ހޮނިހިރުދުވަހުގެރޭ އާރުސީޑީ މަޔޯކާ އާއި ދެކޮޅަށް ކުޅުނުމެޗުން މޮޅުވެ ބާސާ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ބާސާ ތާވަލުގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ އިތުރަށް އެއްމެޗު ކުޅެގެންނެވެ. މިރޭ އޮސަސޫނާ އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ރެއާލްއަށް އަބުރާ ތާވަލުގެ އެއްވަނައަށް އެރޭނެއެވެ.
މަޔޯކާގެ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 1-0 ގެ ނަތީޖާއިންނެވެ.
މެޗުގައި ފެނުނު ހަމައެކަނި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 20 ވަނަ މިނެޓުގައި ލެވަންޑޮސްކީ އެވެ. މި ގޯލަށްފަހު ދެޓީމަށްވެސް ގޯލުޖަހާނެ ހުސްފުރުސަތުލިބި ބޭނުން ހިފޭގޮތެއްނުވިއެވެ. އޭގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ އެއްފުރުސަތަކީ ގޯލު ޖެހިތާ ދެމިނެޓު ފަހުން ލެވަންޑޮސްކީއަށް ލިބުނު ހުސްފުރުސަތެވެ. ހުސްކޮށް ހުރެ މަޑުމަޑުން ފޮނުވާލީ ކީޕަރު އަތަށްށެވެ.
މިއީ ޖެހިޖެހިގެން މަޔޯކާގެ މައްޗަށް ބާސާއިން ކުރިހޯދި 13 ވަނަ މެޗެވެ. އަދި މަޔޯކާ ކައިރިން ބަލިނުވެ ބާސާއިން ފުރިހަމަކުރި 17 ވަނަ މެޗެވެ.
މިނަތީޖާއާއެކު ބާސާ ތާވަލްގެ އެއްވަނައިގައި އޮތީ 19 ޕޮއިންޓާއެކުގައެވެ. މަޔޯކާއަށް 8 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ 10 ވަނަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!