Skip to main content

އަލީ ރިޔާޟް

Contributor
🇲🇻 ތިލަދުން Desk
168 Stories
58 Reads

Published on ތިލަދުން (Thiladhun) by އަލީ ރިޔާޟް

ޔުނައިޓެޑުން ހޯދި އުދަނގޫ މޮޅަކާއެކު ގުރޫޕް ގެ ދެވަނައަށް
Sports

ޔުނައިޓެޑުން ހޯދި އުދަނގޫ މޮޅަކާއެކު ގުރޫޕް ގެ ދެވަނައަށް

ޔޫރަޕާލީގުގައި ބުރާސްފަތިދުވަހުގެ ރޭ ކުޅުނު މެޗުން މޮޅުވެ ގުރޫޕްގެ ދެވަނައަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފިއެވެ. އޮމޯނިއާ އާއި ވާދަކޮށް ޔުނައިޓެޑް މެޗު ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއިންނެވެ. އޮމޯނިއާ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލުޖަހއި ކުރި ހޯދީ އޮމޯނިއާ އިންނެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އީރާންގެ ފޯވާޑް ކަރިމް އަންސަރިފާޑް އެވެ. ބުރުނޯ ގެ އެހީތެރިކަމާއެކު މި ގޯލު އަންސަރިފާޑް ކާމިޔާބު ކޮށްދިނީ މެޗުގެ 34 ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފު […]

ޕީއެސްޖީ، ބެންފިކާ މެޗު އެއްވަރުވެ ގުރޫޕްގެ ފޯރި ގަދަވެއްޖެ
Sports

ޕީއެސްޖީ، ބެންފިކާ މެޗު އެއްވަރުވެ ގުރޫޕްގެ ފޯރި ގަދަވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަދި ބެންފިކާ ބައްދަލުކުރިމެޗު އެއްވަރުވެ ގުރޫޕް އެޗްގެ ފޯރި ގަދަވެއްޖެ އެވެ. ބެންފިކާ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިން ނެވެ. މެޗުފަށައިގެން ބެންފިކާއިން ޕީއެސްޖީގެ ގޯލަށް ބާރު ބޮޑުކުރަމުން ގޮސް ގާތްގާތުގައި ތިން ހަމަލާއެއް ވަނީ ފޮނުވާލައިފަ އެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑުނެގީ ޕީއެސްޖީއިން ނެވެ. މި ގޯލު ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 22 ވަނަ މިނެޓުގައި ނޭމާގެ އެހީތެރިކަމާއެކު މެސީ އެވެ. […]

އިންޓަމިލާން އަތްދަށުވެ ބާސާ ގުރޫޕް ގެ ތިނަވަނައަށް ވެއްޓިއްޖެ
Sports

އިންޓަމިލާން އަތްދަށުވެ ބާސާ ގުރޫޕް ގެ ތިނަވަނައަށް ވެއްޓިއްޖެ

ޔުއެފާ ޗެމްޕިއަންސްލީގުގައި އަންގާރަދުވަހުގެރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން އިންޓމިލާން އަތުން ބަލިވެ ބާސާ ގުރޫޕްގެ 3 ވަނައަށް ވެއްޓިއްޖެއެވެ. އިންޓަމިލާން ދަނޑުގައި ކުޅުނު މެޗުގައި ފެނުނު ހަމަ އެކަނި ގޯލު މެޗުގެ ފުރަތަމަ ހާފު ގެ ފަހުމިނެޓުގައި ޑިމާކޯ ގެ އެހީތެރިކަމާއެކީ ހަކަންޗަލަނޯލޫ އެވެ. މިއީ އެންމެ ފަހުން މި ދެޓީމުގެ ކުރޮމަތިލި ފަސްމެޗުގެ ތެރެއިން އިންޓަމިލާން އަށް ކުރި ލިބުނު ފުރަތަމަ މެޗެވެ. ގިނަވަގުތު ބޯޅަ ހިފައްޓައިގެން މޮޅަށް ކުޅެމުންދިޔަ ބާސާ އިން […]

މަޔޯކާ ބަލިކޮށް ބާސާ ލީގު ތާވަލުގެ އެއް ވަނައަށް
Sports

މަޔޯކާ ބަލިކޮށް ބާސާ ލީގު ތާވަލުގެ އެއް ވަނައަށް

ހޮނިހިރުދުވަހުގެރޭ އާރުސީޑީ މަޔޯކާ އާއި ދެކޮޅަށް ކުޅުނުމެޗުން މޮޅުވެ ބާސާ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ބާސާ ތާވަލުގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ އިތުރަށް އެއްމެޗު ކުޅެގެންނެވެ. މިރޭ އޮސަސޫނާ އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ރެއާލްއަށް އަބުރާ ތާވަލުގެ އެއްވަނައަށް އެރޭނެއެވެ. މަޔޯކާގެ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 20 ވަނަ މިނެޓުގައި […]

