ވެކްސިން ފުރިހަމަ ކުރާ ގައުމުތަކުގެ ލިސްޓުގެ 40 ވަނައިގައި ރާއްޖެ

Drupal-TheWell_talking to family covid vaccine_GettyImages-1276396315

ވެކްސިން ފުރިހަމަ ކުރަމުން އަންނަ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ އޮތީ 69.34 އިންސައްތައާއި އެކު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ވުރެ ކުރީގައިކަމަށް ރެކޯޑުތަކުން ދައްކައިފިއެވެ.

އެމެރިކާގެ ޖޯންސް ޔުނިވާސިޓީއިން ކޮށްފައިވާ ދިރާސާއަކަށް ބަލާއިރު، ދުނިޔޭގެ ވެކްސިން ފުރިހަމަ ކުރަމުން އަންނަ ގައުމުތަކުގެ ލިސްޓުގައި މުއްސަނދި އަދި ފަގީރު އެތައް ގައުމުތަކެއް ހުރި އިރު، ދިވެހިރާއްޖެ އޮތީ ކުރިއަރާފައިވާ އެތައް ގައުމަކަށް ވުރެން ކުރިން ލިސްޓުގެ 40 ވަނައިގަ އެވެ.

ރާއްޖެއަށް ވުރެން ދަށުގައި އެމެރިކާ އޮތް އިރު އެގައުމު އޮތީ އިރާނަށް ވުރެ ދަށުގައި ލިސްޓުގެ 59 ވަނައިގައި 63.31 އިންސައްތައާއި އެކުގައެވެ. އެމެރިކާގައި ވެކްސިން ޖަހާފައި މީހުންގެ އަދަދު ދަށްވަމުން އަންނަކަން ފާހަގަކޮށް ޖޯންސަން ޔުނިވާސިޓީއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2021 ވަނަ ސެޕްޓެމްބަރު މަހުގައި އެ ގައުމު އޮތީ ވެކްސިން ޖަހަމުން އަންނަ ގައުމުތަކުގެ ލިސްޓުގެ 40 ވަނައިގައި އަދި ނޮވެމްބަރު މަހު އެއަށްވުރެން ދަށަށް ލިސްޓުގެ 55 ވަނައަށް އެގައުމު ވަނީ ވެއްޓިފައެވެ.

ވެކްސިން ޖަހަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ބަލާއިރު، ލިސްޓުގެ ރޭންކިންގް ދެވެނީ އާބާދީއަށް ބަލާފައި ނޫންކަމަށާއި ވެކްސިން ޖަހާ މީހުންގެ ނިސްބަތުންކަމަށްވެސް ޔުނިވާސިޓީގެ ތަފާސްހިސާބުތަކުން ފާހަގަވެއެވެ. އެގޮތުން އާބާދީ ބޮޑެތި ގައުމުތައްވެސް ލިސްޓުގައި ފަހަތަށް ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާގައި 1.4 ބިލިއަން މީހުން ދިރިއުޅޭ އިރު، އެގައުމު އޮތީ 87 އިންސައްތައާއި އެކު ލިސްޓުގެ 5 ވަނައިގައެވެ. ނަމަވެސް ވެކްސިން ފުރިހަމަ ކުރަމުން އަންނަ މިންވަރު އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ.

ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ކިއުބާ އޮތީ ލިސްޓުގެ 7 ވަނައިގައި 85 އިންސައްތައާއި އެކުގައެވެ. މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާ، ސްވިޒަލޭންޑް އިސްރާއީލް އަށް ބަލާއިރު، އިޤްތިޞާދީ ގޮތުން ދަށް ގައުމެއްގެ ގޮތުގައި ބެލެވޭ ފިޖީ އޮތީ 68 އިންސައްތައާއި އެކު އެގައުމުތަކަށް ވުރެ ކުރީގައެވެ.

ޖަޕާނަށް ބަލާއިރު އެގައުމުގައި ވެކްސިން ފުރިހަމަކުރަމުން އަންނަ މިންވަރު އިތުރުވެ އެގައުމު އޮތީ 78 އިންސައްތައާއި އެކު ލިސްޓުގެ 15 ވަނައިގައެވެ.

ކޮވިޑް 19 ގެ ހާލަތުން މުޅި ދުނިޔެ އަރައިގަންނަން މަސައްކަތްތައް ކުރަމުން އަންނަ އިރު، ކޮރޯނާ ވައިރަސްގެ އިތުރު ވޭރިއަންޓްތައް ދަނީ ފެންނަމުންނެވެ. މީގެ ތެރެގައި އެންމެ ނުރައްކާތެރި ވޭރިއަންޓްގެ ގޮތުގައި ފާހަގަކުރެވޭ އޮމިކްރޯން ވޭރިއަންޓް މިހާރު ގިނަ ގައުމުތަކަކުން އަންނަނީ ފެންނަމުންނެވެ.

އެހެންކަމުން ކޮވިޑް 19 އިން ދިފާއުވުމަށް ދެމުން އަންނަ ވެކްސިންތައް ފުރިހަމަކޮށް ބޫސްޓާ ޑޯޒްތައް ޖެހުމަށް ޞިއްޙިދާއިރާތަކުން އަންނަނީ މުޅި ދުނިޔެއަށް ގޮވާލަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.