ކޮވިޑް 19ގެ ހާލަތުގައިވެސް 2020 ވަނަ އަހަރު އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީސެސްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީގެ މުއްސަނދިކަން އިތުރުވެ 1.7 މިލިއަން އެމެރިކާ ޑޮލަރު ގެ ފައިދާ ވެފައިވާކަމަށް 2020 ވަނަ އަހަރުގެ މާލީ ރިޕޯޓުން ދައްކައިފިއެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތްގެ ރައީސް އަދި ޗީފް އެޑްވައިޒަރު ޑރ. ފައުޗީގެ މާލީ ބަޔާން ހާމަކޮށްފައި މިވަނީ އެމެރިކާގެ ސެނެޓްގެ މެމްބަރެއްކަމަށްވާ ރޮޖާ މާޝަލް، ފައުޗީގެ މާލީ ބަޔާން ހާމަކުރުމުގައި އޮޅުވާލުންތަކެއް ހިމެނޭކަމަށް ތުހުމަތުކޮށް މާލީ ބަޔާން އާންމުކުރުމަށްވެސް ގޮވާލާފައިވަނިކޮށެވެ. ނަމަވެސް ފައުޗީ ވަނީ މި ތުހުމަތުތައް ދޮގުކޮށް މާޝަލް ދައްކަވާފައިވާ ވާކަތަކާއި ގުޅިގެން އޭނާއަކީ ހަމަޖެހޭ ވާހަކަ ދައްކާ މީހެއް ނޫންކަމަށް ބުނެފައެވެ.

Ad
rt

ހާމަކޮށްފައިވާ ފައުޗީގެ މާލީ ބަޔާނުގައި ވާގޮތުން ނަމަ، އޭނާގެ އަމިއްލަ ޚަރަދުތަކަށް އެކަނިވެސް 10.4 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެކަމަށް ދައްކައެވެ. އަދި ކޮވިޑް 19 އެންމެ ބޮޑަށް ކުރިމަތިވެފައިވާ 2020 ވަނަ އަހަރު ފައުޗީއަށް 1،776،479 މިލިއަން އެމެރިކާ ޑޮލަރު ފައިދާވެފައިވާކަމަށް ދައްކައެވެ. މީގެ ތެރޭގައި ވަޒީފާގެ ދަށުން ލިބޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ، ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަޔާއި، އިންވެސްޓްމެންޓްތަކަށް ކޮށްފައިވާ ޚަރަދުތައް ހިމެނެއެވެ.

އޯޕަން ދަ ބުކްސް ޑޮޓް ކޮމް އިން ހަދާފައިވާ އޮޑިޓް ދައްކާ ގޮތުން ނަމަ، ފައުޗީގެ އިންވެސްޓްމެންޓްތަކަށް 8.4 މިލިއަން އެމެރިކާ ޑޯލަރު ހޭދަކޮށްފައިވާއިރު، އޭނާގެ އަންހެނުންގެ އިންވެސްޓްމެންޓްތަކަށް 2.1 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވެއެވެ.

ގިނަ ބަޔަކު ބުނާ ގޮތުން ނަމަ، ފައުޗީގެ މާލިއްޔާއަށް މިހާ ބޮޑު ފައިދާއެއް ވެފައިވަނީ ކޮވިޑް 19 ގައި އޭނާ ކޮށްފައިވާ އިންވެސްޓްމެންޓްތަކާއި ގުޅިގެންކަމަށް ބުނެފައިވެއެވެ.

އޯޕަން ދަ ބުކްސް ޑޮޓްކޮމްގެ ރިޕޯޓަރު ހާމަކޮށްފައިވާ ގޮތުގައި 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު ފައުޗީއަށް ކަނޑައަޅާފައިވާ މުސާރަ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް އަދި ލިބިފައިނުވާކަމަށް ބުނެފައިވެއެވެ.

ފައުޗީގެ 2021 ވަނަ އަހަރުގެ މާލީ ބަޔާނާއި ބެހޭ ލިޔެކިއުންތަކެއްގެ މައްސަލައިގައި ދި ކޮންސަވޭޓިވް ނޮން ޕްރޮފިޓް ޖުޑީޝަލް ވޮޗް އިން ވަނީ އެމެރިކާގެ ޑިޕާޓްމެންޓް އޮފް ހެލްތް އެންޑް ހިއުމަން ސާވިސަސް (އެން.އައި.އެޗް) އާއި ދެކޮޅަށް ކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައެވެ.

ނަމަވެސް މިކަމާއި ގުޅިގެން އެން.އައި.އެޗް އިން މިހާތަނަށް އެއްވެސް ބަހެއް ބުނެފައިނުވާކަމަށް ބައިނައްލަޤްވާމީ ޚަބަރުތަކުގައި ބުނެފައިވެއެވެ.