ފްރާންސްލީގުގައި އާދީއްތަ ދުވަހުގެރޭ ފްރާންސްގެ ގަދަ ދެބާރު ޕީއެސްޖީ އަދި މޮނާކޯ ބައްދަލުކުރިމެޗް 1-1 ގެނަތީޖާއިން ދެޓީމް އެއްވަރުވެގެން ނިމިއްޖެއެވެ.

މެޗުގެ ފުރަތަމަ ގޯލު ޖަހައިފައިވަނީ މޮނާކޯ އިންނެވެ. މިގޯލް ކާމިޔާބު ކޮށްދިނީ 30 އަހަރުގެ ޖަރުމަން ފޯވާޑް ކެވިން ވޮލަންޑް އެވެ.
ޕީއެސްޖީ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި މަތީޖާ ހަމަ ހަމަ ކުރުމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އެމްބާޕޭ އަށެވެ. އެގޮތުން ފުރަތަަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ޑީ އޭރިޔާ ބޭރުން މެސީ ފޮނުވާލި ބާރު ހަމަލާ އަރިމަތީ ދަނޑީގައި ޖެހިފައި ނިކުއިންބޯޅަ މުޅިން ހުސްކޮށްހުރެ އެމްބާޕޭ ފޮނުވާލުމުންވެސް ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

Ad
rt

ޕީއެސްޖީ އަށް ނަތީޖާ ހަމަ ހަމަ ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ނޭމާއެވެ. މެސީ ޖައްސާލި ބޯޅަ ހިފައިގެން އޭރިޔާތެރެއަށް ވަނުމާއެކު ނޭމާއަށް މޮނާކޯގެ ޑިގެންޑަރ މަރިޕަން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. ރެފްރީ ބެނޮއިޓް ބަސްޓިއަން މި ޕެނަލްޓީ ދިނީ ވީއޭއާރު ނެލުމަށްފަހުއެވެ.

މި ޕެނަލްޓީ ލިބުމުގެ ކުރިން ނޭމާ އަށްވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއްލިބި ބޭކާރުވެފައެވެ. ގޯލު އޭރިޔާތެރޭ މުޅިން ހުސްކޮށްހުރެ ނޭމާ ފޮނުވާލި ބޯޅަ ކީޕަރު ވަނީ މަތަކޮށްފައެވެ. ކީޕަރު އަތުގަ ޖެހިފަ ރީބައުސްވެގެން ނިކުތްބޯޅަ ލިބުނީ ގޯލް އޭރިޔާތެރޭ ހުރި ރެނާޓޯ ސަންޗޭސް އަށެވެ. ސަންޗޭސް ފޮނުވާލިބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗްގެ ކުރިން މި ދެޓީމް އެންމެ ފަހުން ކުޅުނު މެޗް 3-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ މޮނާކޯއެވެ. އެންމެ ފަހުން މި ދެޓީމް ބައްދަލުކުރި 5 މެޗުގެ ތެރެއިން 3 މެޗުން މޮނާކޯ މޮޅުވިއިރު އަނެއް ދެމެޗުން ޕީއެސްޖީ ވަނީ މޮޅުވެފައެވެ.

ލީގު ތާވަލުގައި ޕީއެސްޖީ އެއްވަނައިގައި އޮތްއިރު މޮނާކޯ އޮތީ ތާވަލުގެ 12 ވަނައިގައެވެ.