އިންޑިއާގައި ވެކްސިން ފުރިހަމަނުކޮށް، ފޭކު ސެޓްފިކެޓް ހަދާފައިވާ މައްސަލައެއް
އިންޑިއާގައި ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ ވެކްސިން ފުރިހަމަކޮށްފައިވާކަމަށް ސެޓްފިކެޓް ހަދައިގެން ގިނަ ބަޔަކު އުޅޭކަމަށް އެގައުމުގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ހަވާލާދީ ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ބުނެފިއެވެ. އެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ކޯވިޑް ވެކްސިން ޕްރޮގްރާމްގައި ހަރަކާތްތެރިވާ ޞިއްޙީ މަސައްކަތްތެރިން ބުނާ ގޮތުގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ނުވާ ގިނަ ބަޔަކު ވެކްސިން ފުރިހަމަކޮށްފައިވާކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިކަން ފެންމަ...