ޔުއެފާ ޗެމްޕިއަންސްލީގުގައި އަންގާރަދުވަހުގެރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން އިންޓމިލާން އަތުން ބަލިވެ ބާސާ ގުރޫޕްގެ 3 ވަނައަށް ވެއްޓިއްޖެއެވެ.

އިންޓަމިލާން ދަނޑުގައި ކުޅުނު މެޗުގައި ފެނުނު ހަމަ އެކަނި ގޯލު މެޗުގެ ފުރަތަމަ ހާފު ގެ ފަހުމިނެޓުގައި ޑިމާކޯ ގެ އެހީތެރިކަމާއެކީ ހަކަންޗަލަނޯލޫ އެވެ.

މިއީ އެންމެ ފަހުން މި ދެޓީމުގެ ކުރޮމަތިލި ފަސްމެޗުގެ ތެރެއިން އިންޓަމިލާން އަށް ކުރި ލިބުނު ފުރަތަމަ މެޗެވެ.

Ad
rt

ގިނަވަގުތު ބޯޅަ ހިފައްޓައިގެން މޮޅަށް ކުޅެމުންދިޔަ ބާސާ އިން ވަނީ 7 ހަމަލާއެއް ފޮނުވައިލާފައެވެ. އިންޓައަށް ފޕނުވާލެވުނީ 3 ހަމަލާއެވެ.

މި ގުރޫޕުގައި ރޭ ކުޅުނު ދެވަނަމެޗުން ވިކްޓޯރިއާ ޕުޒަން މައްޗަށް ބަޔާން ކުރިހޯދީ 5-0 ގެ ނަތީޖާއިންނެވެ.

މި ގުރޫޕުގައި 9 ޕޮއިންޓާއެކު ބަޔާން އެއްވަނައިގައި އޮތްއިރު 6 ޕޮއިންޓާއެކު އިންޓަ އޮތްއިރު ބާސާ 3 ވަނައިގައި އޮތީ 3 ޕޮއިންޓާއެކުގައެވެ. އެންމެ ފުލުގައި އޮތް ވިކްޓޯރިއާ ޕުޒަން އަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

ޗެމްޕިއަންސްލީގުގައި އަންގާރަދުޗަހުގެރޭ ކުޅުނު މެޗުތަކުގެ ނަތީޖާ.:

ބަޔާން މިއުނިކް 5 ވިކްޓޯރިއާ ޕުޒަން 0
އިންޓަމިލާން 1 ބާސެލޯނާ 0
ނަޕޯލީ 6 އައެކްސް 1
ލިވަޕޫލް 2 ރޭންޖާސް 0
ބުރަގާ 2 އެތުލެޓިކޯ މެޑްރިޑް 0
ޕޯޓޯ 2 ބަޔާން ލެވަކޫސަން 0
ފްރަންކްފޯޓް 0 ޓޮޓެންހަމް 0
މާސެލް 4 ސްޕޯޓިން 1