Skip to main content

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,046 Stories
2,175 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ހިޔާ ފްލެޓް ލިބުނު މީހުންނަށް މޯލްޑިވް ގޭސް އިން ހިލޭ ގޭސްފުޅި
Business

ހިޔާ ފްލެޓް ލިބުނު މީހުންނަށް މޯލްޑިވް ގޭސް އިން ހިލޭ ގޭސްފުޅި

ހިޔާ ފްލެޓް ލިބުނު މީހުންނަށް ހިލޭ ގޭސްފުޅި ލިބޭ ޕްރޮމޯޝަނެއް މޯލްޑިވް ގޭސް އިން އިއްޔެ ފަށައިފިއެވެ. “ހިޔާ ޕްރޮމޯޝަން”ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ގޭސްފުޅި ހިލޭ ލިބޭއިރު ގޭސްފުޅި ހިލޭ ގުޅައި ވެސް ދޭނެ އެވެ. އެހެންކަމުން ކަސްޓަމަރުން ދައްކަންޖެހޭނީ ރީފިލިންއަށް ދައްކާ 200ރ. އެކަންޏެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ހިޔާ ފްލެޓުތައް ކައިރީގައި ގޭސްފުޅިއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތުލިބޭނެއެވެ. މޯލްޑިވް ގޭސްގެ ޓެންޓުން […]

ފެނަކައިގެ ބްރާންޗުތައް ސާފު ކުރުމުގެ ޕްރޮގްރާމެއް
Business

ފެނަކައިގެ ބްރާންޗުތައް ސާފު ކުރުމުގެ ޕްރޮގްރާމެއް

ފެނަކަ ކޯޕަރޭޝަންގެ ބްރާންޗުތައް ސާފުކުރުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ. އެ ކުންފުނިން ބުނީ އެ ކުންފުނިން ހިދުމަތް ދޭ 154 ރަށުގައިވެސް އެ ޕްރޮގްރާމް ކުރިއަށް ދިޔަ ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ދިޔައީ މިއަދު ހެނދުނު 7:00ންހަވީރު 4:00އަށެވެ. މި ޕްރޮގްރާމްގެ ތެރެއިން ފެނަކައިގެ ހުރިހާ ބްރާންޗެއްގެ ގޯތިތެރެއާއި އޮފީސްތެރެ ވަނީ ސާފުކޮށްފައެވެ. މިއީ މަސައްކަތުގެ މާހައުލަކީ އާންމު ސިއްހީ މިންގަނޑުތަކަށް ފެތޭރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމަށް ހާއްސަ ސަމާލުކަމެއްދިނުމަށް އެ ކުންފުނިން ކުރިއަ...

މާދަމާ ކަރަންޓު ދޭނީ 9 އަދި 10 ވަނަ ޓަވަރަށް
Business

މާދަމާ ކަރަންޓު ދޭނީ 9 އަދި 10 ވަނަ ޓަވަރަށް

ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ތެރެއިން މާދަމާ ކަރަންޓު ދޭނީ 9 އަދި 10 ވަނަ ޓަވަރަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ ފްލެޓު ލިބިފައިވާ މީހުން ހާޒިރުވާންވީ ގަޑި، އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށެވެ. އަދި ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއި ފްލެޓުގެތަޅުދަނޑި ހިފައިގެން ގަޑިއަށް ހާޒިރު ވުމަށް އެ ކުންފުނިން އެދެއެވެ. މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފުލެޓް ލިބިފައިވާ ފަރާތްތައް ހާޒިރު […]

އިހަވަންދޫ ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ
Thiladhunmathi News

އިހަވަންދޫ ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ބޭރު ތޮށިލާން ބޭނުންވާ ބޮޑުހިލަ މިއަދު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 95 މީޓަރުގެ އެއްގަމު ތޮށިލުމާއި 248 މީޓަރުގެ ބޭރު ތޮށި ލުމާއި 178 މީޓަރުގެސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ […]

