ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ ސިފައިންގެ މީހަކު އާއިލާއަށް ފޮނުވާފައިވާ ސިޓީއެއް 76 އަހަރު ފަހުން އާއިލައަށް ލިބިއްޖެއެވެ.

1945 ވަނަ އަހަރު ލިޔެ މެއިލްކޮށްފައިވާ މި ސިޓީ އާއިލާއަށް ލިބިފައިވަނީ ފާއިތުވި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މީގެ 7 އަހަރު ކުރިން މަރުވެފައިވާ އެސިފައިންގެ މީހާގެ އަންހެނުންނާއި ހަވާލާދީ ބައިނައްލަޤްވާމީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މިއީ 1945 ވަނަ އަހަރު އޭނާގެ ފިރިމީހާ ސާޖަންޓް ޖޯން ގޮންސަލްވްސް ޖަރުމަނުގައި ހުރެގެން އޭނާގެ މަންމައަށް އެޑްރެސްކޮށް މެއިލްކޮށްފައިވާ ސިޓީއެއްކަމަށެވެ.

Ad
rt

މިސިޓީ ލިޔުން އިރު ޖޯންގެ އުމުރަކީ އެންމެ 22 އަހަރުކަމަށްވެސް އޭނާގެ އަންހެނުން ހާމަކޮށްފައިވެއެވެ.

މަންމަ އަށް އެޑްރެސްކޮށް އޭނާ ލިޔެފައިވާ ސިޓީގައި އާއިލާގެ ހާލު އަހައި މަންމަ ކައިރިއަށް އާއިލާގެ ގާތަށް ވަރަށް އަވަހަށް އާދެވޭނެކަމަށް އުއްމީދުކުރާކަމަށް ލިޔެފައިވެއެވެ.

މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ލިޔެފައިވާ ސިޓީއެއްކަން އޭގައި ލިޔެފައިވާ ތާރީހުން އެނގެއެވެ. ސިޓީގައި ލިޔެފައިވާ ތާރީޚަކީ 1945 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހެވެ. ސިޓީ އޭނާގެ އާއިލާއަށް ލިބިފައި މިވަނީ 76 އަހަރާއި 3 ދުވަސް ފަހުންނެވެ.

ނޫސްތަކަށް ސިފައިންގެ މީހާގެ އަންހެނުން އެންޖެލީނާ ގިންސަލްވްސް ދީފައިވާ އިންޓަވިއުތަކުގައި، އެސީޓީ ލިބުމުން ވަރަށް އުފާވެއްޖެކަމަށް ބުނެފައިވެއެވެ. އަދި ސިޓީ އެއްވެސް ވަރަކަށް ހަލާކު ނުވެ އޭނާއަށް ލިބުމުން ވަރަށް އުފާވާކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ޖޯން މި ސިޓީ ލިޔުން އިރު، އޭނާގެ އަންހެނުންނާއި ދިމާނުވާކަމަށް އެނާ ބުނެއެވެ. އެދެމީހުން ކައިވެނިކޮށްފައިވަނީ 1953 ވަނަ އަހަރުއެވެ. އެ ދެމީހުންނަށް އެކުގައި 5 ފިރިހެން ކުދިން ލިބިފައިވާއިރު ޖޯން މަރުވެފައިވަނީ 2015 ވަނަ އަހަރުގަ އުމުރުން 92 އަހަރުގައެވެ.

ޖޯން އޭނާގެ މަންމައަށް ލިޔެފައިވާ ސިޓީގައި ހަނގުރާމަ ކުރުމަށް ގޮސް ހުރި މާހައުލުގެ ވާހަކަތައް ހިއްސާކޮށްފައިވެއެވެ.

އެމެރިކާގެ ޕިޓްބާރގްގެ ޕޯސްޓްއިން މިސީޓީ ޑެލިވަރީ ކުރުން ލަސްވި ސަބަބު އަދިވެސް ބެލިފައިނުވާއިރު، މިސިޓީ ފެނިފައިވާ ޕޯސްޓްގައި މަސައްކަތްކުރާ މުވައްޒަފު ބުނާ ގޮތުންނަމަ އޭނާ އެސިޓީ އާއިލާއަށް ރަށްދުކޮށްދީފައި މިވަނީ މިއީ ވަރަށް ކުރިން ލިޔެފައިވާ ސިޓީއަކަށް ވުމާއި އެކު އާއިލާއަށް އެސިޓީ މުހިއްމުވާނެ ވަރު އިނގޭތީކަމަށް އޭނާއާއި ހަވާލާދީ ލިޔެފައިވެއެވެ.