ކޯވިޑް-19ގެ ދެ ވޭރިއަންޓް ކަމަށްވާ ޑެލްޓާ ވޭރިއަންޓްއާއި އޮމިކްރޯންގެ ވޭރިއަންޓްގެ ވައިރަސް މަސްހުނިވެ އައު ވޭރިއަންޓެއް އުފެދިފައިވާކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
"ޑެލްޓާކްރޯން" ނަމުން ނަންދެވިފައިވާ މި ވޭރިއަންޓް ފެނިފައި ވަނީ ސައިޕްރަސްއިން ނެވެ.
ޔުނިވާސިޓީ އޮފް ސައިޕްރަސްގެ ހެޑް އޮފް ލެބޯޓްރަރީ އޮފް ބައޯ ޓެކްނޮލޮޖީ އެންޑް މޮލެކިއުލާރ ވައިރޮލޮޖީ، ޑރ. ލިއޮންޑިއޯސް ކޮސްޓްރިކިސް އާއި ހަވާލާދީ ސައިޕްރަސްގެ މީޑިޔާތަކުގައި ހާމަކޮށްފައިވާ ގޮތުގައި، މިއީ އޮމިކްރޯން އާއި ޑެލްޓާ ވޭރިއަންޓްގެ 10 ބާވަތެއް ވައިރަސް މަސްހުނިވެގެން އުފެދިފައިވާ ވޭރިއަންޓެކެވެ.
އޭނާ ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ނެގިފައިވާ 25 ސާމްޕަލްއަކުން އޮމިކްރޯން ވޭރިއަންޓްގެ 10 ބާވަތެއްގެ ވައިރަސް ވަނީ ސާމްޕަލްތަކުން ފެނިފައެވެ. މީގެ ތެރޭގައި އާންމުކޮށް ނެގިފައިވާ 14 ސާމްޕަލްއަކާއި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ވައިރަސް ފެނިފައިވާ 11 މީހަކު ހިމެނެއެވެ.
ޑރ. ލިއޮންޑިއޯސް ކޮސްޓްރިކިސް މަޢުލޫމާތުދެއްވާފައިވާ ގޮތުގައި 10 ބާވަތެއްގެ ވައިރަސް ހަށިގަނޑު ފެނިފައިވާ މީހުންނަކީ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ މީހުންގެ ގައިން ނެގިފައިވާ ސާމްޕަލްތަކުން ކަމަށްވެސް ވިދާޅުވިއެވެ.
ސައިޕްރަސްގެ ހެލްތް މިނިސްޓްރަރު ހާމަކޮށްފައިވާ ގޮތުގައި އަލަށް ފެނިފައިވާ ޑެލްޓާކްރޯން ވޭރިއަންޓްގެ ނުރައްކާ މިވަގުތު އެހާ ބޮޑު ނޫންކަމަށާއި، އައު ވޭރިއަންޓް ހޯދާ ދިރާސާ ކުރަމުން އަންނަ އެގައުމުގެ ސައިންޓިސްޓުންގެ މަސައްކަތް ފާހަގަކޮށް އުފާކުރާކަމަށް ވިދާޅުވިއެވެ.
ޑެލްޓާކްރޯން ވޭރިއަންޓްގެ ވާހަކަ ދެކެވެން ފަށާފައި މިވަނީ ފްރާންސްގެ ސައިންސްވެރިންނަށް ވެސް އައު ވޭރިއަންޓްއެއް ދެނެގަނެވިފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!