ޔުއެފާ ޗެމްޕިއަންސްލީގް: އެންމެ ފަހުގެ ރަނަރަޕް ލިވަޕޫލް އިޓަލީގެ ނަޕޯލީ އަތްދަށުވެ ލަދުވެތި ނަތީޖާއަކުން ބަލި ވެއްޖެއެވެ. ނަޕޯލީ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލްގެ މައްޗަށް ނަޕޯލީ ކުރިހޯދީ 4-1 ގެ ނަތީޖާއިންނެވެ.

ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން މެޗުގެ 5 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ޒިއެލެންސްކީ އެވެ. މި ގޯލު ޖެހިތާ 10 މިނެޓް ފަހުން ނަޕޯލީއަށް ދެވަނަ ޕެނަލްޓީއެއް ލިބުނެވެ. މިފަހަރުގެޕެނަލްޓީ ވިކްޓާ އޮސިމްހެން ފޮނުވާލުމުން ލިވަޕޫލްގެ ކީޕަރ އެލްސަން ވަނީ މަތަކޮށްފައެވެ.

Ad
rt

ނަޕޯލީގެ ދެވަނަ ގޯލް މެޗުގެ 31 ވަނަ މިނެޓްގައި ޒިއެލެސްކީގެ އެހީތެރިކަމާއެކު ޖަހައިދިނީ ޒަމްބޯ އަންގުއިސާ އެވެ. ސިމިއޯނީ މެޗްގެ ތިނަވަނަ ގޯލް ކާމިޔާބު ކުރީ ކުޅެން ނުކުއިންތާ ތިންވަނަ މިނެޓްގައި މެޗުގެ 44 ވަނަ މިނެޓް ގައެވެ.

ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓްގައި ލިވަޕޫލް ކޮޅަށް 4 ވަނަ ގޯލް ޖެހީ މެޗުގެ މޮޅުކުޅުމެއްދެއްކި 28 އަހަރުގެ ޕޮލެންޑް މިޑްފީޑަރ ޒިއެލެސްކީއެވެ. ލިވަޕޫލުން ޖެހި ހަމައެކަނި ގޯލް މެޗުގެ 49 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ލުއިސްޑިއާސް އެވެ.
މިމެޗުގައި ލިވަޕޫލްއިން ގޯލާ އަމާޒުކޮށް 6 ހަމަލާއެއް ފޮނުވާލި އިރު ނަޕޯލީއިން ވަނީ ލިވަޕޫލްގެ ގޯލާއި އަމާޒަށް 7 ހަމަލާއެއް ފޮނުވައިލާފައެވެ.

ބުދަދުވަހުގެރޭ ޗެމްޕިއަންސްލީގްގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލިވަޕޫލް ނަޕޯލީ ހިމެނޭ ގްރޫޕްގައި ކުޅުނު އަނެއްމެޗުން އަޔެކްސް ވަނީ 4-0 ގެ ނަތީޖާއިން ރޭންޖާސް ބަލިކޮށްފައެވެ.

ގްރޫޕް ބީގެ މެޗްތަކަށް ބަލާއިރު 1-0 ގެ ނަތީޖާއިން ބުރަގާ ވަނީ ބަޔާން ލެވަކޫސަން ބަލިކޮށްފައެވެ. އެތުލެޓިކޯ ޕޯޓޯގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއިންނެވެ.

ގްރޫޕް ސީގައި ވިކްޓޯރިއާ ޕްލެޒެނެ ގެ މައްޗަށް 5-1 ގެ ނަތީޖާއިން ބާސެލޯނާ ކުރިހޯދިއިރު، އިންޓަމިލާން ގެ މައްޗަށް 2-0 ގެ ނަތީޖާއިން ބަޔާން މިއުނިކް ވަނީ ކުރިހޯދާފައެވެ.

ގްރޫޕް ޑީގައި ޓޮޓެންހަމް ވަނީ 2-0 ގެ ނަތީޖާއިން މާސެލް ގެ މައްޗަށް ކުރިހޯދައިފައެވެ. މި ގްރޫޕްގައި ފްރެކްފޯޓް އާއި ބައްދަލުކޮށް ސްޕޯޓިން މޮޅުވީ 3-0 ގެ ނަތީޖާއިންނެވެ.