ނިއުކްލިއާ ހަނގުރާމަކޮށްގެން ވާ މޮޅެއްވެސް ދެރައެއްވެސް ނެތްކަމަށާއި، ނިއުކްލިއާ ހަގުރާމަތައް ދެން ކުރިއަށް ނުދާނެކަމުގެ ޔަޤީންކަން ދުނިޔޭގެ އެންމެ ބާރުގަދަ 5 ގައުމުން އެއްބަސްވެއްޖެއެވެ.

1968 ވަނަ އަހަރު އެކުލަވާލާފައިވާ ނިއުކްލިއާ ނޮން ޕްރޮލިފެރޭޝަން ޓްރީޓީ (އެން.ޕީ.ޓީ) ގައި ހިމެނޭ ޔޫ.އެން ގެ ސަލާމަތާއިބެހޭ ކައުންސިލްގެ މެންބަރު ގައުމުތައްކަމަށްވާ އެމެރިކާ، ރަޝިޔާ، ޗައިނާ، އިނގިރޭސިވިލާތް އަދި ފްރާންސްއިން ވަނީ ސޮއިކޮށްފައެވެ.

Ad
rt

މި ކައުންސިލްއަށް ދެވިފައިވާ ނަމަކީ ޕީ5 ނުވަތަ އެން 5އެވެ.

މިގޮތައް ދުނިޔޭގެ 5 ބާރުން އެއްގަލަކަށް އަރަފައި މިވަނީ ރަޝިޔާއާއި ޗައިނާ އަދި ހުޅަނގުގެ ގައުމުތަކާއި ދެމެދު އޮންނަ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ޓައިވާންއަށް ޗައިނާއާއި ޔޫކުރެއިން އިން ދެމުންގެންދާ ނިއުކްލިއާ ހަނގުރާމަތަކާއި ގުޅިގެން ރަޝީޔާގެ މޮސްކޯއިން އަންނަނީ ޔޫކްރެއިން އާއި ޗައިނާއަށް އިންޒާރުތައްވެސް ދެމުންނެވެ.

ނިއުކްލިއާ ހަނގުރާމަތަކުގެ މަޝްވަރާތަކާއި ގުޅިގެން ޕީ5ގެ ބައްދަލުވުންތަކުގެ މަޝްރަހު ހޫނުވެފައިވާކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ސީނިއާ އޮފިސަރަކާއި ހަވާލާދީ ބައިނައްލަޤްވާމީ ޚަބަރުތަކުގައި ބުނެފައިވެއެވެ.

އެން.ޕީ.ޓީ ކޮންފެރެންސްގެ ބައްދަލުވުންތައް އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން ކެންސަލްވެފައިވާއިރު، ވާޗުއަލްކޮށް ބައްދަލުވުން ބޭއްވުމަށް ދަނީ މަޝްވަރާތައް ކުރެވެމުންނެވެ.

އެން.ޕީ.ޓީ ގައި ނުހިމެނޭ ނިއުކްލިއާ ހަތިޔާރު ގެންގުޅޭ ގައުމުތަކުގެ ތެރޭގައި އިސްރާއީލް، އިންޑިއާ، ޕާކިސްތާން އަދި އުތުރު ކޮރެއާ ހިމެނެއެވެ. އެގައުމުތަކުން ނިއުކްލިއަ ހަނގުރާމަތައް ހުއްޓާނެކަމުގެ އުއްމީދުތައް ކުޑަކަމަށްވެސް އެން.ޕީ.ޓީއިން ހާމަކޮށްފައިވެއެވެ.