ހއ. އިހަވަންދޫން ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި މީހެއް ހިމެނޭހެން ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އިހަވަންދޫ އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި އަލަށް ޕޮޒިޓިވްވި ދެ މީހުންގެ ތެރެއިން އެކަކީ ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި މީހެއް ކަމަށެވެ.

Ad
rt

އަނެއް މީހާއަކީ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ޕޮޒިޓިވްވި މީހެކެވެ. މިއީ ކުޑަހުވަދޫ ކަލަސްޓާއާއި ކޮންޓެކްޓްވެގެން ސާމްޕަލް ނެގިފައިވާ މީހެއް ކަމަށް އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވިއެވެ.

މީގެއިތުރުން ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓްޓިވް މީހާއަކީ ކުޑަހުވަދޫ ކުލަސްޓާގެ ޑައިރެކްޓް ކޮންޓެކްޓަކާ ކޮންޓެކްޓްވެފައި ވެދާނެތީ އައިސޮލޭޝަންގައިހުރި މީހެއް ކަމަށް ވެސް އެ މަރުކަޒުން ވިދާޅުވެއެވެ.

އިތުރު ދެ މީހަކު ޕޮޒިޓިވްވުމުން މިހާރު އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 9 އަށް އަރާފައެވެ. ކުޑަހުވަދޫ ކަލަސްޓާއާއި ގުޅިގެން މިހާތަނަށް އެރަށުން 163 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން 103 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ ޢަދަދަކީ 51 އެވެ.

ފުރަތަމަ އެރަށުން ޕޮޒިޓްވެފައި ވަނީ ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހެއްކެވެ.

ކޯވިޑަށް ޕޮޒިޓިވްވި ބަޔަކާއި، ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު އޯގަސްޓް 16 ވަނަ ދުވަހުގެ ރޭ ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ 17 އޯގަސްޓްއިން ފެށިގެން އެރަށަށް އަރާ ފޭބުން މަނާކޮށްފައެވެ.