ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި އެ ޓީމު 1-0 ގެ ނަތީނާއިން ރެއާލް ސޮސިއެޑާޑު އަތުން ބަލިވިއިރު، ރަށުންބޭރުގައި ޒިއުރިކް އެފްސީ އަތުން 2-1 އިން މޮޅުވެ، އާސެނަލުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ޔުނައިޓެޑް އަތުން ސޮސިއެޑާޑް މި ހޯދި މޮޅަކީ އެ ކްލަބްގެ ތާރީހުގައި ރަށުންބޭރުގައި އިނގިރޭސި ކްލަބެއް އަތުން ހޯދި ފުރަތަމަ މޮޅެވެ. އަނެއްކޮޅުން، މި ނަތީޖާއާ އެކު ޔޫރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ބަލިނުވެ، ދަމަހައްޓަމުން އައި ރެކޯޑަށް 19 މެޗަށް ފަހު މި ވަނީ ނިމުން އައިސްފައެވެ.

Ad
rt

ހަތަރު މެޗަށް ފަހު ފުރަތަމަ ފަހަރަށް މި މެޗުގައި ފުރަތަލަ އެގާރައިގަ ހިމެނިގެން ކުޅެން ނިކުއިން ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ގޯލެއްޖަހާފައެވެ. އެހެންނަމަވެސް ވީއޭއާރު ބެލުމަށްފަހު ވަނީ އޮފްސައިޑް ގޯލެއްކަމަށް ނިއްމާފައެވެ. މީގެ އިތުރުން ވެސް ގޯލްޖަބާނެ ރަގަނޅު ފުރުސަތެއް ވަނީ ރޮނާލްޑޯއަށް ލިބި ބޭނުން ހިފޭގޮތް ނުފައެވެ.

މިހާތަނަށް ޔުނައިޓެޑް މި ސީޒަންގައި 7 މެޗު ކުޅެފައިވާއިރު މިއީ ފުރަތަމަ އެގާރައިގައި ހިމެނިގެން ރޮނާލްޑޯ ކުޅުނު 2 ވަނަ މެޗެވެ. މި ދެމެޗުންވެސް ޔުނައިޓެޑް ވަނީ ބަލިވެފައެވެ.

ސޮސިއެޑާޑުން މެޗުގައި ޖެހި ހަމައެކަނި ގޯލު 60 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ބްރައިސް މެންޑޭޒް އެވެ. މިއީ ސޮސިއެޑާޑްގެ ޑޭވިޑް ސިލްވާ ޖެހި ޝޮޓެއް ޔުނައިޓެޑްގެ ޑިފެންޑަރު ލިސަންދްރޯ މާޓީނޭޒް އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ.

ގްރޫޕް އޭގައި ރޭ އާސެނަލުން ޒިއުރިކް ދަނޑުގައި ކުޅުނު މެޗު ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއިންނެވެ. 16 ވަނަ މިނެޓްގައި އެޑީ އެންކެޓިއޭ ދިން ބޯޅައަކުން ބްރެޒިލްގެ ވިންގް، މާކުއީނިއޯސް ވަނީ އާސެނަލްއަށް މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދީފައެވެ. މެޗުގައި ޒިއުރިކުން ޖެހި ހަމަ އެކަނި ގޯލް މެޗުގެ 44 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މާލިން ކްރިޒޭއޫ އެވެ، އާސެނަލް ގެ ދެވަނަ ގޯލު 62 މިނެޓްގައި އެންކެޓިއޭ ޖަހައިދިނީ މާކުއީނިއޯސް ގެ އެހީތެރިކަމާއެކުގައެވެ.

ޔޫރަޕާ ލީގުގައި އިތުރަށް ކުޅުނު މެޗުތަކުގެ ނަތީޖާ

  • ޕީއެސްވީ 1-1 ބޮޑާ ގުލަމިޓް
  • ލާނަކާ 1-2 ރިނޭސް
  • ފެނަބާޗޭ 2-1 ޑައިނަމޯކީވް
  • ލިޑްގޮރެޓްސް 2-1 ރޯމާ
  • ހެލްސިންކީ 0-2 ރެއާލް ބެޓިސް
  • މަލްމޯ 0-2 ބަރަގާ
  • ޔޫނިއަން ބާލިން 0-1 ޔޫނިއަން ސެއިންޓް
  • އޭސީ އޮމާނިއާ 0-3 އެފްސީ ޝެރިފް
  • ލާޒިއޯ 4-2 ފެޔަނޯޑް
  • ސްޓާމް ގްރާސް 1-0 މިޑްޗިލާންޑް
  • ނަންޓެސް 2-1 އޮލިމްޕިކޯސް
  • ފްރެންކްވޮސް 3-2 ޓްރަބްޒޮންސްޕާ
  • ބެލެގްރޭޑް 0-1 މޮނާކޯ