ޕީއެސްޖީ މޮޅުވެ އަލުން ތާވަލުގެ އެއްވަނައަށް
Sports

ޕީއެސްޖީ މޮޅުވެ އަލުން ތާވަލުގެ އެއްވަނައަށް

ފްރާންސް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނުމެޗުން 2-1 ގެ ނަތީޖާއިން ނައިސް ބަލިކޮށް ޕީއެސްޖީ އަލުން ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ. މި މެޗަށް ޕީއެސްޖީ ނުކުތީ ފުރަތަމަ 11 ގައި ހުނަރުވެރި ފޯވާޑް ކެއިލިން އެމްބާޕޭ ނުލައެވެ. ފަހުން ބެންޗުގައި އިދެ ކުޅެންނުކުމެ ގޯލެއްޖަހައި އެމްބާޕޭ ވަނީ ޕީއެސްޖީ މޮޅުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ގޯލު 29 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ ލިއޮނަލް މެސީ އެވެ. މެސީ ވަނީ އެންމެފަހުން ގައުމީ […]

ތިން އަހަރަށްފަހު ރޯމާއިން އިންޓަމިލާން ބަލިކޮށްފި
Sports

ތިން އަހަރަށްފަހު ރޯމާއިން އިންޓަމިލާން ބަލިކޮށްފި

އިޓަލީ ލީގުގައި ހޮނިހިރުދުވަހުގެރޭ ކުޅުނު މެޗުން ފަހަތުން އަރާ 2-1 ގެ ނަތީޖާއިން އިންޓަމިލާންގެ މައްޗަށް ރޯމާއިން ކުރިހޯދައިފިއެވެ. މިއީ 2019 ވަނަ އަހަރު ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ފަހުން އިންޓަމިލާންގެ މައްޗަށް ރޯމާއިން ކުރި ހޯދި ފުރަތަމަ ފަހަރެވެ. ރޭ މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޖެކޯ ވަނީ އިންޓަމިލާންއަށް ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. ވީއޭއާރު ބެލުމަށްފަހު ވަނީ މީ އޮފްސައިޑް ގޯލެއްކަމަށް ނިއްމާފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ބަރެއްލާގެ […]

ނޯތު ލަންޑަން ޑާބީ މެޗު އާސެނަލް ކާމިޔާބު ކޮށްފި
Sports

ނޯތު ލަންޑަން ޑާބީ މެޗު އާސެނަލް ކާމިޔާބު ކޮށްފި

އިނގިރޭސި ލީގުގައި ނޯތު ލަންޑަން ޑާބީ މެޗު 3-1 ގެ ނަތީޖާއިން ޓޮޓެންހަމް މައްޗަށް އާސެނަލް ކުރިހޯދައިފިއެވެ. ފޯރިގަދަ ކުޅުމެއްފެނިގެން ދިޔަ މި މެޗުގައި އާސެނަލް ގޯލު ހުޅުވައިލަދިނީ ގާނާގެ މިޑްފީޑަރ ތޯމަސްޕާޓޭ ގެ ރީތި ގޯލަކުންނެވެ. މެޗަށްފަހު އާސެނަލްގެ ކޯޗު އާޓެޓާވެސް ވަނީ މި ގޯލުގެ ރީތިވާހަކަ ދައްކާފައެވެ. އޭރިޔާ ބޭރުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ބޯޅަ ވަށްދާލީ މެޗުގެ 20 ވަނަ މިނެޓުގައި ބެންވައިޓް ޖައްސާލި ބޯލައަކުންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި […]

ޔުއެފާ ނޭޝަންސް ލީގު: ސުޕެއިން ބަލިވެ، ޕޯޗުގަލް ކުޅުނު މެޗުން މޮޅުވެ ގްރޫޕް އެއްވަނައަށް
Raajje

ޔުއެފާ ނޭޝަންސް ލީގު: ސުޕެއިން ބަލިވެ، ޕޯޗުގަލް ކުޅުނު މެޗުން މޮޅުވެ ގްރޫޕް އެއްވަނައަށް