ކްރޮސްރޯޑްސް މެރީނާ އަންނަ މަހު އާއްމުންނަށް ހުޅުވާލަނީ
Business

ކްރޮސްރޯޑްސް މެރީނާ އަންނަ މަހު އާއްމުންނަށް ހުޅުވާލަނީ

“ދަ މެރީނާ” ކްރޮސްރޯޑްސް އަންނަ މަހުން ފެށިގެން އާއްމުންނަށް ހުޅުވާލަން ނިންމައިފިއެވެ. މިތަން ބަންދު ކުރީ ކޯވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ތެރޭގައެވެ. ނަމަވެސް އެޗްޕީއޭއިން ދަތުރުފަތުރުތަކަށް ދީފައިވާ ލުޔާއެކު އަލުން އާއްމުންނަށް ހުޅުވާލަނީ ކަމަށްމެރީނާއިން ބުނެއެވެ. ކްރޮސް ރޯޑްސް މެރީނާއަކީ ދިވެހިން  އާއްމުކޮށް ގޮސް އުޅޭ ތަނެކެވެ. އެހެން ކަމުން އެތަން އަލުން ހުޅުވާލަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށްފަހު ކަމަށްމެރީނާއިން ބުނެއެވެ. އަދި މާލެއިން ދަތުރުފަތުރުތައް އަލުން ފަށާނީ...

ޔޫކޭއިން މިފަހަރުވެސް ރާއްޖެ ރެޑް ލިސްޓުން ނުނެގި
Business

ޔޫކޭއިން މިފަހަރުވެސް ރާއްޖެ ރެޑް ލިސްޓުން ނުނެގި

އިނގިރޭސި ވިލާތުގެ މިފަހަރުގެ ރިވިއުގައި ވެސް ރާއްޖެ ރެޑް ލިސްޓުން ނުނަގަން ނިންމައިފިއެވެ. ކޯވިޑް-19ގެ ސަބަބުން އެ ގައުމުން އެކި ގައުނުތަށް ވަނީ ކެޓަގަރީތަކަށް ލައިފައެވެ. ރޭގެ ރިވިއުގައި ރާއްޖެ އެމްބާ ލިސްޓަށް ލާބެ ކަމަށް ގިނަ ބަޔަކު ތިބީއުއްމީދުކޮށްގެންނެވެ. ރެޑް ލިސްޓުން މިފަހަރުވެސް ރާއްޖެ ނުނެގުމުން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޮވިޑް-19ގެ ކޭސްތައް މަދުވެފައި ވެކ...

ކޮންޓެއިނާ ކްލިއާ ކުރަން ރިކުއެސްޓް ކުރާ އުސޫލަށް ބަދަލު ގެނެސްފި
Business

ކޮންޓެއިނާ ކްލިއާ ކުރަން ރިކުއެސްޓް ކުރާ އުސޫލަށް ބަދަލު ގެނެސްފި

ކޮންޓެއިނާ ކްލިއާ ކުރަން ރިކުއެސްޓް ކުރުމަށް އެމްޕީއެލުން އަމަލު ކުރަމުން އައި އުސޫލަށް މިއަދުން ފެށިގެން ބަދަލު ގެނެސްފިއެވެ. އެމްޕީއެލް އިން ނެރުނު ނޯޓިސް އެއްގައި ބުނީ ކުރިން ރިކުއެސްޓު ކުރަން ޖެހޭނީ ތިން ދުވަސް ކުރިން ކަމަށެވެ. ނަމަވެސް މި ގެނައި ބަދަލާއެކު ތިން ދުވަސް ކުރިންރިކުއެސްޓު ކުރަން ނޯޓު ކުރަން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން ކެންސަލޭޝަން ޓައިމަށް ކުރިން އޮތް 24 ގަޑިއިރު މިހާރު 48 ގަޑިއިރަށް ބަދަލު […]

ރާއްޖޭން ބޭރު ކުރަން އުޅުނު 243 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފި
Business

