އަމިއްލަ ވަޒީފާއެއް ނަމަވެސް، ޚިދުމަތް ދިނުމަށް އެންމެން އެއް ރަށަކަށް، އެއްތާކަށް އެއްގަޑިއަކަށް ނުކުންނަން ނުޖެހޭކަން މިހާރު އެންމެނަށްވެސް އެނގޭކަމަށެވެ.
''ދެން ބޭނުންވަނީ ހަގީގީ ޑިސެންޓްރަލައިޒޭޝަނަށް ބޭނުންވާ ވަޒީފާތައް އަތޮޅުތެރެއަށް ބަދަލު ކުރަން ފެށުމުގެ ހިތްވަރު" އާތިފް ވިދާޅުވެފައެވެ.
ދައުލަތުގެ ނުވަތަ އަމިއްލަ ވަޒީފާއެއް ނަމަވެސް، ޚިދުމަތް ދިނުމަށް އެންމެން އެއް ރަށަކަށް، އެއްތާކަށް އެއްގަޑިއަކަށް ނުކުންނަން ނުޖެހޭކަން މިހާރު އެންމެނަށްވެސް އެނގޭ.
ދެން ބޭނުންވަނީ ހަގީގީ ޑިސެންޓްރަލައިޒޭޝަނަށް ބޭނުންވާ ވަޒީފާތައް އަތޮޅުތެރެއަށް ބަދަލު ކުރަން ފެށުމުގެ ހިތްވަރު— Athif Shakoor (@AthifShakoor) August 7, 2021
"އަލި ރަން މުތް" ފޭސްބުކް ޕޭޖުން ގެނެސްދިން ސިލްސިލާއެއް ކަމަށްވާ ދެމެހެއްޓެނިވި ލާމަރުކަޒީގެ ވާހަކަ ދައްކާލަމާގެ ހަތަރު ވަނަ އެޕިސޯޑުގައި “އާމްދަނީ ލިބޭނެ ފުރުޞަތުތައް އަތޮޅު ތެރޭގައި އުފެއްދުން” މިމައުލޫއަށް ވާހަކަ ދައްކަވަމުން ވެސް އާތިފް ވަނީ ކޯވިޑުން ދަސްވި ފިލާވަޅުތަކަށް ބަލާއިރު، މިވަގުތު ދައުލަތުގެ އެތަށް ވަޒީފާތަކެއް އަތޮޅު ތަކަށް ބަދަލު ކުރެވިދާނެ ކަން އެނގިގެން ހިނގައްޖެ ކަމަށް ވިދާޅުވެފައެވެ. އަދި އެންމެން އެއްތަނަކަށް، އެއް ވަގުތަކަށް ޖަމާވާން ނުޖެހޭކަން އަޅުގަނޑުމެން މިތިބީ ދަސްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ވަޒީފާގެ އިތުރުން އިތުރު އެތައް ގޮތްތަކަކުން އޮންލައިންކޮށް އާމްދަނީ ހޯދާނެ ގޮތް ވެސް މިއަދު ދަސްވެފައި ވާކަމަށް އާތިފް ވިދާޅުވިއެވެ.
"މިއަދު ކުރެވޭނެ ކަން ޔަޤީން ވެއްޖެ، މިއަދުވީ ފަށަން، މިއަދު ސުވާލު ކުރާކަށް ނުޖެހޭ ކުރެވިދާނެ ކަމެއްތޯ؟، މިއީ ކުރެވިދާނެ ކަމެއްކަން ޔަޤީންވެއްޖެ، އަޅުގަނޑުމެން ދައުލަތް ހިންގައިފިން އިންޓަރނެޓުން، އޮންލައިންކޮށް"
އާތިފް ވިދާޅުވިއެވެ.
ވަޒީފާތަށް އިތުރުވެގެން ދާނީ އާމްދަނީ ލިބޭނެ ގޮތްތައް އަތޮޅުތަކުގައި ފަހިވެގެން ދިއުމުން ކަމަށް ވެސް އާތިފް ވަނީ ވިދާޅުވެފައެވެ.
ކޯވިޑްގެ ތަޖުރިބާ ކުރަންޖެހުނު ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތައް ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ތަޖުރިބާ ރާއްޖޭގައި ވެސްކޮށްފައިވާއިރު، ކޯވިޑްގެ 3 ވަނަ ރާޅަށްފަހު ސަރުކާރު މުވައްޒަފުން އޮފީހަށް ނުކުމެގެން މަސައްކަތް ކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!