ޔުއެފާ ނެޝަނަލް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޕޯޗުގަލް މޮޅުވެ ގްރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ. ޗެކުރިޕަބުލިކު އާއި ބައްދަލުކޮށް ޕޯޗުގަލް މެޗު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. ޗެކުރިޕަލިކުގައި ކުޅުނު މެޗުގައި ޕޯޗުގަލްގެ ޒުވާން ޑިފެންޑަރ ޑިއެގޯ ޑިލޯ ވަނީ ދެގޯލު ޖަހާފައެވެ. ފުރަތަމަ ގޯލު މެޗުގެ 33 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރަފައެލް ގެ އެހީތެރިކަމާއި އެކުގައެވެ. ދެވަނަ ގޯލު މެޗުގެ 3 ވަނަ ގޯލު ފެނާންޑޭޒް އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ މެޗުގެ […]

ފްރާންސް ލީގު: މެސީގެ ގޯލުން ޕީއެސްޖީ މޮޅުވެއްޖެ
Sports

ފްރާންސް ލީގު: މެސީގެ ގޯލުން ޕީއެސްޖީ މޮޅުވެއްޖެ

ފްރާންސްލީގުގައި އާދީއްތަ ދުވަހިގެރޭ ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެއްޖެއެވެ. ފްރާންސްލީގުގެ ގަދަ ދެބާރު ޕީއެސްޖީ އަދި ލިއޯން ބައްދަލުކުރިމެޗު ޕީއެސްޖީ ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނުނު ހަމަ އެކަނި ލަނޑު މެޗުގެ 5 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލިއޮނަލް މެސީ އެވެ. މި ލަނޑު މެސީ ކާމިޔާބު ކޮށްދިނީ ބޯޅަ ހިފައިގެން ވަދެ ނޭމާއަށް ދިނުމުން ނޭމާ އަބުރާ މެސީ އަށް ޖައްސާލި ބޯޅަ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވައިލައިގެންނެވެ. […]

އަނެއްކާވެސް ބާސާ، ބަޔާންގެ އަތްދަށުވެއްޖެ
Sports

އަނެއްކާވެސް ބާސާ، ބަޔާންގެ އަތްދަށުވެއްޖެ

ޔުއެފާ ޗްޕިއަންސްލީގުގައި އަންގާރަދުވަހުގެރޭ ކުޅުނު މެޗުން 2-0 ގެ ނަތީޖާއިން ބަޔާންއިން ބާސާ ބަލިކޮށްފިއެވެ. މިއީ ބަޔާންއިން ޖެހިޖެހިގެން ބާސާ ބަލިކުރި 5 ވަނަ ފަހަރެވެ. ބަޔާންގެ ދަނޑުގައި ކުޅުނު މެ މިޗަކީ މި ދެޓީމް ބައްދަލުކުރި 12 ވަނަ މެޗެވެ. 1 މެޗު އެއްވަރުވެގެން ނިމުނުއިރު، ބާސާ މޮޅުވެފައިވަނީ ދެފަހަރުއެވެ. އަނެއް ނުވަފަހަރު ބަޔާންއިންވަނީ ބާސާގެ މައްޗަށް ކުރިހޯދާފައެވެ. މީގެތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވެނީ 2019/2022 ޗެމްޕިއަންސްލީގު ކުއާރޓާފައިނަލުގައި މި ދެޓީމު ބައްދަލުކުރި މެޗެވެ. އެފ...

ޔޫރޮޕާ ލީގު: ޔުނައިޓެޑް ބަލިވިއިރު އާސެނަލްއަށް މޮޅެއް
Sports

ޔޫރޮޕާ ލީގު: ޔުނައިޓެޑް ބަލިވިއިރު އާސެނަލްއަށް މޮޅެއް

ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި އެ ޓީމު 1-0 ގެ ނަތީނާއިން ރެއާލް ސޮސިއެޑާޑު އަތުން ބަލިވިއިރު، ރަށުންބޭރުގައި ޒިއުރިކް އެފްސީ އަތުން 2-1 އިން މޮޅުވެ، އާސެނަލުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ. ޔުނައިޓެޑް އަތުން ސޮސިއެޑާޑް މި ހޯދި މޮޅަކީ އެ ކްލަބްގެ ތާރީހުގައި ރަށުންބޭރުގައި އިނގިރޭސި ކްލަބެއް އަތުން ހޯދި ފުރަތަމަ މޮޅެވެ. އަނެއްކޮޅުން، މި ނަތީޖާއާ އެކު ޔޫރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ބަލިނުވެ، ދަމަހައްޓަމުން […]