ރާއްޖޭން ބޭރު ކުރަން އުޅުނު 243 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއިން ބޭރުކުރަން އުޅުނު 245 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނިގޮތުގައި މިތަކެތި އަތުލައިގަތީ މިއަދުއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިޔަރު އުރަހަ ހުރި 14 ފޮށި އަތުލައިގަތް ކަމަށް އެއިދާރާއިން ބުންޏެވެ. މި ތަކެތި ބޭރުކުރަން އުޅުނު ބަޔަކާ ބެހޭ މައުލޫމާތެއް ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެއެވެ. ދުނިޔޭގެ ބާޒާރުގައި މިޔަރު އުރަހައަކީ ވަރަށް އަގުބޮޑުކޮށް ވިއްކާލެވޭ އެއްޗެކެވެ. އެގޮތުން ކިލޯއެއް 400 ޑޮލަރަށް ވިއްކާލެވޭއިރު މި […]

އެމިރޭޓްސް އިން މާލެއާއި ކޮލަމްބޯއާއި ދެމެދު ދަތުރުތައް ފަށަނީ
Business

އެމިރޭޓްސް އިން މާލެއާއި ކޮލަމްބޯއާއި ދެމެދު ދަތުރުތައް ފަށަނީ

އެމިރޭޓްސް އިން މާލެ އާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް އަންނަ މަހު ފަށަން ތައްޔާރު ވެއްޖެއެވެ. އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ، މި ދަތުރުތައް ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. މިއީ އެމިރޭޓްސް އިން ދުބާއީ އާއި ކޮލަމްބޯއާދެމެދު ކުރާ ދަތުރުތައް ފުޅާކުރުމުގެ ގޮތުން ފަށާ ދަތުރުތަކެއް ކަމަށެްވެސް އެ އެއާލައިނުން ބުންޏެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ އެ އެއާލައިނުގެ ބޮއިން 777 މަރުކާގެ ބޯޓެވެ. އެ އެއާލައިނުން ނިންމާފައި […]

އިކޮނޮމިކް މިނިސްޓްރީން ބިޒްނަސް ވިސާއަށް އެދޭގޮތަށް ބަދަލު ކޮށްފި
Business

އިކޮނޮމިކް މިނިސްޓްރީން ބިޒްނަސް ވިސާއަށް އެދޭގޮތަށް ބަދަލު ކޮށްފި

އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ވިސާއަށް އެދެން ޖެހޭގޮތަށް ބިޒްނަސް ވިސާގެ ގަވާއިދަށް ބަދަލު ގެނެސްފިއެވެ. އެ މިނިސްޓްރީން ނެރުނު ގަވާއިދުގައި ބުނެފައިވާގޮތުގައި ބިޒްނަސް ވިސާއަށް އެދި ހުށަހެޅުމުން ދެން ވިސާގެ ހުއްދަ ދޭނީ ރަޖިސްޓްރާ އޮފް ބިޒްނަސް އިންނެވެ. އަދި ރަޖިސްޓްރާ އޮފް ބިޒްނަސް ހުއްދަ ދިނުމުން އިތުރު ޝަރުތަކާ ނުލައި އިމިގްރޭޝަނުން ވިސާ ދޭން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. ކުރިން ބިޒްނަސް ވިސާއަށް އެދި ހުށަހަޅަން ޖެހޭނީ އިމިގްރޭޝަނަށެވެ. އަދި […]

ތުރުކީ އިން ކޯވިޑުގެ އާ ވޭރިއަންޓެއް ފެނި ކޮވިޑް ކޭސްތައް އިތުރު ވަނީ
International

