ފްރާންސްލީގުގައި އާދީއްތަ ދުވަހިގެރޭ ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެއްޖެއެވެ.
ފްރާންސްލީގުގެ ގަދަ ދެބާރު ޕީއެސްޖީ އަދި ލިއޯން ބައްދަލުކުރިމެޗު ޕީއެސްޖީ ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ.
މެޗުގައި ފެނުނު ހަމަ އެކަނި ލަނޑު މެޗުގެ 5 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލިއޮނަލް މެސީ އެވެ. މި ލަނޑު މެސީ ކާމިޔާބު ކޮށްދިނީ ބޯޅަ ހިފައިގެން ވަދެ ނޭމާއަށް ދިނުމުން ނޭމާ އަބުރާ މެސީ އަށް ޖައްސާލި ބޯޅަ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވައިލައިގެންނެވެ.
މިއީ ލީގުގައި 7 އެސިސްޓް ހަދައިފައިވާ މެސީ ޖެހި 3 ވަނަ ގޯލެވެ. އަދި 8 ގޯލު ޖަހައިފައިވާ ނޭމާގެ 5 ވަނަ އެސިސްޓެވެ.
މިގޯލުގެ އަށްފަހު ވެސް މެސީ އަދި ނޭމާއަށްވެސް ވަނީ ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއްލިބި ބޭނުން ކުރެވޭ ގޮތް ނުވެފައެވެ. މީގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ އެއްފުރުސަތަކީ މެސީ އަށް ލިބުނު ފުރުސަތެކެވެ. ދެ ޑިފެންޑަރުން ކައިރީ ހުރެ ކީޕަރު ވެއްޓިފައި އޮށްވަ މެސީ ފޮނުވާލި ބޯޅަ ގޯލުގެ ރޮގުމަތިން ބޯޅަ ދިފާއު ކުރީ ލިއޯން ގެ ޑިފެންޑަރެވެ.
މި މެޗުގައި ޕީއެސްޖީ އިންވަނީ ގޯލާއި އަމާޒަށް 8 ހަމަލާއެއް ފޮނުވާލައިފައެވެ. ލިއޯންއަަށް ޕީއެސްޖީ ގޯލާއި އަމާޒަށް ފޮނުވައިލެވުނީ 3 ހަމަލާއެވެ.
މި ނަތީޖާއާއި އެކު ތާވަލުގެ އެއވަނައިގައި ޕީއެސްޖީ އޮތީ 8 މެޗުން ލިބުނު 22 ޕޮއިންޓާއިއެކުގައެވެ. ލިއޯން އޮތީ 8 މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!