ޔުއެފާ ނެޝަނަލް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޕޯޗުގަލް މޮޅުވެ ގްރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.
ޗެކުރިޕަބުލިކު އާއި ބައްދަލުކޮށް ޕޯޗުގަލް މެޗު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ.
ޗެކުރިޕަލިކުގައި ކުޅުނު މެޗުގައި ޕޯޗުގަލްގެ ޒުވާން ޑިފެންޑަރ ޑިއެގޯ ޑިލޯ ވަނީ ދެގޯލު ޖަހާފައެވެ. ފުރަތަމަ ގޯލު މެޗުގެ 33 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރަފައެލް ގެ އެހީތެރިކަމާއި އެކުގައެވެ. ދެވަނަ ގޯލު މެޗުގެ 3 ވަނަ ގޯލު ފެނާންޑޭޒް އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ މެޗުގެ 52 ވަނަ މިނެޓުގައެވެ. އަނެއް ދެގޯލު ޖަހައިފައިވަނީ ފެނާންޑޭޒް އަދި ޖޮޓާއެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާރިއޯ ގެ އެހީތެރިކަމާއެކު ފެނާންޑޭޒް ގޯލްޖެހިއިރު، ޖޮޓާ ގޯލު ޖަހައިފައިވަނީ މެޗުގެ 82 ވަނަ މިނެޓުގައި ރޮނާލްޑޯގެ އެހީތެރިކަމާއެކުގައެވެ. މެޗުގައި ޕޯޗުގަލްއިން ވަނީ ގޯލައި އަމާޒުކޮށް ވަނީ 5 ހަމަލާއެއް ފޮނުވައިލައިފައެވެ.
ގޯލައި އަމާޒުކޮށް 2 ހަމަލާ ފޮނުވައިލި ޗެކްރިޕަބްލިކްއަށް ގޯލުޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައެވެ. ޗެކްރިޕަބްލިކްއިން ނެގި ކޯނަރ ރޮނާލްޑޯގެ އަތުގަޖެހުމުން ލިބުނު ޕެނަލްޓީ ޕެޓްރިކްސޮޗް ފޮނުވައިލުމުން ގޯލުގެ ހުރަސްދަނޑީގައި ޖެހިފައި ބޭރަށެވެ.
މި ގްރޫޕުގައި ދެން ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ސްވިޒްލެންޑް އަތުން 2-1 ގެ ނަތީޖާއިން ސްޕެއިން ވަނީ ބަލިވެފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި އަކަންޖީ ވަނީ ގޯލެއްޖަހައި ސްވިޒްލެންޑްއަށް ލީޑު ނަގައި ދީފައެވެ. ޖޯޑީ އަލްބާގެ ގޯލުން މެޗުގެ ނަތީޖާ ސްޕެއިންއިން ހަމަ ހަމަ ކުރީ މެޗުގެ 55 ވަނަ މިނެޓްގައެވެ. ސްވިޒްލެންޑް މެޗުގެ 3 ޕޮއިންޓް ކަށަވަރުކުރީ މެޗުގެ 58 ވަނަ މިނެޓުަގައި ބްރީލް އެމްބޮލޯގެ ގޯލުންނެވެ.
މި ގްރޫޕްގެ އެއްވަނައިގައި ޕޯޗުގަލް އޮތީ 10 ޕޮއިންޓާ އެކުގައެވެ. ދެވަނަގައި އޮތް ސްޕެއިންނަށް 8 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ސްވިޒްލެންޑަށް ލިބެނީ 6 ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ޗެކްރިޕަބްލިކް އަށް ލިބެނީ 4 ޕޮއިންޓެވެ.
ގްރޫޕުގައި ކޮންމެ ޓީމަކަށް ބާކީ އެއްމެޗު އޮތްއިރު . ޕޯޗުގަލް އަދި ސްޕެއިންނަށް ވެސް ގްރޫޕުގެ އެއްވަނަ ހޯދުމުގެ ފޮރުސަތު އެބައޮތެވެ. މިމަހު 27 ވަނަދުވަހު ޕޯޗުގަލް އަދި ސްޕެއިން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ އެއްވަނަ ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!