ނަޕޯލީ އަތުން ލިވަޕޫލަށް ލަދުވެތި ބައްޔެއް
News

ނަޕޯލީ އަތުން ލިވަޕޫލަށް ލަދުވެތި ބައްޔެއް

ޔުއެފާ ޗެމްޕިއަންސްލީގް: އެންމެ ފަހުގެ ރަނަރަޕް ލިވަޕޫލް އިޓަލީގެ ނަޕޯލީ އަތްދަށުވެ ލަދުވެތި ނަތީޖާއަކުން ބަލި ވެއްޖެއެވެ. ނަޕޯލީ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލްގެ މައްޗަށް ނަޕޯލީ ކުރިހޯދީ 4-1 ގެ ނަތީޖާއިންނެވެ. ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން މެޗުގެ 5 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ޒިއެލެންސްކީ އެވެ. މި ގޯލު ޖެހިތާ 10 މިނެޓް ފަހުން ނަޕޯލީއަށް ދެވަނަ ޕެނަލްޓީއެއް ލިބުނެވެ. މިފަހަރުގެޕެނަލްޓީ ވިކްޓާ އޮސިމްހެން ފޮނުވާލުމުން ލިވަޕޫލްގެ ކީޕަރ އެލްސަން ވަނީ […]

ޔުނައިޓެޑުން އާސެނަލް ބަލިކޮށްފި
Sports

ޔުނައިޓެޑުން އާސެނަލް ބަލިކޮށްފި

އިނގިރޭސިލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅުނުމެޗުން 3-1 ގެ ނަތީޖާއިން ޔުނައިޓޑުން އާސެނަލްގެ މައްޗަށް ކުރިހޯދައިފިއެވެ. މިއީ މިސީޒަންގައި އާސެނަލް ބަލިވި ފުރަތަމަ މެޗެވެ. މީގެ ކުރިން ލީގުގައި ކުޅުނު ފަސްމެޗުންވެސް އާސެނަލް ވަނީ މޮޅުވެފައެވެ. ރޭ މެޗްގައި އާސެނަލްގެ ފޯވާޑް މާޓިނެލީ ޖެހިގޯލެއް ވީއޭއާރު ބެލުމަށްފަހު ވަނީ ގޯލެއް ނޫންކަމަށް ނިއްމާފައެވެ. އެއީ ގޯލު ޖެހުމުގެ ކުރިން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ޔުނައިޓެޑްގެ ކްރިސްޓިއަން އެރިކްސަން އަށް ފައުލުކޮށްފައިވާތީ އެވެ. އަޔަކްސް އިން 94 މިލި...

އެސްޓަންވިލާއިން ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި
Sports

އެސްޓަންވިލާއިން ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ މެންޗެސްޓާ ސިޓީ އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ. މެޗުގެ ފުރަތަމަ ގޯލްޖަހައި ލީޑު ނެގީ ސިޓީއިންނެވެ. ޑިބްރޭއިނާގެ އެހީތެރިކަމާއެކު މިގޯލު ކާމިޔާބު ކޮށްދިނީ މެޗުގެ 50 ވަނަ މިނެޓް ގައި އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ ލީގުގެ ކުޅުނު 6 މެޗުން ހާލަންޑް ޖެހި 10 ވަނަ ގޯލެވެ. މެޗުގެ 74 ވަނަ މިނިޓުގައި އެސްޓަން ވިލާގެ ޖެމެއިކާ ފޯވަޑް ލެއޮން […]

ޕީއެސްޖީ، މޮނާކޯ މެޗަށް ހަމަހަމަ ނިމުމެއް
Sports

ޕީއެސްޖީ، މޮނާކޯ މެޗަށް ހަމަހަމަ ނިމުމެއް

ފްރާންސްލީގުގައި އާދީއްތަ ދުވަހުގެރޭ ފްރާންސްގެ ގަދަ ދެބާރު ޕީއެސްޖީ އަދި މޮނާކޯ ބައްދަލުކުރިމެޗް 1-1 ގެނަތީޖާއިން ދެޓީމް އެއްވަރުވެގެން ނިމިއްޖެއެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހައިފައިވަނީ މޮނާކޯ އިންނެވެ. މިގޯލް ކާމިޔާބު ކޮށްދިނީ 30 އަހަރުގެ ޖަރުމަން ފޯވާޑް ކެވިން ވޮލަންޑް އެވެ. ޕީއެސްޖީ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި މަތީޖާ ހަމަ ހަމަ ކުރުމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އެމްބާޕޭ އަށެވެ. އެގޮތުން ފުރަތަަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ޑީ […]