ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަދި ބެންފިކާ ބައްދަލުކުރިމެޗު އެއްވަރުވެ ގުރޫޕް އެޗްގެ ފޯރި ގަދަވެއްޖެ އެވެ.

ބެންފިކާ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިން ނެވެ.

Ad
rt

މެޗުފަށައިގެން ބެންފިކާއިން ޕީއެސްޖީގެ ގޯލަށް ބާރު ބޮޑުކުރަމުން ގޮސް ގާތްގާތުގައި ތިން ހަމަލާއެއް ވަނީ ފޮނުވާލައިފަ އެވެ.

މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑުނެގީ ޕީއެސްޖީއިން ނެވެ. މި ގޯލު ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 22 ވަނަ މިނެޓުގައި ނޭމާގެ އެހީތެރިކަމާއެކު މެސީ އެވެ.
ބެންފިކާގެ ގޯލަކީ ޑެނީލޯ ޕެރެއިރާ ގައިގަ ޖެހިފަ ބައިކޮޅަށް ވަން ގޯލެކެވެ.

މި ނަތީޖާއެކު ޕީއެސްޖީ އަދި ބެންފިކާއަށް ވެސް ލިބެނީ 7 ޕޮއިންޓެވެ. ޔުވެންޓާސްއަށް 3 ޕޮއިންޓް ލިބިފައިވާއިރު ހައިފާ އެފްސީ އަށް ޕޮއިންޓެއް ނުލިބެ އެވެ. ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީ އިން ވަނީ 3-0 ގެ ނަތީޖާއިން އޭސީ މިލާން ބަލިކޮށްފައިވާއިރު، ސަކްތާ ޑޮނެސްޓިކް އާއި ވާދަކޮށް ރެއާލް މޮޅުވީ 2-1 ގެ ނަތީޖާއިން ނެވެ.

ކޯޕެންހާގެން ކޮޅަށް 5 ލަޑު ޖަހައި ސިޓީ ވަނީ މެޗު ކާމިޔާބު ކޮށްފަ އެވެ. ކޯޕެންހާގެން އަށް މި މެޗުގައި ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ސެވިއްޔާ ދަނޑުގައި ކުޅުނު މެޗު ބުރޯސިއާޑޯޓްމަންޑް ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއިން ނެވެ. ޔުވެންޓަސްވަނީ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއިން ހައިފާ އެފްސީ ބަލިކޮށްފަ އެވެ.