ފީވަކުން އަލަށް 3 މީހަކު ޕޮޒިޓިވްވެ، އިތުރު 6 މީހަކު ބަލިން ރަނގަޅުވެއްޖެ

ފޮޓޯ: ފީވަކު އެމްވީ
ފޮޓޯ: ފީވަކު އެމްވީ

ށ. ފީވަކުން އިތުރު 3 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އިތުރު 6 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

އަލަށް ޕޮޒިޓިވްވި މީހުންނަކީ މިމަހުގެ 18 އަދި 19 ވަނަ ދުވަހު ނެގުނު 28 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި 3 މީހުންނެވެ. ބާކީ ސާމްޕަލްތައް ވަނީ ނެގެޓިވްވެފައެވެ.

މިވަގުތު ވެސް އެރަށުގައި ބަލި ޖެހިފައިވާ 43 މީހަކު އެބަތިއްބެވެ. އަދި 90 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެރަށުން މިހާތަނަށް ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދަކީ 133 އެވެ.

މިވަގުތު ފީވަކުގެ 10 ގެ އެއްގައި ބަލިޖެހިފައިވާ މީހުން އެބަތިއްބެވެ.

މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް އޮތީ އަރާ ފޭބުން މަނާ ކޮށްފައެވެ.

ވެރިރަށް މާލެއިން ޕޮޒިޓިވްވާ ނިސްބަތް ދަށްވެފައިވީނަމަވެސް، އަތޮޅުތަކުން އަދިވެސް ދަނީ އިތުރު ރަށްތަކުން ޕޮޒިޓިވް ކޭސްތައް ފެންނަމުންނެވެ.

މިގޮތުން މުޅިރާއްޖެއަށް ބަލާއިރު އިއްޔެ ވަނީ 134 މީހަކު އަލަށް މިބަށްޔަށް ޕޮޒިޓިވްވެފައެވެ. އެއީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 48 މީހަކާއި، އަތޮޅުތަކުގެ ރައްތަކުން ޕޮޒިޓިވްވި 77 މީހެކެވެ. ރިސޯޓުތަކުން 9 މީހަކު ޕޮޒިޓިވްވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި