ޔޫރަޕާލީގުގައި ބުރާސްފަތިދުވަހުގެ ރޭ ކުޅުނު މެޗުން މޮޅުވެ ގުރޫޕްގެ ދެވަނައަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފިއެވެ.

އޮމޯނިއާ އާއި ވާދަކޮށް ޔުނައިޓެޑް މެޗު ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއިންނެވެ.

Ad
rt

އޮމޯނިއާ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލުޖަހއި ކުރި ހޯދީ އޮމޯނިއާ އިންނެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އީރާންގެ ފޯވާޑް ކަރިމް އަންސަރިފާޑް އެވެ. ބުރުނޯ ގެ އެހީތެރިކަމާއެކު މި ގޯލު އަންސަރިފާޑް ކާމިޔާބު ކޮށްދިނީ މެޗުގެ 34 ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފު ނިނުނީ 1-0 ގެ ނަތީޖާއިން އޮމޯނިއާ ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ 53 ވަނަ މިނެޓުގައި ރަސްފޯޑް ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަ ހަމަ ކުރިއެވެ.
އޭގެ 10 މިނެޓް ފަހުން މެޗުގެ 63 ވަނަ މިނެޓުގައި ރަސްފޯޑްގެ އެހީތެރިކަމާއެކު މާސިއެލް ގޯލެއްޖަހައި ފުރަތަމަ ފަހަރަށް މެޗުގެ ލީޑް ޔުނައިޓެޑަށް ހޯދައިދިނެވެ.

ޔުނައިޓެޑްގެ 3 ވަނަ ގޯލު މެޗުގެ 84 ވަނަ މިނެޓުގައި ރަސްފޯޑް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯގެ އެހީތެރިކަމާއެކުގައެވެ.
އޭގެ މިނެޓެއް ފަހުން އޮމޯނިއާއިން ގޯލެއްޖަހައި މެޗުގެ ފަރަގު ކުޑަކުރިއެވެ. މިގޯލު ކާމިޔާބު ކޮށްދިނީ ކަކޯލިސްގެ އެހީތެރިކަމާއެކު ޕަނަޖިޓާއޯ އެވެ.

މި މެޗުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 90 މިނެޓު ކުޅެފައެވެ. ރޮނާލްޑޯއަށް މި މެޗުގައި ގޯލުޖަހާނެ ފުރުސަތު ލިބި ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

މި މެޗުގައި ޔުނައިޓޑުން ވަނީ 20 ހަމަލާއެއް ފޮނުވައިލާފައެވެ. އޭގެ ތެރެއިން 6 ހަމލާ ފޮނުވައިލީ ރޮނާލްޑޯ އެވެ. މީގެން އެއްހަމަލާ ވަނީ ގޯލު ހުރަސް ދަނޑިއާއި އަމާޒު ވެފައެވެ. ގޯލައި އަމާޒުވެފައިވަނީ އެއްމެ ހަމަލާއެކެވެ.

މި ނަތީޖާއާއި އެކު ގުރޫޕް އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ރެއާލް ސޮސަައިޑް އެވެ. ޔުަނައިޓެޑް ދެވަނައިގައި އޮތީ 6 ޕޮއިންޓާއެކުގައެވެ. އެފްސީ ޝެރިފް 3 ވަނައިގައި އޮތީ 3 ޕޮއިންޓާއެކުގައެވެ. އެންމެ ފުލުގައި އޮތް އޮމޯނިއާއަށް ޕޮއިންޓެއް ނުލިބެއެވެ.