ތުރުކީ އިން ކޯވިޑުގެ އާ ވޭރިއަންޓެއް ފެނި ކޮވިޑް ކޭސްތައް އިތުރު ވަނީ

ތުރުކީގެ އިޒްމީރުން ކޯވިޑް-19ގެ އާ ވޭރިއަންޓެއް ފެނިފައިވާ ކަމަށް އެ ޕްރޮވިންސުގެ އޮތޯރިޓީން ބުނެފިއެވެ. އިޒްމީރު މެޑިކަލް ޗެމްބާ އެނޑް އެސޯސިއޭޝަން ފޯ ކްލިނިކަލް މައިކްރޮބަޔޮލޮޖީން ބުނެފައިވާގޮތުގައި ގިނަ ވޭރިއަންޓުތަކެއް އެ ޕްރޮވިންސުން ފެނިފައިވާ ކަމަށެވެ. މީގެ ތެރޭގައި މިހާރު ވެސް އެނގިފައިވާ އަލްފާ އާއި ބޭޓާ އާއި ގާމާ އަދި ޑެލްޓާ ވޭރިއަންޓު ވެސް ހިމެނޭ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ރިޕޯޓުތައް ދައްކާގޮތުގައި ޕީސީއާރު ކިޓުތައް ބޭނުންކޮށްގެން ސާމްޕަލްތައް މިހާރު ފެނިފައިވާ ވޭރިއަންޓުތަކަށް ވަނ...

ލ. ގަމުގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި
Business

ލ. ގަމުގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ލ. ގަމުގެ ބަނދަރު ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް 24 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން އެ ރަށު ބަނދަރު 25،791 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 3.5 މީޓަރު) ފުން ކުރާނެ އެވެ. އަދި ބަނދަރަށް ވަންނަ ނެރު ފުންކުރުމަށް 4،317 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން […]

ވެލިދޫގައި ހިންގާ ފުނަރު ޕްރޮގްރާމުގެ އިމްތިހާން ބާއްވައިފި
Business

ވެލިދޫގައި ހިންގާ ފުނަރު ޕްރޮގްރާމުގެ އިމްތިހާން ބާއްވައިފި

ފެނަކަ ކޯޕްރޭޝަންގެ “ފުނަރު“ ޕްރޮގްރާމްގެ އިމްތިހާނު ނ. ވެލިދޫދައި މިއަދު ބާއްވައިފިއެވެ. މިއީ ފެނަކައިގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. ޖުމަލަ ހަތް ރަށެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދާއިރު، ވެލިދޫ ބެޗަށް ފުނަރު ޕްރޮގްރާމްގެ ތިއަރީ އިމްތިހާނު ބާއްވާފައިވަނީ އިއްޔެއެވެ. އަދި މިއަދު ބޭއްވީ އިމްތިހާނުގެ ޕްރެކްޓިކަލް ބައެވެ. ފެނަކައިން ބުނީ ވެލިދޫ ބެޗުގެ އިމްތިހާނުގައި ހަ ދަރިވަރުން ބައިވެރިވި ކަމަށެވެ. އެއީ ވެލިދޫއިން ބައިވެރިވި ހަތަރު ދަރިވަރުންނާއި، ރ. އުނގޫފާރުން ބައިވެރިވިކުއްޖަކާއި ހއ. ކެލ...

މުރައިދޫ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި
Thiladhunmathi News

މުރައިދޫ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. މުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަާދަމް އާޒިމެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލު ކުރީ 33.7 މިލިއަން ރުފިޔާ އަށް 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 29841 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި 3546 […]

ހައި ސްޕީޑް ފެރީގެ ހިދުމަތް މިއަހަރު ފަށަން މަސައްކަތް އެބަކުރަން: އާޒިމް
Thiladhunmathi News

ހައި ސްޕީޑް ފެރީގެ ހިދުމަތް މިއަހަރު ފަށަން މަސައްކަތް އެބަކުރަން: އާޒިމް

“އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު”ގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި މި އަހަރު ހިދުމަތް ދޭން ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށްއެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ ބައެއް ނޫސްތަކުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުން އަންނަ އަހަރަށް ލަސްވިކަމަަށް ބުނެ ރިޕޯޓު ކުރުމާ ގުޅިގެންނެވެ. މި ޕްރޮޖެކްޓުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ހއ. ހދ. އަދި ށ. އަތޮޅުގެ 41 ރަށެވެ. މި ރަށްތަކުގައި ފެރީ […]